އިންޑިއާގެ އިންކަމް ޓެކްސް ޑިޕާޓްމަންޓުން ހިންދީ ފިލްމު އިންޑަސްޓްރީގެ އެންމެ ބޮޑު ޓެކްސެއް ދައްކާ ފަރާތުގެ ގޮތުގައި އަކްޝޭ ކުމާރު ކަނޑައަޅައިފި އެވެ. ނަމަވެސް އަކްޝޭ މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެއެވެ. މިއީ އަކްޝޭއަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބޮލީވުޑްގެ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަކްޝޭ ކުމާރު ވަނީ ފާއިތުވި ފަސް އަހަރު "އެންމެ ބޮޑު ޓެކްސްއެއް ދައްކާ ފަރާތުގެ" ލަގަބު ހިފަހައްޓާފަ އެވެ.
އަކްޝޭއަށް ތާއީދުކުރާމީހުން މީސް މީޑިއާ ޕްލެޓްފޯމްތަކުގައި އަކްޝޭއަށް ތަހުނިޔާގެ މެސެޖުތައް ފޮރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެއީ ފިލްމީ ދާއިރާއިން ދައުލަތަށް އެހާބޮޑު ޓެކްސެއް އޭނާ ދައްކަމުން ދާތީ އޭނާގެ ތަރައްގީއާއި ފިލްމު އިންޑަސްޓްރީގައި ދެމިހުންނާތީކަމަށް އެމީހުން ބުނެއެވެ.
އެންމެ ފަހުން އަކްޝޭ ކުމާރު ފެނިފައިވަނީ މަނޫޝީ ޗިލާރާއި އެކު ޕްރިތްވިރާޖުންނެވެ. މި ފިލްމު ބޮކްސް އޮފީހުގައި ރަނގަޅަށް މަޝްހޫރުވިއެވެ. އަދި އާނަންދު އެލް ރައި ފިލްމު ރަކްޝާ ބަންދަން ޕްރޮމޯޓް ކުރުމުގައި ވެސް އަކްޝޭދަނީ އަވަދިނެތި އުޅެމުންނެވެ.