އަންނަ އަހަރު އުޒްބެކިސްތާނުގައި ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ބުރަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު މިރޭ ސައޫދީ އަރަބިއްޔާ އަށް ފުރައިފިއެވެ.
ޖުމްލަ ހަތް ގްރޫޕް ހިމެނޭ ކޮލިފައިންގައި ރާއްޖެއާއެކު ގްރޫޕް އޭގައި ހިމެނެނީ ޗައިނާ، މިޔަންމާ، އުޒްބަކިސްތާން އަދި މި ގްރޫޕް ހޮސްޓްކުރާ ސަޢޫދި އަރަބިއްޔާއެވެ.
ޖުމްލަ 44 ޓީމު ވާދަކުރާ ކޮލިފައިންގެ މެޗުތައް އަންނަ ސެޕްޓެމްބަރު މަހުގެ 10 އިން 18 އަށް ކުރިޔަށްދާއިރު، މުބާރާތުން ޖާގަ ލިބޭނީ 16 ޓީމަށެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 10 ވަނަ ދުވަހު ނިކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ސެޕްޓެމްބަރ 12 ވަނަ ދުވަހު ނިކުންނާނީ ސައޫދީ އަރަބިއްޔާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 14 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ނިކުންނައިރު، ފަހު މެޗުގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ނިކުންނާނީ 18 ވަނަ ދުވަހުއެވެ.
މިދިޔަ ޖޫން މަހުގެ 25 އިން އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިޔަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލިބިފައި ވަނީ ހަތަރު ވަނައެވެ.