އެންމެ މުހިންމީ ސުވަރުގެ ލިބުމެވެ!

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާ ގޮތްވެސް ގިނަބައަކަށް ނުއެނގެއެވެ. މިއަދާއި ހަމައަށް 23 ދުވަސް ފާއިތުވެގެން ދިއަކަން އެނގޭނީ ދުވަސްގުނާ މީހަކަށެވެ. ވީމާ ކުރިއަށް އޮތް ހަފްތާއެއްހައި ދުވަސް ދާދި އަވަހަށް ނިމިގެން ހިނގައިދާނެއެވެ.

ރަމަޟާން މަސް ގާތްވީންސުރެ އެންމެ ގިނައިން ކުރެވުނު ކަމަކީ ރަމަޟާން މަހުގެ ބޭނުން ވީހައި ރަނގަޅު ގޮތުގައި ހިފުމަށް ނަޞޭޙަތްތެރިވުމެވެ. ރަމަޟާން މަހު ކުރެވުނު މަސައްކަތުން ތިމާއަކީ މި ރަމަޟާން މަހު ފާފަ ފުއްސަވައި ދެއްވަވާ އަޅަކު ކަމުގައި ވުމަށް މަސައްކަތްކުރުމަށް ނަޞޭޙަތްދިނުމެވެ.

މިރޭވެސް ބުނެލަން އޮތީ ރަމަޟާން މަހުން ދެން ބާކީ އޮތް ދުވަސްކޮޅުގައި އިތުރަށް ހީވާގިވެލާށެވެ! ރަމަޟާން މަސް ނިމުމުން އަޅުކަންކުރެވުނު މިންވަރު މަދުވެގެން ހިތާމަކުރަންޖެހޭނެ މީހަކު ކަމުގައި ނުވާށެވެ! އެއިރުން ކިތަންމެ ވަރަކަށް ހިތާމަކުރިނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ!

ދެން މިއޮތް ދުވަސްކޮޅު ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރަންނޫނީ ވަގުތު ހޭދަނުކުރާށެވެ! ރަމަޟާން މަސް ލިބިގަތުމަށް ކުރަންވީ ކަންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ރަމަޟާން މަސް ފެށުމުގެ ކުރިއްސުރެ ހުރިހާ ޢިލްމުވެރިންހެން އެގެންދަނީ އެކަންކަން ކިޔައިދެމުންނެވެ. އަދި އެއީ އާވާހަކަތަކެއްވެސް ނޫނެވެ. ކާމިޔާބުލިބުން ވަނީ ޢަމަލުކުރެވުނު މީހަކަށެވެ.

ދުޢާއަކީ އަހަރެމެން އެންމެންނަކީވެސް ރަމަޟާން މަސް ނިމޭއިރު ފާފަ ފުއްސަވާ އަޅުން ކަމުގައި ލެއްވެވުމެވެ. އާމީން

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *