އަހަރެންގެ ބައްޕަ ވަރަށް ބަލިވެއުޅެމުންދެއެވެ. އެންމެފަހުން ގިނަ ދުވަސްތަކެއްވާންދެން އައި.ސީ.ޔޫގައި ފަރުވާދެމުން ދިޔައީމެވެ. އެގޮތުގެމަތީން ހަމަސްވާންދެން ބައްޕަ އައި.ސީ.ޔޫގައި އޮންނަން ޖެހުނެވެ. ކުއްލިއަކަށް އަހަރެންނަށް އެނގުނީ އެއްރޭ މެންދަމު 3 ޖަހާއެހާކަންހާއިރު އަހަރެންގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހުނުކަމެވެ.
ބަައްޕަގެ ހާލުބަލާލުމަށްޓަކައި އަހަރެން އަވަސް އަވަހަށް ހޮސްޕިޓަލަށް ދިޔައީމެވެ. ބައްޕަ ދެކިލުމަށްޓައި އައި.ސީ.ޔޫއަށް ވަންނަން ފުރަތަމަ ހުއްދައެއް ނުލިބުނެވެ. ނަމަވެސް އެންމެ ފަހުން އަހަރެން ވަދެވުނެވެ. އެއީ އައި.ސީ.ޔޫގައި މަސައްކަތްކުުރާ ނަރުހެއް ބައްޕަ ދެކިލުމުގެ ހުއްދަ ދިނުމުންނެވެ.
އޭރު އެ ނަރުސް ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. އެއީ ބައްޕަ ހޮސްޕިޓަލުގައި ހޭދަކުރި ހުރިހާ ދުވަހު އަހަރެމެންގެ އާއިލާއަށް ވަރަށް އޯގާތެރިވި ނަރުހެކެވެ.
ބައްޕަ މަރުވުމަށްފަހު ގާތްގަޑަކަށް 6 މަސްފަހުން ބައްޕަގެ މަންމަ( އަހަރެންގެ މާމަ) ވަރަށްބޮޑަށް ބަލިވެގެން ހަމަ އެހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދޭން ޖެހުނެވެ. ހަމަ މިފަހަރުވެސް އެ ނަރުސް މީހާ އަހަރެމެންގެ އާއިލާއަށް ވަރަށް ރަނގަޅެވެ.
މާމަ އެޑްމިޓްކޮށްގެން އައި.ސީ.ޔޫގައި ފެރުވާދެމުން ގެންދާތާ އެއްއަހަރުވެއްޖެއެވެ. މާމަގެ ހާލު އިތުރަކަށް ގޯހެއްނުވެއެވެ. އަދި ރަނގަޅެއްވެސް ނުވެއެވެ.
ކުއްލިއަކަށް އަހަރެންނަށް ފޯނެއް އައެވެ. ހައިރާންވާންޖެހުނު ސަބަބަކީ އެ ފޯނުގައި ވާހަކަދެއްކީ އަހަރެންގެ ބައްޕަ ކަމަށްވުމުންނެވެ. އަދި އެއީ މަރުވިފަހުން އަދި އަހަރެއްވެސް ނުވާ އަހަރެންގެ ބައްޕަގެ ކޯލަކަށް ވުމުންނެވެ.
"ދަރިފުޅާ ވަރަށް އަވަހަށް ސީއެންއެން އަޅުވަބަލަ." ބައްޕަ ބުންޏެވެ.
އަހަރެން އަވަސް އަވަހަށް ޓީވީ އެޅުވީމެވެ. އަދި ސީ.އެން.އެންއަށް ޓިއުން ކޮށްލީމެވެ. އޭރު ދައްކަމުން ދިޔައީ އައި.ސީ.ޔޫގައި މަސައްކަތްކުރަމުންދިޔަ ނަރުހެވެ. އޭނާގެ ކުށަށް އިޢުތިރާފްވަނީއެވެ. އޭރު އޭނާ އެއްބަސްވަމުން ދިޔައީ މިހާތަނަށް 40 ބަލިމީހުން މަރާލިކަމަށެވެ.
އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
(ޗަރީ ކުޕްސްޓާސް-ކްރިބް، ފޭސްބުކް)