ޕެރިސް ފެޝަން ވީކްގައި އައިޝްވަރިޔާގެ ފެނިލުމަށް ފުރައްސާރަ!

ފަހަކަށް އައިސް މަނީ ރަޓްނަމްގެ ތަމަޅަ ޑްރާމާ ‘ޕޮންނީން ސެލްވާން‘ ގައި ކުޅުނު ރޯލުން ފިލްމީ ޚަބަރުތަކުގެ މަޝްހޫރުކަން ހޯދާފައިވާ އައިޝްވާރިޔާ ރާއީ ބައްޗަން މިހާރު ކުރިއަށްދާ ޕެރިސް ފެޝަން ވީކްގެ ހިނގާލުމުން މީހުންގެ ތަފާތު ޚިޔާލުތައް ސީޝަލް މީޑިޔާއިން ފެންނަން ފަށައިފިއެވެ.

މިސް ވޯލްޑް އަދި ބޮލީވުޑްގެ ކުރީގެ މި ތަރިއާއިއެކު ލޮރިއަލް ޕެރިސް ޝޯގައި ބައިނަލްއަގްވާމީ މޮޑެލް އަދި މީޑިއާ ސެލެބްރިޓީ ކެންޑަލް ޖެނަރ އާއި ޗައިނާގެ އެކްޓަރު ގޮންގް ޖޫން އަދި އިނގިރޭސި ބަތަލާ ހެލެން މިރެން މި އިވެންޓުގައި ބައިވެރިވެފާވެއެވެ.

މި އިވެންޓް ހިިނގާލުން ހިނގާފައިވަނީ އޭފަލް ޓަވަރު ކައިރީގައި އޮންނަ ރަންވޭއެއްގައެވެ. އައިޝްވާރިޔާ ލައިގެން ހުރީ ރަންކުލައިގެ ގައުނެކެވެ. މި އިވެންޓުގައި އޭނާ މަޝްހޫރުކަމަށް ފެނުނު ނަމަވެސް އެއީ އިންޓަރނެޓްގެ އެންމެންނަށް ކަމުދިޔަ ކަމެއް ނޫނެވެ.

ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވަނީ، “އޭނާގެ މޫނަށް ވީ ކިހިނެއް ހެއްޔެވެ؟” އެހެންމީހަކު ކޮމެންޓް ކޮށްފައިވަނީ “އެ ހެދުން އޭނަގެ ހަށިގަނޑުގެ ބައްޓަމާ ރަނގަޅަކަށް ނުގުޅޭ.” ސޯޝަލް މީޑިޔާގައި މީހުންގެ ފުރައްސާރަ އޭނާއަށް ބަންޑުންކޮށްލިއެވެ.

ނަމަވެސް ޝޯގައި އޭނާ ހޭދަކުރި ދުވަސްވަރަކީ ހަނދާން އާވާ ދުވަސްވަރެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭނާގެ ތަޢުރީފްވެސް ކުރިއެވެ. އަދި ޖެނާއާ އެކު އޭނާ ފެނިގެން ދިޔަކަން ފާހަގަކުރިއިރު، އެ ވީޑިއޯ އިންޓަނެޓްގައި ވައިރަލް ވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *