ބޭނުންވާނެ ތަކެތި:
3 ބިސް
150 ގްރާމް ހަކުރު
70 ގްރާމް ޒުވާރިފުށް
10 ގްރާމް ވެނީލާ އެސެންސް
700 މިލިލީޓަރުގެ ކިރު
150 ގްރާމްގެ ކްރީމް ޗީޒް
18 މާރީ ބިސްކޯދު
ތައްޔާރުކުރާނެ ގޮތް:
ތަވައެއްގައި ބިހާއި ހަކުރު އެއްކޮށްލާށެވެ. ދެން ޒުވާރުފުށްކޮޅާއި ވެނީލާ އެސެންސް އަދި ކިރު އަޅާ ކައްކާށެވެ. ކައްކަމުންދާއިރު އޮލަވެ ކުރީމަށް ވަންދެން ދޭފަތަކުން ހާކަންވާނެއެވެ. ދެން ޗީޒް އަޅާށެވެ.
ދެން ތަބަކަކަށް އަޅާ 4-5 ގަޑިއިރު ވަންދެން ފްރީޒާގައި ބަހައްޓާށެވެ. ދެން ބޭނުންވައްތަރެއްގެ ތައްޓަކަށް އަޅާ މަތިން މާރީ ބިސްކޯދު އަޅާށެވެ.
