2025 ވަނަ އަހަރު އޭޝިއާގެ ފަތުރުވެރިކަން ފަތަހަ ކުރާނެ ގައުމު ތަކަކީ މިއީ…

ޝައްކެއްނެތްގޮތުގައި ދިވެހިރާއްޖެ ހިމެނޭނީ ފަތުރުވެރިކަމުގެ ލިސްޓްގެ އެންމެ ކުރީގައެވެ. ރީތިމޫދާއި ހިމުންދޮންވެއްޔާއި އިރުއޮއްސުމާއި އިރު އެރުމުގެ ރީތިކުލަތަކަށް ޚާއްޞަކުރެވިފައިވާ ފަތުރުވެރިކަމަކީ މަޝްހޫރު ކަމެކެވެ. 2025 ވަނަ އަހަރު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާއަތް ބައްޓަންވެގެން ދާނީ އާ އުފެއްދުންތަކާއި، ސަގާފަތާއި ގުދުރަތީ ރީތިކަމުގެ މައްޗަށް އެކުލެވޭ ސިނާއަތަކަށެވެ. މިކަމަށްޓަކައި ސަރަހައްދީ އެއްބާރުލުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ގައުމުތަކުން އަންނަނީ އެއްބަސްވަމުންނެވެ. 2025 ވަނަ އަހަރު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާއަތް ހީވެސް ނުކުރާހާ ބާރުމިނަކަށް ބަދަލުވާނެ ކަމުގެ އަސރުތައް ދަނީ ފެންނަމުންނެވެ. ޗައިނާ، ސިންގަޕޫރު، އިންޑޮނޭޝިއާ، ތައިލެންޑް، ލާއޯސް، ވިއެޓްނާމް، އަދި ކެމްބޯޑިއާ، ވަނީ ސަގާފީ ތަރިކައާއި، އީކޯ ޓޫރިޒަމާއި، ދެމެހެއްޓެނިވި އުސޫލުތަކަށް އަލިއަޅުވާލައިގެން މި ޤައުމުތަކުން ދަނީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މުސްތަޤްބަލް ބައްޓަންކުރަމުންނެވެ. ވީމާ ރާއްޖޭގެ ފަތުރުވެކަމަށްވެސް ކުރިއެރުންތަކެއް ގެންނަން ޖެހޭނެއެވެ.

 

ޗައިނާ: އޭޝިއާގެ ދޮރުފަތް

ޗައިނާގެ މުއްސަނދި ސަގާފީ ތަރިކައާއި ޒަމާނީ ކުރިއެރުންތަކުގެ ބޭނުން ހިފައިގެން އޭޝިއާގެ ފަތުރުވެރިކަމުގެ މައިދާނުގައި އަދިވެސް އޮތީ މި ރޮގުން އެންމެ ކުރީގައެވެ. 2025 ވަނަ އަހަރު ސަގާފީ ފަތުރުވެރިކަމާއި، ހައި ސްޕީޑް ރޭލްތަކުން ގުޅުވާލުމާއި، ތިމާވެށްޓާއި ރައްޓެހި ފަތުރުވެރިކަމަކީީ 2025 އަހަރު ޗައިނާއިން އެންމެ އިސްކަމެއްދޭނެ ފަތުރުވެރިކަމެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އިން  އަވަށްޓެރި ގައުމުތަކާ އެކު ގުޅުންތައް އާލާކުރުމާއިއެކު ސަރަހައްދީ ފަތުރުވެރިކަމުގެ ފުރުސަތުތައް އިތުރުކުރާނެއެވެ.

 

ސިންގަޕޫރު: ދެމެހެއްޓެނިވި ފަތުރުވެރިކަމަށް މޮޑެލްއެއް

2025 ވަނަ އަހަރު ފަތުރުވެރިކަމާ މެދު ސިންގަޕޫރުން ގެންގުޅޭ އުސޫލުގައި ބާރުއަޅަނީ ތަރައްގީއާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރުމަށެވެ. އެގޮތުން މުޅި ގައުމު ފެހިކުރުމާއި ތިމާވެށްޓާއި ރައްޓެހި ފަތުރުވެރިކަމެއެއް އުފެއްދުމާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކިކަހަލަ ޓްރެވަލް އެޕްތަކާއި އަދި ވާޗުއަލް ޓުއާތަކުން ޒިޔާރަތްކުރާ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށްވަނީ ރާވާފައެވެ. މީގެ އިތުރުން ކަލިނަރީ ފަތުރުވެރިކަން ނުވަތަ ތަފާތު ކެއުންތަކުން ސިންގަޕޫރުގެ ސަގާފަތުގެ ރަހަ ތަޖުރިބާކުރަން ފުރުސަތު ހުޅުވާލުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތަކުގައި ފަތުރުވެރިކަން އުފެއްދުން ހިމެނެއެވެ.

 

އިންޑޮނޭޝިއާ: ގުދުރަތީ އަދި އެޑްވެންޗާ ފަތުރުވެރިކަން

އިންޑޮނޭޝިއާ އިން ގުދުރަތީ ރީތިކަމުގެ ފައިދާ ނަގައި، މޫދާއި، މައުންޓް ބްރޯމޯ އާއި ކޮމޮޑޯ ނޭޝަނަލް ޕާކް އިން އަލިފާނުގެ މަންޒަރުތައް ދެއްކުމަށް ތައްޔާރުވުމާއި ސަގާފަތް ދައްކަދޭ ކަންކަން ހިމަނައިގެން ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް 2025 ވަނަ އަހަރު ޚާއްޞަ އިސްކަމެއް ދޭނެއެވެ.

 

ތައިލެންޑް: ސަގާފަތާއި ދުޅަހެޔޮކަމުގެ ހަބެއް

2025 ވަނަ އަހަރު ތައިލެންޑްގެ ފަތުރުވެރިކަމުގެ ރޭވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އެގައުމުގެ ސަގާފީ މުއްސަނދިކަމާއި ދުޅަހެޔޮކަމުގެ ސިނާއަތަށެވެ. އެގޮތުން ބޭސްވެރިކަމުގެ ފަތުރުވެރިކަމާއި، ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމާއި ބޮޑެތި ފެސްޓިވަލްތައް ބޭއްވުމަށް ވަނީ ރާވާފައެވެ. ތައިލެންޑްގެ “އަޖައިބު ކުރުވަނިވި ތައިލެންޑް” ކެމްޕޭނަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވާ އެގައުމުގެ ތިމާވެށީގެ ލަނޑުދަނޑިތަކާ އެއްގޮތްވާކަން ކަށަވަރުކޮށްދޭ ކެމްޕޭނެކެވެ.

 

ވިއެޓްނާމް: ގުދުރަތީ ރީތިކަން

ގުދުރަތީ ރީތިކަމުގެ އިތުރުން ތާރީޚީ ތަންތަން ކަމަށްވާ ހާ ލޯންގް ބޭ އާއި ހޮއި އާން ފަދަ ތަންތަން ހިމަނައިގެން މަޝްހޫރު ވިއެޓްނާމް ފަތުރުވެރިކަން ކުރިއަރުވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ރަށްތަކުގެ މީހުންގެ ބައިވެރިވުމުގެ މައްޗަށެވެ.

 

ކެމްބޯޑިއާ: ސަގާފަތާއި ތަރިކަ އަދި ގައުމުގެ މީހުންގެ ބައިވުންވުން ހިމެނޭ ފަތުރުވެރިކަން

ކެމްބޯޑިއާގެ އަންގްކޯރ ވަޓް އަދިވެސް އޮތީ ތާރީޚީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބިންގަލެއްގެ ގޮތުގައެވެ. ނަމަވެސް 2025 ވަނަ އަހަރު ވެގެންދާނީ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ރަށްތަކުގެ އުފެއްދުންތަކާއިއެކު ސައްހަ ސަގާފީ ތަޖުރިބާތައް ހިއްސާކުރާނެ ފަތުރުވެރިކަމަކަށެވެ. އަދި ތަރިކަ ރައްކާތެރިކުރުމާއިއެކު ތިމާވެށްޓާއި ރައްޓެހި  ފަތުރުވެރިކަމަށްޓަކައި ގުދުރަތީ ޕާކްތަކާއި ކޯރުގެ ދަތުރުތައް އިތުރުކުރުމަށެވެ.

 

ސިރީލަންކާ: ވިލުންތެރިކަމާއި އަދި އާލާކޮށް ދިރުވުން

2025 ވަނަ އަހަރު ލަންކާގެ ވިސްނުންހުރީ ގުދުރަތީ ޕާކުތަކުން ގުދުރަތީ ދިރުންތަކަށް މީހުން ޝައުގުވެރިކުރުވުމެވެ. އަދި ފަރުބަދަމަތީގެ ސައިފަތް ގަސްތަކުގެ ބޭނުންހިފާ ސައިގެ ތަޖުރިބާތަކެއް ލިއްބައި ދިނުމަށެވެ. މީގެ އިތުރުން ބުޑިސްޓް ސަގާފަތާއި ރަށްފުށުގެ އާޓްސްއާއި އަދި ފެސްޓިވަލްތައް އިތުރުކުރުމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *