އިސްލާމީ އަންހެން ޝަޚްޞިއްޔަތު- ރަންދާ ޢަބްދުލް ފައްތާޙު

ރަންދާ ޢަބްދުލްފައްތާޙް އުފަންވެވަޑައިގަތީ 6 ޖޫން 1979 ގައި އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގެ ސިޑްނީއަށެވެ.  ވިކްޓޯރިއާގެ މެލްބަންގައި ބޮޑުވެ، ކެތޮލިކް ޕްރައިމަރީ ތައުލީމް ހާސިލް ކުރެއްވިއެވެ.

ދެން އިސްލާމިކް ސެކަންޑަރީ ކޮލެޖެއްގައި ތައުލީމް ހާސިލް ކުރައްވާ އިންޓަނޭޝަނަލް ބެކަލޯރިއޭޓް ހާސިލް ކުރެއްވި އެވެ. އޭނާ ފުރަތަމަ ފޮތް ލިޔުއްވީ އޭނާ ގްރޭޑް ހައެއްގައި ކިޔަވަމުން ދިޔަ ދުވަސްވަރު އެވެ. ފުރާވަރުގެ އުމުރުގައި ކުރުވާހަކަތައް ލިޔުއްވާ މަޝްހޫރު "ޑަސް މައި ހެޑް ލޫކް ބިގް އިން ދިސް" ނެރުއްވިއެވެ. އެއީ އުމުރުން ގާތްގަނޑަކަށް 18 އަހަރުގައެވެ.

ރަންދާ އަބްދުލް ފައްތާހު ވަނީ ޔުނިވަރސިޓީ އޮފް މެލްބަން އިން ބެޗްލަރ އޮފް އާޓްސް އަދި ބެޗްލަރ އޮފް ލޯ ހާސިލް ކުރައްވާފައެވެ. މި ދުވަސްވަރު ވިކްޓޯރިއާގެ އިސްލާމީ މަޖިލީހުގެ މީޑިއާ ލައިސަންސް އޮފިސަރުގެ މަގާމު އަދާކުރެއްވިއެވެ. އަދި ނޫސްތަކަށް ލިޔުމާއި މީޑިއާ މުއައްސަސާތަކާ މުސްލިމުންނާއި އިސްލާމްދީން ތަމްސީލުކުރާ ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ހޯއްދެވިއެވެ. އިސްލާމްފޯބިއާގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަ ކުރެއްވި އެވެ. ރަންދާ އަބްދުލް ފައްތާހަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.  1998 ވަނަ އަހަރުގެ ފެޑެރަލް އިންތިޚާބުގައި ޔުނިޓީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

އިސްލާމްދީނާއި ގުޅޭ މަޢުލޫތަކަށް ވާހަކަދެއްކެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެން އެފަދަ އެކިއެކި ނެޓްވޯކްތަކުގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ޑރ. އަބްދުލްފައްތާހު ވަނީ އިންސާނީ ހައްގުތަކާއި ހިޖުރަވެރިންގެ ވަސީލަތްތަކާ ބެހޭ ގިނަ ޖަމިއްޔާތަކާއެކު ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރައްވާފައެވެ

ފަލަސްތީނާއި އިސްލާމްދީނާއި ނުވަތަ އޮސްޓްރޭލިއާގެ މުސްލިމުންނާ ގުޅޭ މައްސަލަތަކުގައި ރަންދާ ޢަބްދުލްފައްތާޙްގެ ބަހެއް މީޑިއާތަކުން ގިނައިން ހޯދައެވެ. އޮސްޓްރޭލިއާގެ ޓީވީއިން ރަންދާ ފެނިގެން ގޮސްފައިވަނީ އިންސައިޓް (އެސްބީއެސް)، ފަސްޓް ޓިއުސްޑޭ ބުކް ކްލަބް (އޭބީސީ)، ކިއު އެންޑް އޭ (އޭބީސީ ޓީވީ)،[2] ސަންރައިސް (ސެވަން ނެޓްވޯކް) އަދި ހެނދުނު 9 (ނެޓްވޯކް ޓެން) އިންނެވެ. އެކަމަނާ އަކީ އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކުގައި ގަވާއިދުން މެހެމާނެއްގެ ގޮތުގައި ދަރިވަރުންނާ މުޚާޠަބު ކުރައްވާ ފޮތްތަކާއި އެ ފޮތްތަކުން އުފެދޭ އިޖުތިމާއީ އިންސާފުގެ މައްސަލަތަކާ ބެހޭ ގޮތުން މުޚާޠަބު ކުރައްވާ ބޭފުޅެކެވެ. ސްވިޑެން (ގޯޓެންބާގް 2007؛ ލަންޑްސް ލިޓަރަލަންޑް 2008) އަދި މެލޭޝިއާ (ކުއަލަލަމްޕޫރު 2008) ގައި ބާއްވާ ފޮތް ފެސްޓިވަލްތަކުގެ މެހެމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ބްރޫނާއީ އާއި އިނގިރޭސިވިލާތަށް ވެސް ދަތުރުކޮށްފައިވެ އެވެ.

ރަންދާ އަބްދުލް ފައްތާހު ސިފަކުރައްވާ ގޮތުގައި އޭނާ އަކީ މުސްލިމް އަންހެނުންގެ ހިމާޔަތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އަދި ސައުދީ އަރަބިއްޔާގެ އަންހެނުންގެ ހާލަތާ ބެހޭ ގޮތުން ފާޑުކިޔުންތަކެއް ލިޔުއްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *