ބޭނުންވާ ތަކެތި:
1 ވަޅޯމަސް ކުދިކޮށް ކޮށާފައި
1 ފިޔާ
5 ހިކިމިރުސް
4 ލޮނުމެދު
1 މޭޒުމަތީ ސަމުސާ ތެޔޮ
5 ހިކަނދިފަތް
2 ޕެކެޓު ކޮއްތުމީ ނޫޑްލްސް
½ 1 ޖޯޑު ހޫނު ފެން
3 ސައިސަމުސާ މަސްމިރުސް
ހަދާނެ ގޮތް:
ފިޔާ، ގިތެޔޮ މިރުސް، އަދި ލޮނުމެދު ތުނިކޮށް ކޮށާލާށެވެ. ތެއްޔަކަށް ތެޔޮ އަޅައި ހޫނުކުރުމަށްފަހު އޭގެ ތެރެއަށް ފިޔާ، ގިތެޔޮ މިރުސް، ހިކަނދިފަތް އަޅައި އެއްކޮށްލާ ރަނގަޅަށް ރަތްކުރާށެވެ. ތެޔޮގަނޑަށް ނޫޑުލްސްގައި ހުރި ސީސަނިން ޕެކެޓްތައް އަޅާށެވެ. މަސްމިރުސްކޮޅާއި ވަލޯމަސް އަޅާ އިރުކޮޅަކު ކައްކާލާށެވެ. ދެން ހޫނުފެން އަޅާ ރަނގަޅަށް ކެކެން ފެށުމުން ނޫޑުލްސް އަޅާށެވެ. ބައެއް މީހުންނަށް ވަޅޯމަސް ނޫޑުލުސް ގިނަ މީހުންނަށް ކަމުދަނީ ތަންކޮޅެއް ހަރުކޮށް ނޫޑުލްސް ބެހެއްޓުމުންނެވެ. އެމީހަކު ބޭނުންވަރަކަށް ނޫޑުލްސް މަޑު ކުރެވިދާނެއެވެ. ބައެއް މީހުުންނަށް ގިނައިން ވަޅޯމަސް އެޅުމުން މީރުވެއެވެ. އެހެންކަމުން ވަޅޯމަސް އަޅާނީ އެމީހަކު ބޭނުން ވަރަކަށެވެ.
