"އެވަރގްރީން" ލައިންގެ ޚިދުމަތް ރާއްޖޭގައި ފަށައިފި

ބައިނަލްއަގުވާމީ ގޮތުން މަގުބޫލު ޝިޕިންގ ކުންފުނި، "އެވަރގްރީން" ލައިންގެ ޚިދުމަތްތައް ރާއްޖޭގެ ގައުމީ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) އާ ގުޅިގެން ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް އިފްތިތާހުކުރުމަށްޓަކައި ހޮޓެލް ޖެންގައި ރޭ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްލަތީފާއި، އެމް.އެސް.އެސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފާއި، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ އިތުރުން އެމް.އެސް.އެސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ލަތީފް ވިދާޅުވީ، މި ޕާޓްނަރޝިޕަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖެއަކީ 90,000 އަށްވުރެ ގިނަ ބާވަތުގެ މުދާ އިމްޕޯޓްކުރާ ގައުމަކަށްވުމުން، ރާއްޖޭގެ ފްރައިޓް އަދި ޝިޕިންގ ދާއިރާ ހަރުދަނާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ، އެމް.އެސް.އެސްގެ ރާއްޖޭގެ ތަޖުރިބާއާއި އެވަރގްރީންގެ ބައިނަލްއަގުވާމީ ވިއުގަ ގުޅިގެން ދިއުމުން، ބައިނަލްއަގުވާމީ ފްރައިޓް އޮޕަރޭޝަންތަކުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް މުދާ އެތެރެކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *