ދެކުނުއިރުމަތީ އޭޝިއާގެ ފްރޯޑް ތަކަށް ނިމުމެއް ނެތް.

ދުނިޔޭގައި ހިންގޭ ބޮޑެތި މާލީ ފުރޯޑްތަކުގައި އެންމެ ކުރިއަރާފައިވަނީ ދެކުނު އިރުމަތީ އޭޝިޔާއެވެ. ހުޅަނގުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މިފަދަ ފުރޯޑްތައް ހުއްޓުވަން ކުރާ މަސައްކަތްތައް ގިނަފަހަރު ވަނީ ނާކާމިޔާބެވެ. ދެކުނު އިރުމަތީ އޭޝިޔާގެ އެކިއެކި ވިޔަފާރީގެ މޮޑެލްގެ ގޮތުގައި ހިންގާ ފުރޯޑްތައް މިހާރު ވަނީ ދުނިޔޭގެ ހަތަރުބިތަށް ފެތުރިފައެވެ. އޮސްޓްރޭލިއާ، އެމެރިކާ އަދި އެހެނިހެން ގައުމުތައް މީގެ ޝިކާރައަކަށް ވެފައިވާއިރު ވަކިވަކި މީހުންގެ އަތުން މިއަހަރުވެސް ދިހަ ބިލިއަން ރުފިޔާ ވަނީ ފޭރިގެންފައެވެ.  މިއީ ހަމައެކަނި ކުށުގެ ރާޅެއް ނޫނެވެ. މިއީ ދިގުދެމިގެންދާ މާލީ ނުރައްކަލެކެވެ. އެތައްބައެއްގެ ބުރަމަސައްކަތުން ހޯދާ ފައިސާކޮޅު ގެއްލި ބަނގުރޫޓު ކޮށްލާ ބިރުވެރިކަމެކެވެ.

މި މުސީބާތް އެންމެބޮޑަށް ކުރިމަތިވެފައިވާ އޮސްޓްރޭލިއާ އާއި އެމެރިކާއަކީ ފާހަގަކުރެވޭ ދެ ގައުމެވެ. އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި 2024 ވަނަ އަހަރު އެކަނިވެސް 2.0 ބިލިއަން އޯސްޓްރޭލިއަން ޑޮލަރު ގެއްލިފައިވެއެވެ. އެމެރިކާގެ އޮފިޝަލުން ވަނީ މީގެ ކުރިން ނުފެންނަ ވައްތަރުތަކުގެ ސައިބަރ ފްރޯޑްގެ ސަބަބުން 16.6 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމުގެ ރިޕޯޓްތައްކޮށްފައެވެ.

އެމެރިކާގެ ކޮންސިއުމަރ މާކެޓްތަކުގެ ބޮޑުކަމާއި، ޑިޖިޓަލް ފަސޭހަތަކުގެ ސަބަބުން މިއީ ފުރޯޑްތަކަށް ފުރުސަތު ބޮޑު ގައުމެކެވެ.  އިގްތިސާދު ބޮޑު ތަނުން ރެގިއުލޭޓް ނުކުރެވި ހުރި ބައެއް ދާއިރާ ތައްކަމަށްވާ ކްރިޕްޓޯ އޭޓީއެމްތަކާއި ރިއަލް އެސްޓޭޓް ދާއިރާތަކުގައި މަކަރާއި ހީލަތުގެ އާ އުކުޅުތައް އަބަދުވެސް އަންނަނީ އުފެދެމުންނެވެ. މިކަމުގެ ކަންބޮޑުވުމާއި ގުޅިގެން އޮސްޓްރޭލިޔާއިން ވަނީ ހަރުދަނާ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ވަކީލުންނާއި އެކައުންޓެންޓުންނާއި އަދި ކުންފުނީގެ ހިދުމަތްދޭ ފަރާތްތަކާއި އެހެނިހެން ދާއިރާތަކުގެ މީހުން ހިމެނޭ ގޮތަށް އޮސްޓްރޭލިއާގެ އެންޓި މަނީ ލޯންޑަރިން (އޭއެމްއެލް) ނިޒާމަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

އޮސްޓްރޭލިޔާއިން ބުނާގޮތުގައި އޭޝިއާ އާއި ދެކުނު ޕެސިފިކްގައި ހިންގާ މަނީ ލޯންޑަރިން ޖަމިއްޔާތަކަށް އެގައުމުވަނީ ވަރަށްބޮޑަށް ހުށަހެޅިފައެވެ. އަދި ކްރިޕްޓޯ ބޭނުން ކުރަނީ މަސްތުވާތަކެތީގެ ބޮޑެތި މުއާމަލާތްތަކުގެ ގޮތުގައި ކަމުން ގިނަ ސްކޭމްގެ ހަރަކާތްތަކެއް މި ސަރަހައްދުގައި ހިނގައެވެ.

މަކަރާއި ހީލަތުގެ ތެރޭގައި ހިނގާ މިފަދަ ކަންކަމަކީ މިހާރު މީހުންނަށް ނޭނގޭކަމެއް ނޫނެވެ. ގިނަފަހަރު މިފަދަ ބޮޑެތި ކުށްތައް ހިންގަނީ އދ. އަދި ގައުމުތަކުގެ ހިމާޔަތުގެ ދަށުންނެވެ. އަނެއްބައި ތަންތަނުގައި އެއީ ސިއްރުން ބޯޑަރު ހުރަސްކޮށް ކުރެވޭ ކަންކަމެވެ. އެގޮތުން ހާއްސަ އިގްތިސާދީ ޒޯންތަކުގައި ބޮޑެތި ވައްކަންތައް ކޮށްލަން އުނދަގުލެއް ނޫނެވެ.

ފުރޯޑުގެ ކިތަންމެ މަޅިތަކެއްގައި މީހުންއަންނަނީ އުމުރުދުވަހަށް ގެއްލުންވާނޭ ނުރަށްކަލަށް ކުރިމަތިލާފައެވެ. އެގޮތުން ފޭކް ވަޒީފާގެ ފުރުސަތުތަކާއި، ހަގީގަތެއްނެތް ފައިސާގެ މަޅިތަކެވެ. އޭ.އައި ވީޑިއޯ މޮޑެލްތައް ބޭނުންކޮށްގެން ފޭކް ގުޅުންތަކުގެ ޝިކާރަކަށް ވުމާއި،  ޖަޒުބާތީ އަދި މާލީ ގޮތުން ފުންކޮށް އޭ.އައިގެ އަވައިގާ ޖެހެއެވެ.

ބައިނަލްއަގްވާމީ ގޮތުން މިފަދަ ސްކޭމްތަކުގެ އަސްލުކަމުގައިވާ ފައިސާ ސާފުކުރާ ނެޓްވޯކްތަކަކީ ނުރަސްމީ ބޭންކިން ނިޒާމުތަކާ ވައްތަރު ނެޓްވޯކްތަކެކެވެ. ރަޖިސްޓްރީ ނުކުރާ މަނީ ސާވިސަސް ބިޒްނަސް (އެމްއެސްބީ) ތަކުގެ މެދުގައި ބޮޑެތި އަދަދުތައް ފައިސާފޮނުވާ ހެދެއެވެ.  ކްރިޕްޓޯ އޭޓީއެމް ނުވަތަ ސްޓްރޯ ފާމް މެދުވެރިކޮށް ގައުމުތަކުުގެ ބޭންކްތަކަށް ނުރައްކާ ކުރިމަތި ކުރުވައެވެ.

މި ލިއުމުގެ މައިގަނޑު ނުކުތާއަކީ އިރުމަތީ ދެކުނު އޭޝިއާއަކީ ސްކޭމް ފެކްޓްރީތަކެއް ހިންގާ ސަރަހައްދެއްކަން ބަޔާންކުރުމެވެ. މިއީ ބިންވަޅު ނެގިފައިވާ މާލީ އަދި ޓެކްނޮލޮޖީގެ އުފެއްދުންތެރިކަމެކެވެ. މި ސަރަހައްދުގެ ގައުމުތައް ކުރިއަރަމުންދަނީ  ފައިސާ  ލޯންޑަރ ކުރެވޭނެ މަގުތައް ފަހިކުރުމަކަށް އެކަންޏެއް ނޫނެވެ. މީގެތެރޭގައި ވަޒީފާގައި އުޅޭ އެތަކެއް މީހުންނާއި ދައުލަތުން ދެވޭ ޚާއްސަ ރައްކާތެރިމުގެ ފުރުސަތުތައް އޮވެއެވެ.

މިކަންކަމުން ސަލާމަތްވެވޭނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ރައްދުދޭ ގޮތް ބައްޓަންކޮށްގެންނެވެ. މިއީ އެންމެ މީހަކު ހިންގާ ކަންކަމެއް ނޫނެވެ.  މިއީ ބައިވަރު މީހުން ހިމެނޭ ހިޔަނި މާލީ ނިޒާމެކެވެ. ގައުމުތަކުގެ ބާރުގަދަ މީހުންގެ ބައިވެރިވުމާއިއެކު ބައިނަލްއަގުވާމީ ގޮތުން ހިންގޭ ބޮޑު ނެޓްވޯކެކެވެ. މީގެ ނުރައްކާ ރާއްޖެއަށްވެސް ކުރިމަތިވެއެވެ.  ރައްކާވެތިބިއްޔާ ދަތުރެެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *