ބޭނުންވާ ތަކެތި
2 ދޮންކެޔޮ (ކޮށާފައި)
2 ސަމްސާ ޕީނަޓް ބަޓަރ
1 ތަށި ފުލްކުރީމް ކިރު
މާމުއި ނުވަތަ ހަކުރު
ހަދާނެ ގޮތް:
ފުރަތަމަ ކޮށާފައިވާ ދޮންކެޔޮތައް ފުރިޖަށްލާ ގަނޑުކޮށްލާށެވެ. ދެން ކިރާއި ގަނޑުކުރި ދޮންކޭލާއި ޕީނަޓް ބަޓަރ މިކްސަރަށް އަޅާ ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފޮނިރަހަ ލައްވަން ބޭނުންވާ ވަރަކަށް މާމުއި ނުވަތަ ހަކުރު އަޅާށެވެ.
