ދަންވަރު މަގުމަތީ އުޅޭ ބިދޭސީންނާ ސުވާލުކޮށް، ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ފުލުހުން ސުވާލުކޮށް، އެމީހުން ކުރާ ކަންކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުއަޅާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި މާލޭގައި ދަންވަރު ބިދޭސީން އުޅޭ ގޮތްގަޮތުގެ ސަބަބުން އެކިކަހަލަ އުދަގޫތައް ކުރިމަތިވާކަމަށް ބައެއް މީހުން ފާހަގަކޮށްފަައިވެއެވެ. އެގޮތުން ބިދޭސީން މަގުމަތީ އަޑުގަދަކުރުމާއި ގުރޫޕު ހަދައިގެން އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގަމުންދާ ކަމުގައި ބައެއް މީހުން ފާހަގަކުރިއެވެ.

އެކަންކަމާ ގުޅިގެން އެކްސްގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ރަށު ތެރޭގައި އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކޮށް، އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅެމުންދާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މެންދަމު 12:00 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށް އާއްމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ފާހަގަކުރެވޭ ގާނޫނީ ގޮތުން ފިޔަވަޅުއަޅަންޖެހޭ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާ އެހެނިހެން އިދާރާތަަކަަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަސައްކަތް ފުލުހުންގެ ކީދުމަތާއި އެހެނިހެން އިދާރާތަކުން ފެށުމަށް އެމަނިކުފާނު އެންގެވީ މިރެއިން ފެށިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *