ދަނޫޝް، ރަޔަން ގޯސްލިންގް އަދި ކްރިސް އިވާންސް ލީޑް ރޯލުން ފެނިގެންދާ ދަ ގްރޭ މޭން ނެޓްފްލިކްސް އިން ޕްރިމިއާ ކުރީ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. މި ފިލްމުގައި ދަނޫޝް ކުޅެފައިވަނީ ޤާތިލެއްގެ ރޯލެވެ. ދަނޫޝްގެ އެކްޓިން ހުނަރަށް ތައުރީފު ކުރުން ހުއްޓާނުލެވޭ ސްޓާރުންގެ ލިސްޓާ ގުޅިފައިވަނީ އެފިލްމުގެ ބަޠަލާ ސާރާ ޢަލީ ޚާން އެވެ.
އަކްޝޭ ކުމާރު ވެސް ލީޑް ރޯލުން ފެނިގެންދިޔަ އާނަންދު އެލް ރާއީގެ ފިލްމު "އަތުރަންގީ ރީ" ގައި ދަނޫޝް އާއި ސާރާ ވަނީ ސްކްރީން ސްޕޭސް ހިއްސާކޮށްފަ އެވެ. ދާނޫޝްއަށް ތާއީދުކުރުމުގެ ގޮތުން ސާރާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ފޮޓޯއެއް ހިއްސާކޮށްފައެވެ. ސައިފް ޢަލީ ޚާންގެ ދަރިފުޅު ސާރާ ޢަލީ ޚާންއަކީ ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ މަޝްހޫރު ތަރިއެކެވެ.
އެ ފޮޓޯއިން ދަނޫޝް ފެންނަނީ ސްވެޓްޝާޓެއް ލައިގެންނެވެ. ސާރާ ވަނީ ފެހި ކުލައިގެ ޓޮޕަކާއި މިނީ ސްކާޓެއް ލައިފައެވެ.
އެ ފޮޓޯ ޝެއާ ކުރިތާ މާގިނަ ދުވަހެއް ނުވެ ދަނޫޝް ވަނީ އެ ޕޯސްޓް ރީޝެއާކޮށް ސާރާއަށް ޝުކުރު އަދާކޮށްފަ އެވެ.