ދެކުނު އެފްރިކާ އަތުން މެކްސިކޯއަށް ފުރިހަމަ މޮޅެއް

ފީފާ ވޯލްޑްކަޕް 2026 ގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އިން ދެކުނު އެފްރިކާގެ މައްޗަށް ކުރި ހޯދައިފި އެވެ. މެކްސިކޯ މި މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެކްސިކޯ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ޖެހީ މެކްސިކޯއިންނެވެ. ލަނޑު ކާމިޔާބު ކޮށްދިނީ، ޖޫލިއަން ކީނިއޯނެސް އެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ ވެސް މެކްސިކޯ ކުރީ ގައި އޮވެގެންނެވެ. ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ވަނީ މެކްސިކޯގެ ލީޑު ފުޅާކޮށްދީފައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައެވެ.

މި މެޗު ގައި ދެކުނު އެފްރިކާގެ 2 ކުޅުންތެރިއަކަށާއި މެކްސިކޯ ގެ ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަންކާޑު ދައްކާފައެވެ.

އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ސައުތު އެފްރިކާގެ ޔާޔާ ސިތޯލް އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލިއިރު، 83 ވަނަ މިނެޓުގައި އެ ޓީމުގެ ތެމްބާ ޒުވާނޭ އަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މެކްސިކޯގެ ޑިފެންޑަރު ސެސާ މޮންޓޭސް އަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މިއަދު ހެނދުނު ރާއްޖެގަޑިން 07:00 ގައި ކުޅުނީ ޗެކް ރިޕަބްލިކާ ސައުތު ކޮރެޔާގެ މެޗެވެ. މި މެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ ދެކުނު ކޮރެޔާ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *