ޙިކުމަތްތެރިން ތަފާތު ގޮތްގޮތަށް ވިސްނައެވެ. 2

ހާލަތު ބަދަލުވާނެކަން ގަބޫލުކުރުން.

މުޅި ކައުނު ހުރިހާ ވަގުތެއްގައިވެސް ބަދަލުވަމުންދެއެވެ. ނޭވާލާ ކޮންމެ ނޭވާއަކާއެކު ހަށިގަނޑުގެ އެތެރޭގައި ތިބާގެ ސެލްތައް ބައިބައިވެ ބަދަލުވަމުންދާއިރު، ފާއިތުވަމުންދާ ކޮންމެ މިނެޓަކާއެކު އިރު އޭގެ ހަކަތަވެސް އަނދަމުންދެއެވެ.

އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ނުހުރެއެވެ. އަދި މެދުނުކެނޑި ބަދަލުވަމުންދާ ދުނިޔޭގައި ކޮންމެ އެއްޗެއްގައި ވެސް ބަގުޑިބައްދާ ހިފަހައްޓަން މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސަށް އުފަލެއްނެތްކަމެކެވެ.

ބުއްދިވެރިންނަށް މިކަން ހިނގަނީ މިހެންކަން އެނގެއެވެ. އަދި އެއީ އާންމުކޮށް ކައުނުގައި އެކަންކަން ހިނގަނީ މި އުސޫލުންކަން ގަބޫލުކުރާ ފަދައިން އަމިއްލަ ދިރިއުޅުމަށް އަންނަ ބަދަލުވެސް ގަބޫލުކުރަން ދަސްވެފައިވާ ސަބަބެވެ.

އުނިކަންތައްތަކަށް މާފުކުރުން

ގިނަ ފަހަރަށް ތަކުލީފުތަކަކީ ރޫޙާނީ ގޮތުން ކުރިއެރުމުގެ ތަޅުދަނޑި އެވެ. އެކަމަކު ހަމައެކަނި ތަކުލީފު ތަހައްމަލުކުރުމަކުން ނުފުދެއެވެ.

ގިނަގޮތްގޮތަށް ވިސްނާ ހަގީގަތާ ކުރިމަތިލުމާއި އަދި ޚާއްޞަކޮށް އަމިއްލަ ނަފްސަށް ވަގުތުދީ ރަނގަޅަށް އަމިއްލަ ނަފުސު ދެނެގަތުމަށް ވަގުތު ނަގަން ޖެހެ އެވެ. އަދި މިކަން މިގޮތަށް ކުރާއިރު، ތިމާއަކީ ހަގީގަތުގައި އެހެން އެންމެންނާ ތަފާތު މީހެއް ނޫންކަން ވެސް ވިސްނެއެވެ.

އަޅުގަނޑުމެން އެންމެންގެ ވެސް އުނިކަންތަކާއި ބަލިކަށިކަންތައްތަކެއް އެބަހުއްޓެވެ. އަޅުގަނޑުމެން އެންމެންގެވެސް އައިބުތައް ހުރެއެވެ. އަދި ޖަޒުބާތުތައް ކޮންޓުރޯލް ކުރާގޮތްވެސް ތަފާތެވެ. އަދި އަޅުގަނޑުމެންނަށް ކަންކަން ކުރެވެން ނެތް ބައެއް ދާއިރާތައް ހުރެއެވެ. ވީމާ ކަންކަން ހިތުގައި ނުބަހައްޓާ މާފުކުރާ މީހަކަށްވާށެވެ.

ކަންކަމުގައި ވަކިގޮތަކަށް ޙުކުމް(ޖަޖް) ނުކުރުން.

ފުރިހަމަ ނުވާ މީހުންނަކީ ގިނަ ފަހަރަށް އެހެން މީހުންނަށް ޙުކުމް(ޖަޖް) ކުރާ ބައެކެވެ. އެމީހުން ލޯބިވަނީ އެހެން މީހުންނާ ދިމާކޮށްލައިގެން ނުވަތަ ޖައްސާލައިގެން އަމިއްލައަށް ކުރިއެރުން ހާސިލް ކުރާށެވެ.

އެކަމަކު ބުއްދިވެރީން މިފަދަ ޢަމަލުތަކަށް ދެކޮޅު ހަދައެވެ.

ކޮންމެ މީހެއްގެ ވެސް އުނިކަންތަކާއި ބަލިކަށިކަންތައްތައް ހުންނަކަން އެނގުމަކީ ހިކުމަތްތެރި އަދި ވިސްނުންތެރި މީހަކަށް ވެދެވޭ ސަބަބެކެވެ. އެމީހުން އެހެން މީހުންނާ މެދު އަވަސް ޙުކުމްތަކެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެމީހުން އެއްގޮތް ކަންތައްތަކެއް ހޯދައި އެހެން މީހުންގެ ކިބައިން އެންމެ ރަނގަޅު ގޮތް ދެކެން މަސައްކަތް ކުރެއެވެ. އެއީ ހެޔޮގޮތްތަކާއިއެކު ވިސްނުން ބަހައްޓާ ހެޔޮ ގޮތްގޮތަށް އަމަލުތައް ބެހެއްޓުމުން ދުނިޔެއަކީ ހަމަ ރީތިތަނެއް ކަމުގައި ވާނެކަމަށް އެމީހުން ގަބޫލުކުރާތީއެވެ.

ކަންކަމުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުން

ބުއްދިވެރިންނަކީ އެމީހުންގެ މިޒާޖުގައި ނިމުމެއް ނެތް ޝައުގުވެރިކަމެއް ހުންނަ ބައެކެވެ. އަދި އެމީހުން އެހެންމީހުންގެ ބޭރުފުށުގެ ރީތިކަމަށް ބަލައިގެން ކަންކަން ކުރާނީ މަދުންނެވެ. މީހަކު ބޮޑާވެ ނުވަތަ ރުޅިގަދަވާއިރު އެމީހަކު އެކަންކުރިގޮތުގެ ބަދަލުގައި އެމީހަކު އެގޮތަށް އަމަލުކުރީ ކީއްވެގެންތޯ ބުއްދިވެރިން އަމިއްލަ ނަފްސާއި ސުވާލުކުރާނެއެވެ. އަދި ނުބައި ޚަބަރެއް އިވުމުން، މި ޚަބަރު އަންނަނީ ކޮންތާކުންތޯއާއި، އެ ޚަބަރު ކިޔައިދޭ މީހާގެ މިޒާޖަކީ ކޮބައިތޯއާއި އަދި އެ ޚަބަރު އެހާ ނުބައިހެން ހީވަނީ ކީއްވެތޯ އޭނާގެ ހިތުން ސުވާލުކުރާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *