ޕޯޗްގަލް މެޗުން ރޮނާލްޑޯ އަށް ތަފާތެއް ނުދެއްކުނު

އެމެރިކާގެ ހިއުސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ޕޯޗުގަލާއި ކޮންގޯ މިރޭ ކުޅުނު "ގްރޫޕު ކޭ"ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ. ރޮނާލްޑޯ މިރޭ ކުޅެން ނުކުތުމާއެކު ހަ ވޯލްޑް ކަޕެއްގައި ކުޅުނު ކުޅުންތެރިންގެ ތެރޭގައި ވަނީ ހިމެނިފައެވެ. ދެން އެ ރެކޯޑުގައި އޮތީ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ.

ވަރުގަދަ އެޓޭކިން ގޭމަކާއެކު ފެށި ޕޯޗުގަލުން ވަނީ މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެޑްރޯ ނެޓޯ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޮއާ ނެވޭސްއެވެ.

ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ޕޯޗުގަލް ނަމަވެސް، ލަނޑުޖަހާނެ ސާފު ފުރުސަތުތަކެއް އުފެއްދުމުގައި އެ ޓީމަށް ދަތިތަކަކާ ކުރިމަތިވިއެވެ. ޕޯޗުގަލްގެ ފަރާތުން އުފެއްދުންތެރި ކުޅުމެއް ނުފެނުނުއިރު، ކައުންޓަރ އެޓޭކުގައި ކޮންގޯއިން ދިޔައީ އިތުބާރާއެކު ނުރައްކާ ކުރަމުންނެވެ.

ކޮންގޯގެ ސެޑްރިކް ބަކަމްބޫގެ މޮޅު ކުޅުމުގެ ސަބަބުން ޕޯޗުގަލްގެ ޑިފެންސަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވިއެވެ. ޕޯޗުގަލްއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކޮންގޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އާތަރ މަސުއާކޫ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން، އެއްވެސް މީހެއްގެ ހުރަހެއް ނެތި ހުރި ޔޮއާން ވިއްސާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި ކޮންގޯއިން ޖެހި ފުރަތަމަ ލަނޑެވެ.

ކޮންގޯއިން ކުޅުން ރަނގަޅުކޮށް ފުރުސަތުތައް ތަނަވަސްކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ ދިހަވަނަ މިނެޓުގައި ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ވީސާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ބަކަމްބޫ ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ޓޮމަސް އަރައުހޯ ވަނީ ބްލޮކްކޮށްފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ކައިރިކައިރީގައި ޕޯޗުގަލުގެ ދެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނޫނޯ މެންޑޭޒް ފޮނުވާލި ބޯޅަ، ކޮންގޯގެ ކީޕަރު ލިއޮނެލް އެމްޕާސީ މަތަކުރި އިރު، ބްރޫނޯ ފެނާންޑޭޒްގެ ހަމަލާ ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ބޯޅަ ހިފަހައްޓައިގެން ޕޯޗުގަލުން އިތުރު ފުރުސަތެއް ތަނަވަސްކުރަން މަސައްކަތްކުރަމުން ދަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ އެންމެ ފަހު މިނެޓުގައި ކޮންގޯއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އާތާ މަސުއާކޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކޮންގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވީސާއެވެ. އެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފަށް ޕޯޗުގަލުން ކުޅެން ނުކުތީ ބަދަލަކާއެކުއެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ބެނާޑޯ ސިލްވާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޒުވާން ފޯވަޑް ކޮންސެސާއޯއެވެ.

ދެވަނަ ހާފުގައި ވެސް ޕޯޗުގަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް، ކޮންގޯގެ ވަރުގަދަ ޑިފެންސާ ގުޅިގެން ހާފުގެ ކުރީކޮޅުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ރޮނާލްޑޯއަށް މެޗުގައި ލިބުނު ފުރަތަމަ ފުރުސަތު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ކޮންސެސާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ކޮންގޯ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އެ ބޯޅަ ރޮނާލްޑޯއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ވެސް ރޮނާލްޑޯއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޮންސެސާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ، ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭނާ ކައިރީގައި ކޮންގޯގެ ދެ ޑިފެންޑަރަކު ތިބުމުން، އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

މެޗުގެ ފަހުކޮޅުގައި ޕޯޗުގަލުން ބަދަލުތަކެއް ގެނައި ނަމަވެސް، އެންމެ އެދެވޭ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗު ނިމެނިކޮށް ބްރޫނޯ ފެނާންޑޭޒްގެ ހަމަލާއެއް ފެނިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ވެސް ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ޕޯޗުގަލުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ހާއްސަކޮށް ފަހުގެ ތާރީހެއްގައި މި ޓީމުން ވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ވޯލްޑް ކަޕްގައި ޕޯޗުގަލުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދުމެވެ. މަޝްހޫރު ކުޅުންތެރިޔާ އުސޭބިއޯގެ މޮޅު ކުޅުމާއެކު ހޯދި މި ކާމިޔާބީގެ އިތުރުން، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރުވަނަ ވެސް އެ ޓީމުން ވަނީ ހޯދައިފައެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޕޯޗުގަލްގެ އެންމެ ފަހުރުވެރި ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫއެފްއޭ ޔޫރޯ މުބާރާތް ކާމިޔާބުކުރުމެވެ. މީގެ އިތުރުން 2019 ވަނަ އަހަރު އަލަށް ފެށި ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަންކަން ވެސް ހޯދީ ޕޯޗުގަލުންނެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ އުޒްބެކިސްތާނާއި ކޮލަމްބިއާ އެވެ. އުޒްބެކިސްތާނާއި ކޮލަމްބިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *