އެކަނިވެރި ފިރިހެނުންނަށްވުރެ އެކަނިވެރި އަންހެނުން މާ އުފާވެރި

ކައިވެންޏާނުލާ ދިރިއުޅޭ އެކަނިވެރި އަންހެނުން ކައިވެންޏާއި ނުލާ ދިރިއުޅޭ ފިރިހެނުންނަށްވުރެ މާ އުފާވެރިކަމަށް ދިރާސާތަކުން ދައްކައެވެ. އެލަން ހޯން ކޮށްފައިވާ އާ ދިރާސާއެއްކަމަށްވާ ޔޫ އޮފް ޓީ ސައިކޮލޮޖީއިން ދައްކާ ގޮތުގައި އެކަނިވެރި އަންހެނުން އެކަނިވެރި ފިރިހެނުންނަށްވުރެ މާ އުފާވެރިއެވެ. އަދި ކައިވެނީގައި ތިބޭއިރު އަންހެނުންނަށް ވުރެ ގިނަ ފައިދާތަކެއް ފިރިހެނުންނަށް ލިބެއެވެ.

މި ދިރާސާގައި 6،000 މީހުން ބައިވެރިކޮށްފައިވާއިރު، ނަތީޖާއިން ދެއްކި ގޮތުގައި ފިރިހެނުންނަށް ވުރެ އަންހެނުންނަށް އެކަނިވެރި ހަޔާތެއް ހޭދަކުރާއިރު މާ ފަސޭހަވެފައި އުފާވެރިއެވެ. އެއީ އެމީހުންގެ ހާލަތާއި، ދިރިއުޅުމުގެ ފެންވަރު ފިރިހެނުންނާއި މުޅިން ތަފާތެވެ. މީގެ ސަބަބުން އަންހެނުންގެ އުފާވެރިކަން އިތުރުވެ، ބައިވެރިޔަކަށް އެދޭ މިންވަރު މަދުވެއެވެ.

މި ނަތީޖާތަކުގައި ފާހަގަވަނީ އަންހެނުންނަށް ވުރެ ފިރިހެނުން އެކަނިވެރިދިރިއުޅުމެއް އުޅެން ބިރުގަންނަކަމެވެ. ފިރިހެންވަންތަކަމުގެ އުންމީދުތައް ކުރިއަށް ގެންދިއުމަށްވެސް އުނދަގޫވާ ކަމަށެވެ. އެ ހޯދުންތަކުން ދައްކާ ގޮތުގައި ޒުވާން އެކަނިވެރި ފިރިހެނުންނަށް ވުރެ އުމުރުން ދުވަސްވީ އެކަނިވެރި ފިރިހެނުން އުފާވެރިކަން ބޮޑެވެ.

އަންހެނުން އެކަނިވެރި ދިރިއުޅުމާ މެދު ހިތްހަމަޖެހޭ ސަބަބެއްކަމުގައި މުޖުތަމަޢުގައި އަންހެނުންނަށް އެހީތެރިވެދޭ އިޖްތިމާއީ ނެޓްވޯކްތައް ހުރުން ފާހަގަ ކުރެވެއެވެ. އަދި އަންހެނުންނަށް މާލީ މިނިވަންކަން ލިބިފައި ވުމަކީވެސް ކައިވެންޏާއި ނުލާ އުޅެން އެމީހުން ހިތްހަމަޖެހޭ ކަމެކެވެ.  ޒަމާންވީ އާދަކާދައިގައި ކައިވެނީގެ ސަބަބުން އާމްދަނީއެއް ލިބުމަކީ ކުރިން މުހިންމުކަމެއް ކަމުގައިވިޔަސް މިހާރު އެއީ އެވަރުގެ މުހިންމު ކަމެއް ނޫނެވެ. އެއީ އަންހެނުންނަށްވެސް އާމްދަނީ ލިބޭނެ ގޮތް ތަނަވަސް ވެފައި އޮތުމާއި ގޮތްނޭނގޭ ދިރިއުޅުމަކަށް ވަންނަން އެމީހުންނަށް އުނދަގޫވުމެވެ. ކައިވެނީގައި ބޮޑަށް އޮންނަނީ ފިރިހެން މީހާއަށް ޚިދުމަތް ކުރުމުގެ ސަގާފަތެއް ކަމުގައި ގިނަމީހުން ދެކެއެވެ. އަދި ފިރިހެންމީހާ އަންހެނުންނަށް ބަރޯސާވާ މީންވަރު އިތުރުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *