ބޭނުންވާނެ ތަކެތި:
½ ފަޅޯ (ގާނާފައި)
1 ކެރެޓް (ގާނާފައި)
3 މޭޒު މަތީ ސަމުސާ ފިޝް ސޯސް
2 މޭޒުމަތީ ސަމުސާ ވިނިގާ
1 ފިޔާ ތުނިކޮށް ކޮށާފައި
1 ލޮނުމެދު ޗިސްކޮށްފައި
4 ތޮޅި މިރުސް ކޮށާފައި
ލޮނު ކޮޅެއް
ތައްޔާރު ކުރާނެ ގޮތް
ރެއްސި ލާފައިވާ ފަޅޮލެއް ތޮށިމެށުމަށްފަހު ރަނގަޅަށް ދޮވެލާށެވެ. ދެން ފަޅޮލެއްގެ އެއްފަޅި ތުނިކޮށް ގާނާށެވެ. ގާނާނީ ގެރެޓް ގާނާގޮތަށް ދިގު އެތިކޮޅަށް ވާވޮތަށެވެ. ފިޔާ، މިރުސް، ވިނިގާ ،ފިޝްސޯސް، ރަނގަޅަށް އެއްކޮށްލާށެވެ. ފަޅޯ ކޮޅާއި ކެރެޓް ކޮޅު އެއްކޮށްލުމަށްފަހު ލޮނުކޮޅެއް އަޅާށެވެ. ދެން ލޮނުރަހަ އަދި ހުތްރަހަ ހެޔޮވަރު ކުރުމުންް ފަޅޯ ސަޓަނި ތައްޔާރުކުރެވުނީއެވެ.
