ދުޅަހެޔޮ ޞިއްޙަތަކަށް ކާންވީ ކޮން މޭވާއެއް؟

މޭވާ އަކީ ސިއްހަތަށް ގިނަ ގުނަ ފައިދާތަކެއް ކުރުވާ ކާނާއެކެވެ. ގިނަ އިން މޭވާއާ ތަރުކާރީ ކައި އުޅޭ މީހުންނަކީ ބަލިތަކާއި ދުރު ބައެއްކަމަށް ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ހުރިހާ މޭވާ އަކީ ވެސް ސިއްހަތަށް ފައިދާ ހުރި މޭވާ ތަކެވެ. ނަމަވެސް، ދުޅަހެޔޮ ސިއްހަތަކަށް އެންމެ ބޭނުން ވާ މޭވާތަކަކީ ކޮބާ ކަން އެނގޭ ހެއްޔެވެ؟

އަލަނާސި

އަލަނާސި އަކީ އޮށްޓަރު ހުރި މޭވައެކެވެ. އަލަނާސި އެއް ތަށީގައި ދުވަލަކަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީގެ 131 ޕަސަންޓު ހިމެނެއެވެ. އަދި ދުވާލަކަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ މެންގަނީޒްގެ 76 ޕަސަންޓު ހިމެނެއެވެ.

އަވަކާޑޯ

އަވަކާޑޯއަކީ ހަށިގަނޑަށް މެގްނީޒިއަމް ލިއްބައިދޭ މޭވާއެކެވެ. އަވޮކާޑޯ އިން ސަރުބީ އަންދާ، ލޭ ހޮޅިތައް ބެދުމަށް ދިމާވާ ހުރަސްތައް ނައްތާލައެވެ. އެއް އަވޮކާޑޯގައި ދުވާލަކަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ ޕޮޓޭސިއަމްގެ 28 ޕަސެންޓް ހިމެނެއެވެ.

އާފަލު

އާފަލަކީ މޭވާތަކުގެ ތެރެއިން އެންމެ މަގުބޫލު މޭވާއެވެ. ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ މި މޭވާގައި ވިޓަމިން ސީ، ވިޓަމިން ކޭ، ވިޓަމިން ބީގެ އިތުރުން ޕޮޓޭސިއަމް ވެސް ހިމެނެއެވެ. އާފަލީ އެންޓިއޮކްސިޑަންޓްސް ގިނައިން އެކުލެވޭ މޭވާއަކަށް ވުމުގެ ސަބަބުން، ހަކުރު ބަލިން އަދި އަލްޒައިމާޒް އިން މީހާ ދުރުކޮށްދެއެވެ. މީގެ އިތުރުން އާފަލަކީ ހަޖަމު ކުރުމުގެ ނިޒާމަށްވެސް ފައިދާތަކެއް ކުރުވާ މޭވާއެކެވެ.

އަންނާރު

އަންނާރަކީ އެންޓިއޮކްސިޑަންޓްސް ގިނައިން އެކުލެވޭ މޭވާއެކެވެ. އަންނާރުގައި އެންޓިއޮކްސިޑަންޓްސްގެ މިންވަރު، ގްރީން ޓީ އަށް ވުރެ ތިން ގުނައަށް ގިނައެވެ. މީގެ ސަބަބުން އަންނާރު ވެގެން ދަނީ ކެންސަރާ ދުރުކޮށްދޭ މޭވާއަކަށެވެ.

އަނބު

އަނބަކީ ވިޓަމިން ސީ އިން މުއްސަނދި ފައިބާ އެކުލެވޭ މޭވާއެކެވެ. އަނބުގައި އެކުލެވޭ އެންޓިއޮކްސިޑަންޓްސް ސަބަބުން އަނބު ވެގެން ދަނީ ބަލި ތަކާއި ދުރުކޮށްދޭ މޭވާއަކަށެވެ. ހާއްސަކޮށް އަނބުގެ ސަބަބުން ހަކުރު ބައްޔާއި ދުރުވެއެވެ.

ލުނބޯ

ލުނބޮއަކީ ވިޓަމިން ސީ ވަރަށް ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. ލުނބޮއަކީ ލޭ ހޮޅިތައް ބެދުމަށް ދިމާވާ ހުރަސްތައް ނައްތާލައި، ބަރުދަން އިތުރުވުމުން ދުރުކޮށްދޭ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. ލުނބޯ އިން ލިބޭ އިތުރު މުހިންމު ފައިދާ ތަކުގެ ތެރޭގައި ކިޑްނީގައި އުފެދޭ ހިލަތައް ވިރުވާލުމަށް މަސައްކަތް ކޮށްދެއެވެ.

ކަރާ

ކަރައަކީ ހަށުގަނޑަށް ފައިދާ ހުރި، ވިޓަމިން އޭ އަދި ސީ އެކުލެވޭ މުހިންމު މޭވާއެކެވެ. ކަރާގައި ހިމެނޭ އެންޓިއޮކްސިޑަންޓްސް އަކީ ކެންސަރު ބައްޔާއި ދުރުކޮށްދޭ އެއްޗެކެވެ. އަދި މީގައި ހިމެނޭ ލިކޮޕީން އިން ހަޖަމް ކުރުމުގެ ނިޒާމަށް ދިމާވާ އުނދަގޫ ތަކުން ދުރުކޮށްދީ ލޭ ހޮޅިތައް ބެދުމަށް ދިމާވާ ހުރަސްތައް ނައްތާލައި، ކޮލެސްޓްރޯލް މަދުކޮށްދެއެވެ. މީގެ އިތުރުން ކަރައަކީ ހުރިހާ މޭވާތަކެއްގެ ތެރެއިން އެންމެ ހަށިގަނޑު ތާޒާކޮށް ބަހައްޓާއިދޭ މޭވާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *