ޖަޕާނުގެ ބޮޑުވަޒީރަކަށް އަންހެން ބޭފުޅެއް؟

ސަނާއީ ޓަކައިޗީ ވާނީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ. ސަބަކީ ޖަޕާނުގެ ވެރިކަންކުރާ މައި ޕާޓީކަމަށްވާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރަކަށް އެކަމަނާ އިންތިހާބު ކުރެވުމެވެ. ސަރުކާރު ހިންގާ ކޮންޒަވޭޓިވް ޕާޓީގެ ކެންޑިޑޭޓުންގެ ތެރޭގައި އުމުރުން 64 އަހަރުގެ ޓާކައިޗީ ހިމެނެ އެވެ. އެކަމަނާއަކީ ސަރުކާރުގެ ކުރީގެ މިނިސްޓަރެއްގެ އިތުރުން ޓީވީ ޕްރޮގްރާމް ހުށައަޅުއްވާދެއްވާ ފަރާތެކެވެ. އަދި ހެވީ މެޓަލް މިއުޒިކަށް ފަރިތަ  ސަނާއީ ޓަކައިޗީ އަކީ ޖަޕާނުގެ ސިޔާސީ މައިދާނުގައި އެންމެ މަޝްހޫރު އެއް ފަރާތެވެ.

ބޮޑުވަޒީރަކަށް ވުމުން އެކަމަނާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ. އެއީ އިގްތިސާދީ ދަތިތަކާއި އަދި ސިޔާސީ އިތުރު ގޮންޖެހުންތަކެވެ. ރައްޔިތުންގެ  ކެތްތެރިކަން ކޮޅުންލާފައިވާ އިންފްލޭޝަނާއި މަސައްކަތްތެރިންގެ އުޖޫރައާއި ބޯހިޔާވަހިކަމުގެ މައްސަލަތަކާއިވެސް އެކަމަނާއަށް ކުރިމަތިލާންޖެހިފައިވެއެވެ. މީގެ އިތުރުން އެމެރިކާއާއި ޖަޕާނުގެ ދުވަސްވީ ގުޅުމަށް ކުރީގެ ސަރުކާރުން އެއްބަސްވެފައިވާ ޓްރަމްޕްގެ ޓެރިފް ޑީލުގައިވެސް ވެސް އެކަމަނާއަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ބޮޑުވަޒީރުގެ މަގާމު ކަށަވަރުވެއްޖެނަމަ ޓާކައިޗީގެ މުހިންމު އެއް ގޮންޖެހުމަކީ ޕާޓީ އެއްބައިވަންތަ ކުރުމަށެވެ. މިދިޔަ މަހު އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ދައުރު ދިގުދެމިގެންދިޔަ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ ވަނީ އިންތިހާބުގައި ލިބުނު ސިލްސިލާ ބަލިތަކަކަށް ފަހު މަގާމުން ވަކިވާނެކަން އިއުލާންކޮށްފަ އެވެ.

ޓޯކިޔޯގެ ޓެމްޕްލް ޔުނިވާސިޓީގެ އޭޝިއަން ސްޓަޑީޒްގެ ޑިރެކްޓަރު ޕްރޮފެސަރު ޖެފް ކިންގްސްޓަން ވިދާޅުވީ ޓާކައިޗީއަށް "ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު ރަނގަޅުކުރުމުގައި މާބޮޑު ކާމިޔާބީއެއް" ލިބޭނެ ކަމަކަށް ނުބެލެވޭ ކަމުގައެވެ.

ޓާކައިޗީ އަކީ އިނގިރޭސިވިލާތުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު މާގަރެޓް ތެޗާ އަށް ގިނަ ދުވަސްތަކެއް ވަންދެން ތައުރީފު ކުރައްވާ ބޭފުޅެކެވެ. އަދި ޖަޕާނުގެ އަޔަން ލޭޑީއަށް ވެދާނެކަމަށް ގިނަމީހުން ދެކެއެވެ.

 

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *