އިނގިރޭސި ބޮޑުވަޒީރުގެ އަނބިކަނބަލުން – އަކްޝަތާ ނަރަޔަން މުރްތީ

އަކްޝަތާ ނަރަޔަން މުރްތީ އަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އިންޑިއާގެ ވިޔަފާރިވެރިއެކެވެ. މިހާރުގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ގެ އަނބިކަނބަލުންނެވެ. ރިޝީ ސުނާކްއަކީ އިންޑިޔާދަރިކޮޅުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރައްވާ އެންމެފުރަތަމަ ޝަޚްޞިއްޔަތެވެ.

މުރްތީއަކީ ފެޝަން ޑިޒައިނަރެއްގެ އިތުރުން ވެންޗަރ ކެޕިޓަލިސްޓެކެވެ. އޭނާ އުފަންވީ އޭޕްރީލް 1980 ގައެވެ. އޭނާ އަކީ މިހާރުގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އަދި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ރިޝީ ސުނާކްގެ އަނބިކަނބަލުންނެވެ. މުރްތީ އާއި ސުނާކް އަކީ އިނގިރޭސިވިލާތުގެ 222 ވަނައަށް އެންމެ މުއްސަނދި މީހުންތެރޭގައި ހިމެނިވަޑައިގަންނަވާ މުއްސަނދި ދެމަފިރިކަނބަލުންނެވެ. މި ދެކަނބަލުންނަށް 2022 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 730 މިލިއަން ޕައުންޑްގެ މުއްސަނދިކަން ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މުރްތީ އަކީ އިންޑިއާގެ މަލްޓި ނޭޝަނަލް އައިޓީ ކުންފުނި އިންފޯސިސްގެ ފައުންޑަރެއް ކަމަށްވާ އިންފޯސިސްގެ ހިއްސާ ހޯއްދަވާފައިވާ ފަރާތެކެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އިނގިރޭސިވިލާތުގެ އެހެން ބައެއް ވިޔަފާރިތަކުގެ ހިއްސާ ވެސް ބައްލަވައިގެންފައިވާ ފަރާތެކެވެ. އަދި އޭނާ އަކީ ޑިގްމޭ ފިޓްނަސްގެ ޑިރެކްޓަރެއްގެ އިތުރުން އޭނާގެ ބޭބެ ރޯހަން މުރްޓީ އުފެއްދެވި ޑިޖިޓަލް ޓްރާންސްފޯމަޝަން ކުންފުނި ކަމަށްވާ ސޮރޯކޯގެ ޑިރެކްޓަރެކެވެ.

މުރްތީ އުފަންވެވަޑައިގަތީ އިންޑިއާގެ ހުބްލީއަށެވެ. އޭނާގެ ބައްޕަ އަކީ އެން. އާރު. ނަރަޔާނާ މުތީއެވެ. އޭނާގެ މަންމައަކީ އިންޑިއާގެ އޭރުގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުނީގައި މަސައްކަތްކުރި ފުރަތަމަ އަންހެން އިންޖިނިއަރެވެ. އަދި މިހާރު އޭނާއަކީ މުޖުތަޢަށް ޚިދުމަތްކުރަމުންދާ ދަރުމަވެރިއެކެވެ.

މުރްތީ އަކީ ބެންގަލޫރުގެ ސަރަހައްދެއްކަމަށްވާ ޖަޔަނަގަރުގައި ބޮޑުފުޅުވި މެދުފަންތީގެ ޢާއިލާއެއްގެ ކުއްޖެކެވެ. އެއީ ސާދާ ދިރިއުޅުއްވުމަކާއި ރަނގަޅު ތަރުބިއްޔަތެއް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އާއިލީ ގުޅުންތަކާއި އަގުތައް އެއްގޮތަކަށްވެސް ނުގެއްލޭ ގޮތަށް ތަރުބިއްޔަތުވެފައިވާ ފަރާތެކެވެ.

މުރްތީ ބެންގަލޫރުގެ ބޯލްޑްވިން ގާލްސް ހައި ސްކޫލުގައި ކިޔަވާވިދާޅުވިއެވެ. އޭގެ ފަހުން ކެލިފޯނިއާގެ ކްލޭރެމޮންޓް މެކެނާ ކޮލެޖުން އިކޮނޮމިކްސް އާއި ފްރެންޗް ކިޔަވާ ވިދާޅުވި އެވެ. އޭނާ ވަނީ ފެޝަން އިންސްޓިޓިއުޓް އޮފް ޑިޒައިން އެންޑް މާޗެންޑައިޒިންގ އިން ހެދުން އުފެއްދުމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކުރައްވާފައެވެ. އަދި ސްޓެންފޯޑް ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ.

2007 ވަނަ އަހަރު މުރްތީ ޑަޗް ކްލީންޓެކް ފަރުމާ ޓެންޑްރިސްއާ ގުޅިވަޑައިގަތީ އެ ކުންފުނީގެ މާކެޓިން ޑިރެކްޓަރުގެ މަގާމަށެވެ.  އެތަނުގައި ދެ އަހަރު މަސައްކަތް ކުރެއްވި އިރު، އަމިއްލަފުޅަށް ފެޝަން ވިޔަފާރީގެ ތެރެއަށް ވަންނަވަމުން ދިޔައެވެ. އޭނާގެ ފެޝަންގެ ވިޔަފާރި 2012 ވަނަ އަހަރު ބަންދުކުރަން ޖެހިވަޑައިގަތެވެ. ނަމަވެސް 2013 ވަނަ އަހަރު ވެންޗަރ ކެޕިޓަލް ފަންޑު ކެޓަމަރަން ވެންޗަރސްގެ ޑިރެކްޓަރަކަށް ވެވަޑައިގެންނެވިއެވެ.

އޭނާގެ ފިރިކަލުން ރިޝީ ސުނާކް އާއި އޭނާގެ ބައްޕަގެ ވިޔަފާރީގެ ހިއްސާ އޭނާގެ ނަމަށް ބަދަލުކުރެއްވިއެވެ. އެއީ 2015 ވަނަ އަހަރު ރިޗްމަންޑްގެ ކޮންޒަވޭޓިވް މެމްބަރު ކަމަށް ސުނާކު އިންތިޚާބުވެވަޑައިގަތުމުގެ ކުރިންނެވެ. 2015 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ބައްޕަގެ ގާތްގަނޑަކަށް 700 މިލިއަން ޕައުންޑްގެ އަގުހުރި ޓެކްނޮލޮޖީ ކުންފުނި އިންފޯސިސްގެ %0.93 ހިއްސާއެއް ލިބިވަޑައިގަތެވެ. މީގެ އިތުރުން ޖޭމީ އޮލިވަރގެ ރެސްޓޯރެންޓް ވިޔަފާރިތަކުގެ ތެރެއިން ދެ ވިޔަފާރިއެއް ކަމަށްވާ އިންޑިއާގެ ވެންޑީސް، ކޮރޯ ކިޑްސް އާއި ޑިގްމޭ ފިޓްނަސްގެ ހިއްސާވެސް ލިބިވަޑައިގަތެވެ. އޭނާ އަކީ ޑިގްމޭ ފިޓްނަސްގެ ޑިރެކްޓަރެއްގެ އިތުރުން އޭނާގެ ބޭބެ ރޯހަން މުރްޓީ ގުޅިގެން އުފެއްދި އައިޓީ ވިޔަފާރިއެއް ކަމަށްވާ ސޮރޯކޯގެ އިނގިރޭސިވިލާތުގެ ސަބްސިޑަރީ ކުންފުންނީގެވެސް ޑިރެކްޓަރެކެވެ.

މުރްތީ އަކީ އިންޑިއާގެ ރައްޔިތެކެވެ. 2009 ވަނަ އަހަރުގެ އޮގަސްޓް މަހު މުރްތީ ކައިވެނި ކުރެއްވީ ސްޓެންފޯޑް ޔުނިވަރސިޓީގައި ރިޝީ ސުނާކް އާއިއެވެ. މި ކައިވެނިފުޅަށް ލިބިވަޑައިގެންފައިވަނީ އަނޫޝްކާ އާއި ކްރިޝްނާ ކިޔާ ދެ އަންހެން ބޭފުޅުންނެވެ. މި ދެކަނބަލުންގެ މިލްކިއްޔާތުގައި ނޯތު ޔޯކްޝަޔަރގެ ކިރްބީ ސިގްސްޓަން އަވަށުގައި ހުންނަ ކިރްބީ ސިގްސްޓަން މެނަރގެ އިތުރުން ލަންޑަންގެ މެދުތެރޭގައި ހުންނަ އާލްސް ކޯޓްގައި ހުންނަ މީއުސް ހައުސްއަކާއި، ސައުތު ކެންސިންގޓަންގެ އޯލްޑް ބްރޮމްޕްޓަން ރޯޑްގައި ހުންނަ ފްލެޓަކާއި، ސަންޓާ މޮނިކާގެ އޯޝަން އެވޭނޫގައި ހުންނަ ޕެންޓަހައުސް އެޕާޓްމަންޓެއް ވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *