ބަޔާންގެ ކުޅުންތެރިއެއްގެ ގޮތުގައި ކޭން ފެނިދާނެ!

ޓޮޓްނަމް ހޮޓްސްޕާގެ ކެޕްޓަން އިނގިރޭސި ވިލާތުގެ ހެރީ ކޭން، ޖަރުމަނުގެ ބަޔާން މިއުނިކާ ގުޅޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށް އެ ކުލަބުގެ ރައީސް އުއީ ހޯންސް ވިދާޅުވެއްޖެއެވެ.ބަޔާންގެ ރައީސް ވިދާޅުވީ އެ ކުލަބާ ގުޅެން ކޭން ބޭނުންވާ ކަމަށާއި މި ދަނޑިވަޅުގައި ޓޮޓްނަމުން ކޭން ހިފަހައްޓާނަމަ އޭގެ ގެއްލުން މާ ބޮޑުވާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ހޯންސް ވިދާޅުވިއެވެ.

ބަޔާން އާއި ޓޮޓްނަމްއާ ދެމެދު އެއްބަސްވުމަކަށް އަދި މިހާތަނަށް ނާދެވުނު ނަމަވެސް، ކޭން ބަޔާންއާ ގުޅޭނެކަމުގެ އިތުބާރު އެ ކުލަބަށް އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޭންގެ ޓްރާންސްފާއަށް ހުށަހަޅާފައިވަނީ 70 މިލިއަން ޔޫރޯއެވެ. ކޭން ބަޔާންއަށް ގެންދަން ޓްރާންސްފާ ފީއެއްގެ ގޮތުގައި ޓޮޓްނަމުން މަދުވެގެން 100 މިލިއަން ޔޫރޯ ބޭނުންވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކޭން މިހާތަނަށް ޓޮޓްނަމްގައި ހޭދަކުރި މުއްދަތުގައި ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ޓޮޓްނަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *