ޙިކުމަތްތެރިކަން އިތުރުކުރުމަށް ތަފާތު ގޮތްގޮތަށް ވިސްނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބުއްދިވެރިވުމަކީ އިޚްތިޔާރީ ކަމެކެވެ. ދިރިއުޅުމަކީ އުނގެނުމުގެ ދިގު ދަތުރެއް ނަމަވެސް އަހަރެމެން އެންމެން ކުލާހަކަށް ގޮސްގެން ނުކިޔަވަމެވެ. ނަމަވެސް ދިރިއުޅުމުގެ ފިލާވަޅުތައް ދަސްކުރުމުގައި ބައެއް މީހުންނަކީ އަނެއް ބަޔަކަށް ވުރެ މޮޅު ބައެކެވެ. އެއީ ހަގީގީ ޙިކުމަތާއި ބުއްދިވެރިކަމަށް ބާރުއަޅާ ބައެކެވެ. ދިރިއުޅުމުގައި ދަސްވި ފިލާވަޅުތަކުން ކަންކަމުގައި އެމީހުންގެ ވިސްނުން ބަދަލުވެގެންދެއެވެ.
ވާހަކަ ދެއްކުމުގެ ކުރިން ވިސްނުން.
ބުއްދިވެރީން އެމީހުންގެ އެންމެ ބޮޑު އެއް އަލާމާތަކީ ފުރަތަމަ އޭނާއަށް ލިބޭ ޖަޒުބާތީ ޖަވާބެއް ހަމައެކަނި ބްލަރޓް ކުރުމުގެ ބަދަލުގައި ބުނާ އެއްޗަކަށް ފަރުވާތެރިކަމާއެކު ވިސްނުމެވެ. އެހެންވެ ބައެއް މީހުން ކޮންމެ ހާލަތެއްގައި ވެސް ވިސްނުންތޫނު ކޮމެންޓްތަކެއް ނެރެވޭނެ ފަދަ ބުއްދިވެރި އަދި ކުޅަދާނަ ކަމަށް ފެނިގެންދެއެވެ. ވަކިން ޚާއްޞަކޮށް ޖަޒުބާތީ މައްސަލަތަކުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވިސްނުމަށް އަންނަ އެއްޗެއް ބުނުމަކީ އެހާ ރަނގަޅުކަމެއްނޫނެވެ.
"އެއްޗެއް ބުނުމުގެ ކުރީން އެންމެ ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ނަފްސަށް ސުވާލު ކުރަންޖެހޭ މިބުނާއެއްޗެއް މި ބުނަނީ ކީއްވެގެންތޯ؟. މި ބަސްބުނަކީ ކާކަށްތޯ އަދި އެ ބަހުގެ ސަބަބުން އެމީހަކު އުފާވޭތޯ ނުވަތަ ނޫންތޯވެސް ބަލަންޖެހޭ؟ނުވަތަ އެބަހުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބޭތޯ؟" ނަފްސާނީ މާހިރު ބަޓިޔާ ލުޑްމަން ލަފާދެއްވަ އެވެ.
ބުއްދިވެރިން އަބަދުވެސް ވަގުތު ހޯދައިގެން އެއްޗެއް ބުނުމުގެ ކުރީން އެ އެއްޗެއް ބުނަނީ ކީއްވެގެންތޯ ވިސްނައެވެ. އަދި ވާހަކަ ދެއްކުމުގެ ކުރިން އެއީ ރަނގަޅު ކަމެއްތޯ ސުވާލު އުފައްދާނެއެވެ.
ކަންކަން ޒާތީކޮށް ނުނެގުން.
ކަންކަން ޒާތީކޮށް ނުނެގުމަކީ ދިރިއުޅުން ކާމިޔާބު ކުރުމަށް އެންމެ މުހިންމު އެއް އުސޫލު ކަމުގައި ވާންޖެހޭކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ދިރިއުޅުމުގެ ކޮންމެވެސް ދުވަސްވަރެއްގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާވެރިކަމާއި، ހަސަދަވެރިކަމާއި، ކިބުރުވެރިކަމާއި، ނަފްރަތުގެ ޝިކާރައަކަށް ވެއެވެ. ނަމަވެސް އެކަންކަމާ ތިމާ ވިސްނާގޮތާއި އަމަލުތައް ބަހައްޓާގޮތުން ތިމާއަކީ ކޮންކަހަލަ މީހެއްކަން ކަނޑައެޅެއެވެ. ދަތިތަކާ ކުރިމަތިލާ ކާމިޔާބުގެ އައްސޭރިއަށް ދެވޭގޮތުން ތިމާއަކީ ކޮންކަހަލަ މީހެއްކަން ތިމާއަށްވެސް ވަޒަންކުރެވޭނެއެވެ. އަމިއްލައަށް ކަންކަމުގެ ޒިންމާ ނެގުމުން އެހެންމީހުން ކުށްވެރިކުރުމުގެ ވިސްނުމާއި ދުރުވެވޭނެއެވެ.
ކަންކަން ދިމާވުމުން އެހެންމީހުން ކުށްވެރިކުރަންވީ ކޮން ސަބަބަކާހެދިހެއްޔެވެ؟ ފަހަރެއްގައި އެއީ ދުނިޔޭގެ އާދައަކީ މާޒީގައި ތިމާއާއިމެދު ނުބައި ކަންތައްތަކެއް ހިނގާފައި އޮތްކަމާއި އެފަދަކަންކަން އަދިވެސް ހިނގާނެ ކަން ގަބޫލުކުރުމެވެ. އެ ނުބައި ކަންކަން ކުރުމުގައި ކުށްވެރިވަނީ އެހެން މީހުންކަން އެނގިހުރެ އެއިން އެއްވެސް ކަމެއް ބަދަލުކުރަން އުޅުމުގެ ބޭނުމެއް ނެތްކަން ގަބޫލުކުރުމެވެ. އެއީ އެކަން އެގޮތަށް ނުވާނެތީކަންވެސް ގަބޫލުކުރުމެވެ.
މިއީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އިންތިހާއަށް ހުރަސްއެޅޭނެ އަދި އަމިއްލައަށް ބަލިވާނެ ގަބޫލުކުރުންތަކެއް ކަމުގައި ތިމާއަށް އެނގެންޖެހެއެވެ. ހަނގުރާމަތަކާއި، ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަން ފަދަ ދުނިޔޭގެ ބޮޑެތި ހާދިސާތަކަކީ ޒާތީ ކަންތައްތަކެއް ނޫނެވެ. އެމީހުން އަހަރެމެންގެ ދިރިއުޅުން ބައެއްފަހަރު ހަލާކުކޮށްލައެވެ. ނަމަވެސް މިދެންނެވި ކަންކަން އަހަރެމެންނާ މެދު ފަރުވާލެއް ނުބަހައްޓައެވެ. އެހެންކަމުން އެކަންކަން ޒާތީކޮށް އަމިއްލައަށް ނެގުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.
އެކަމަކު ހަގީގީ ބުއްދިވެރިން ހެޔޮ ވިސްނުންތަކެއް އިސްކޮށް އިތުރަށް ކުރިއަށް ދެއެވެ. އެމީހުންނަށް ވިސްނޭ ގޮތުގައި މީހުން އެމީހުންނަށް ނަފްރަތު ކުރިޔަސް އެއީ ހަގީގަތުގައި އެމީހުންނާ ބެހޭ ކަމެއް ނޫނެވެ. އާންމުކޮށް މީހުން ތިމާއަށް ގޯސްކޮށް ކަންތައް ކުރަން އުޅޭއިރު، އެއީ އެމީހުންގެ އަމިއްލަ ހާދިސާތަކާއި، އެމީހުންނަށް ލިބިފައިވާ މާޔޫސްކަމަކާއި އަދި ދިމާވެފައިވާ ހިތްހަމަނުޖެހުމުގެ އަސަރުތަކެކެވެ.
އަދި ކަންކަން ޒާތީކޮށް ނުނަގާ ވިސްނުންތެރިކަމާއެކު ކުރިއަށްދާނަމަ އޭނާ ރަނގަޅުނޫން ކަންކަމަށް އަރައިނުގަނެވޭނެއެވެ. އޭނާއާއިއެކު ހެޔޮ ވިސްނުންތަކާއި ކާމިޔާބު ވާނެ ގޮތްތައް އަބަދުވެސް ވާނެއެވެ.
އެހެންމީހުން އިސްކުރުން
މިއީ ގޮތްހުންނަ ބުއްދިވެރީންގެ ކިބައިގާ ކޮންމެހެން ވެސް ހުންނަ ފާހަގަ ކުރެވޭ ސިފައެކެވެ.
މިއިން ބުނެވެނީ ކުއްލިއަކަށް އެމީހުން ސާހިބުންނަށް ވެގެންދާ ވާހަކައެއް ނޫނެވެ. ކޮންމެއަކަސް އެއްވެސް މީހަކީ ފުރިހަމައެއް ނޫނެވެ.
އެކަމަކު ބުއްދިވެރިކަމާއި ހިކުމަތްތެރިމީހުން އެހެންމީހުންގެ އިހުސާސްތައް އެނގި ބައެއް މުހިންމު ކަންތައްތައް ގަބޫލުކުރެއެވެ. އަދި މީހުންނަށް ހެޔޮގޮތްވުމަށް މަސައްކަތްކޮށްދެއެވެ. އާޚިރުގައި އަޅުގަނޑުމެން އެންމެން މި ދުނިޔޭގައި މިތިބީ މީހުންނާއެކު ދިރިއުޅޭށެވެ.
ބުއްދިވެރި މީހަކަށް އެނގޭ ގޮތުގައި އަމިއްލަ އެދުން ކުޑަކޮށް އެހެން މީހުން އިސްކުރުމަކީ ހަމައެކަނި ތިމާ އެހީތެރިވެދޭ މީހުންގެ ދިރިއުޅުން ރަނގަޅުކޮށްދޭ ކަމެއް ނޫން ކަމަށާއި އަދި އެއީ ތިމާގެ އަމިއްލަ އުފަލާއި އަމިއްލަ އަގު ވަޒަންކުރުމަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއްކަން އެމީހުން ގަބޫލުކުރެއެވެ.
ނަފްސާނީ ސިއްހަތުގެ ކައުންސެލަރު އަދި ލިޔުންތެރިޔާ ރޭޝެލް ކަސާޑާ ލޯމަން ލިޔުއްވާފައިވާ ގޮތުގައި އުފަލާއި ދިރިއުޅުމުގެ ހިތްހަމަޖެހުމުގެ ގޮތުން “ހަފްތާއަކު ވޮލަންޓިއަރ ކުރުމަކީ 20،000 ޑޮލަރަށް ވުރެ މަދު އާމްދަނީއަކުން 75،000 ޑޮލަރާއި 100،000 ޑޮލަރާ ދެމެދުގެ އާމްދަނީއަކަށް ބަދަލުވުމެއް ފަދަ އުފާވެރިކަން ލިބިދޭ ކަމެކެވެ.”
(ނުނިމޭ)