އިސްލާމީ އަންހެން ޝަޚްޞިއްޔަތު- ނާދިޔާ ހުސައިން

ޑިސެމްބަރ 1984 އުފަން ނާދިޔާ ހުސައިން އަކީ އިނގިރޭސިވިލާތުގެ ޓީވީ ޝެފްއެކެވެ. ލިޔުންތެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެކެވެ. އޭނާ މަޝްހޫރުކަން ހޯދީ 2015 ވަނަ އަހަރު ބީބީސީގެ ދަ ގްރޭޓް ބްރިޓިޝް ބޭކް އޮފްގެ ހަ ވަނަ ސީރީޒް ކާމިޔާބު ކުރުމަށްފަހުގައެވެ. މިކާމިޔާބީއަށް ފަހު ބީބީސީއާ އެކު ކޮންޓްރެކްޓްތަކުގައި ސޮއިކޮށްފައި ވަނީ ޑޮކިއުމެންޓްރީ ދަ ކްރޮނިކަލްސް އޮފް ނާދިޔާ އާއި ޓީވީ ކޫކަރީ ސީރީޒް ނާދިޔާގެ ބްރިޓިޝް ފުޑް އެޑްވެންޗާ އަދި ނާދިޔާގެ ފެމިލީ ފޭވަރިޓްސް،  ކޯ ޕްރެޒެންޓެޑް ދަ ބިގް ފެމިލީ ކޫކިން ޝޯޑައުން ފަދަ މަޝްހޫރު ޓީވީ ޝޯތަކުންނެވެ.

 

ނާދިޔާ ހުސެއިން އަކީ ދަ ޓައިމްސް މެގަޒިންގެ ކޮލަމިސްޓެއްގެ އިތުރުން އިގިރޭސިވިލާތުގައި ތަފާތު ލިޔުންތައް ޝާއިޢުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާއަކީ ޓީވީތަކުގައި ވާހަކަދައްކަވާ ޕެނަލިސްޓެކެވެ. އަދި އެލިޒަބަތު ދެވަނަގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ކޭކެއް ފިހެލުމަށް ދައުވަތު ލިބުނެވެ.

2017 ވަނަ އަހަރު ޑެބްރެޓްސް އިން އިނގިރޭސިވިލާތުގެ އެންމެ ނުފޫޒުގަދަ 500 މީހުންގެ ތެރޭގައި ނާދިޔާ ހުސެއިން ހިމެނުނުއިރު އެއީ ބީބީސީ ނިއުސްގެ ގަދަ 100 އަންހެނުންގެ ލިސްޓުގައި ހިމެނުނެވެ. ބްރިޓިޝް ބުކް އެވޯޑްސް ފޯ ބެކް މީ އެ ސްޓޯރީގައި ޗިލްޑްރަންސް ބުކް އޮފް ދަ އިޔާގެ އިނާމަށް ޝޯޓްލިސްޓް ކުރެވުނު އިރު، ރޯޔަލް ޓެލެވިޜަން ސޮސައިޓީ އެވޯޑްސް ފޯ ދަ ކްރޮނިކަލްސް އޮފް ނާދިޔާގެ ބްރޭކްތްރޫ ސްޓާ އަށް ނޮމިނޭޓް ކުރެވުނެވެ. ސަރުކާރުގެ ސިޔާސަތަށްވުރެ ބޮޑަށް އިނގިރޭސިވިލާތާއި މުސްލިމުންގެ ގުޅުމަށް މަސައްކަތް ކުރައްވާފައިވާ މީހެކެވެ.

ނާދިޔާ ހުސެއިން އަކީ އިނގިރޭސިވިލާތުގެ ދެވަނަ ޖީލުގެ ބަންގްލަދޭޝް މީހެއް ކަމަށާއި އޭނާ އުފަންވެ ބޮޑުވީ ބެޑްފޯޑްޝަޔަރގެ ލޫޓަން އަށް ކަމަށާއި އޭނާ ކިޔެވީ ބީޗް ހިލް ޕްރައިމަރީ ސްކޫލާއި ޗަލްނީ ހައި ސްކޫލާއި ލޫޓަން ސިކްސްތް ފޯމް ކޮލެޖްގަ އެވެ. އޭނާގެ އެއްބަނޑު އެއްބަފާ ފަސްކުދިން ތިއްބެވެ. ތިން އަންހެން ކޮއްކޮ އާއި ދެ ކޮއްކޮ އެވެ. ބީނިބާޒާރަށް ނިސްބަތްވާ ހުސެއިންގެ ބައްޕައަކީ ޝެފެއްގެ އިތުރުން އިންޑިއާގެ ރެސްޓޯރެންޓެއް ގެންގުޅުއްވި މީހެކެވެ.

ނާދިޔާ ހުސައިން ސްކޫލުގައި ކެއްކުމުގެ އަސާސީ ހުނަރުތައް ދަސްކުރިއެވެ. މަންމައާއިއެކު ކައްކަން އުޅުމުން ކެއްކުން ދަސްވިއެވެ. ރެސިޕީ ފޮތްތަކުން ފެށިގެން ޔޫޓިއުބްގައި ވީޑިއޯތައް ބަލާ އިތުރަށް ކަންތައްތައް އަމިއްލައަށް ދަސްކުރިއެވެ.

ދަ ގްރޭޓް ބްރިޓިޝް ބޭކް އޮފްގެ ދުވަސްވަރު ހުސެއިން އަކީ ޗައިލްޑްހޫޑް އެންޑް ޔޫތު ސްޓަޑީޒްގެ ދާއިރާއިން އޯޕަން ޔުނިވަރސިޓީގެ ޑިގްރީއެއް ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އޭނާގެ ފިރިމީހާއާއި އައިޓީ ސްޕެޝަލިސްޓަކާއި ތިން ކުދިންނާއެކު ލީޑްސްގައި ދިރިއުޅުނީ ފުލްޓައިމް މަންމައެއްގެ ގޮތުގައެވެ. ފައިނަލް ކާމިޔާބު ކުރުމުން އެމީހުން ބަދަލުވީ ލަންޑަނާ ކައިރި މިލްޓަން ކީންސް އަށް ކަމުން އޭނާއަށް ކަލިނަރީ ކެރިއަރެއް ކުރިއަށް ގެންދެވުނެވެ.

އުމުރުން 20 އަހަރުގައި ނާދިޔާ ހުސެއިން ކައިވެނި ކުރިއެވެ. އެއީ މީގެ ކުރިން އެންމެ ފަހަރަކު ބައްދަލުވި އަބްދުލް ޙުސައިންއާއެވެ. އެއީ އާއިލާއިން ރޭވިގެން ކުރެވުނު ކައިވެންޏެކެވެ. އެމީހުން ކައިވެނި ކުރީ ބަންގްލަދޭޝްގައި ބޭއްވި ސަގާފީ ރަސްމިއްޔާތެއްގައެވެ.

ނާދިޔާ ހުސެއިން އަކީ ބަލި ކުދިންގެ ދިރިއުޅުމަށް އެހީތެރިވާ ސްޓާލައިޓް ޗިލްޑްރަންސް ފައުންޑޭޝަންގެ ސަފީރެކެވެ. އަދި ވޯޓާއެއިޑްގެ ސަފީރެއް ވެސް މެއެވެ. 2018 ވަނަ އަހަރު ނާދިޔާ ހުސެއިން ވަނީ އަންހެނުން ބާރުވެރިކުރުމަށް ފޯކަސްކޮށްގެން ކުރިއަށް ގެންދިޔަ ކެމްޕޭނެއްގައި ސްވަރޮވްސްކީގެ ބްރޭންޑް އެމްބެސެޑަރަކަށް ވެފައެވެ.

15 މިލިއަނަށްވުރެ ގިނަ ބެލުންތެރިންނާއެކު ގްރޭޓް ބްރިޓިޝް ބޭކް އޮފްގެ ފައިނަލަކީ 2015 ވަނަ އަހަރު އެންމެ ގިނައިން މީހުން ބަލާފައިވާ ޝޯއެވެ. ޝޯގައި އޭނާ ފެނުމާއި އޭގެ ފަހުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ލިބުމަކީ މުސްލިމް މުޖުތަމަޢާ ބެހޭގޮތުން ދެކޭގޮތް ބަދަލުކުރުމާއި ސަގާފީ ތަފާތުކަމާ ބެހޭގޮތުން ބަލައިގަތުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައި ވިއެވެ. ނާދިޔާ ހުސެއިން ވަނީ ސޯޝަލް މީޑިއާގައި ގިނަ ފޮލޯވަރުންތަކެއް ގާއިމްކޮށްފައިވާ މުސްލިމް އަންހެނުންގެ ތެރޭގައި މަގުބޫލު ފަރާތެކެވެ.

ނޮވެމްބަރު 2016 ގައި ނާދިޔާ ހުސެއިން ވަނީ ސީބީބީސީން ރިލީޒްކުރި ޖޫނިއާ ބެކް އޮފްގެ ހަތަރު ވަނަ ސީރީޒްގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނާދިޔާ ހުސެއިން ވަނީ ބީބީސީ ޓޫގައި 8 ބައިގެ ސިލްސިލާއެއް ކަމަށްވާ ނާދިޔާގެ ބްރިޓިޝް ފުޑް އެޑްވެންޗާ ހުށަހަޅައިދީފައެވެ.

މުސްލިމް އަންހެނުންނަކީ ހުރހާ ދާއިރާއެއްގައި ނަމޫނާ ދައްކަމުންދާ ހުނަރުވެރި ބައެކެވެ. އެގޮތުން ނާދިޔާ ހުސެންއަކީ މިޒަމާނުގައި މުސްލިމު އަންހެނުންނާއި ދެކޮޅަށް ކުރަމުންދާ ފުރަށްސާރަތަށް އެއްފަރާތްކޮށް ދުނިޔޭގައި މުސްލިމް އަންހެނުންނަށް ނަމޫނާ ދައްކަމުންދާ ފަރާތެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *