"ކަނބުލޮ" ގެ ޕޯސްޓަރަށް ހަ ގަޑިއިރުން އިންސްޓަރގްރާމްގައި އެކަނި ބައި މިލިއަން ވިއުސް

ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ  ހުށަހަޅައިދޭ " ކަނބުލޮ" ގެ ފުރަތަމަ ޕޯސްޓަރު ބުދަ ދުވަހު ނެރެފައިވާއިރު ހަ ގަޑިއިރުން އިންސްޓަރގްރާމްގައި އެކަނި ބައި މިލިޔަން ވިއުސް ލިބިއްޖެއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަމަނަ" ފިލްމު އުފެއްދި ޓީމުން ނެރޭ ދިވެހި ފިލްމު "ކަނބުލޮ" ގެ ފުރަތަމަ ޕޯސްޓަރ އިންސްޓަރގްރާމްގައި ނެރެފައިވަނީ ބުދަ ދުވަހު ހެނދުނުއެވެ.

މި ޕޯސްޓަރުގައި މަޝްހޫރު އެކްޓްރެސް އައްޒަ ފެންނަނީ އުފަންވިގޮތަށް ފޫޅުދަނޑިއާއެކު އޮތް ތުއްތު ކުއްޖަކު ދެއަތުން ނަގައިގެން ހުއްޓައެވެ.

މޫނުމަތިން ފެންނަ ނުތަނަވަސްކަމާ ބިރުވެރިކަމާއި ރުޅިވެރިކަމާއި ހާސްކަމުގެ ޖަޒުބާތު ތަކާއެކު ފިލްމުގެ ޖޮންރާ ރަނގަޅަށް ސިފަވެއެވެ.

ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އައްޒަގެ އިތުރުން އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.

"ކަނބުލޮ" އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކައަށް ތައްޔާރުކުރާ ފިލްމު ކަނބުލޮގެ ޝޫޓިންގ ނިންމާ މިހާރު ދަނީ އެޑިޓިންގގެ މަސައްކަތްކުރަމުންނެވެ.

އޮލިމްޕަހުގައި މި ފިލްމު އަޅުވާނީ އަންނަ އޯގަސްޓްމަހުގެ 31 ގައެވެ.

މި ފިލްމުގެ ޓިކެޓް ބައްލަވައިގަނެގެން އެ ވޯންގެ ބެޑްރޫމް ސެޓެއް ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *