ރެއްސަކީ ދިވެހިރާއްޖޭގެ ފަޅުތަކުން ލިބޭ އެމުގެ ބާވަތެކެވެ. މި ވައްތަރުގެ އެން ބޮޑުވަނީ ގާތްގަނޑަކަށް 9-15 ސެންޓިމީޓަރަށެވެ. މި ބާވަތުގެ އެން ގިނައިން ދިރިއުޅެނީ ޔޫރަޕާއި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް، އިންޑިޔާކަނޑު އަދި ހުޅަނގު ދެކުނު އެޓްލާންޓިކް ކަނޑުގެ ވަށައިގެންވާ ކަނޑުތަކުގައެވެ. މިއީ އަނގަޔަށް މީރު އަދި އެހާމެ ގިނަ ފައިދާ ލިބޭ ކާނާއެއްގެ ގޮތުގައި ދިވެހިން ގަބޫލުކުރާ ކުޑަކުޑަ މަހެކެވެ. ތިރީގައި މިވަނީ ދުވާލަކު 100 ގުރާމް ރެހި ކާނަމަ ހަށިގަނޑަށް ލިބޭނެ ވިޓަމިންސްއާއި މިނަރަލސްގެ އިންސައްތައެވެ.
ވިޓަމިންސް
ވިޓަމިން ބީ12: %548
ނިއަސިން (ބީ3): %26
ރައިބޯފްލެވިން (ބީ2): %23
ވިޓަމިން ބީ6: %21
ވިޓަމިން ޑީ: %15
ޕެންޓޮތެނިކް އެސިޑް (ބީ5): %15
ކޮލިން: %15
ތިއަމިން (ބީ1): %9
ވިޓަމިން އީ: %5
ފޮލެޓް: %3
ވިޓަމިން އޭ: %2
ވިޓަމިން ސީ: %1
މިނަރަލްސް
ސެލެނިއަމް: %85
ފޮސްފަރަސް: %24
ޒިންކް: %12
މެގްނީޒިއަމް: %10
ޕޮޓޭސިއަމް: %9
ކޮޕަރ: %13
އިސްތިރި: %8
ކެލްސިއަމް: %6
ސޯޑިއަމް: %5
މެންގަނީޒް: %2 ޑީވީ

ރެހިން ލިބޭ ބައެއް ފައިދާ:
އޮމެގާ-3 ހަށިގަނޑަށް ފޯރުކޮށްދޭ:
ހެރިންގް އާއި މުށިމަސް ފަދަ އެހެން ތެޔޮ މަސްތަކާ އެއްގޮތަށް ރެހިންވެސް ގިނަ އަދަދަކަށް އޮމެގާ-3 ލިބެ އެވެ. 100 ގްރާމްގެ ރެހި ކޮންމެދުވަހެއްގެ މީހެއްގެ ކާނާގައި ހިމަނައިފިނަމަ ގާތްގަނޑަކަށް 1.4 ގްރާމް އޮމެގާ-3 ލިބެއެވެ.
އޮމެގާ-3 އަކީ ‘ކޮންމެހެންވެސް ލިބެންޖެހޭ ފެޓީ އެސިޑެކެވެ. އެއީ އަހަރެމެން ކާ ކާނާގެ ތެރެއިން އެ އެސިޑް ހޯދަން ޖެހޭ އެއްޗެކެވެ. އޮމެގާ-3 އަކީ އެންޓި-އިންފްލެމެޓަރީއަށާއި ހިތުގެ ބަލިތަކަށްވެސް ހެޔޮ އަސަރު ފޯރުވުމުގެ ޤާބިލުކަން ލިބިފައިވާ މުހިއްމު އެއްޗެކެވެ.
ވިޓަމިން ޑީ ލިއްބައިދޭ:
ރެއްސަކީ ކާނާގައި ވިޓަމިން ޑީ ލިބޭ ފުދޭވަރަކަށް ފޯރުކޮށްދޭ މަހެކެވެ. ވިޓަމިން ޑީ އަކީ ދިފާޢީ ނިޒާމާއި، ނާރުތަކާއި، ކަށިގަނޑުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ކޮންމެހެން ބޭނުންވާ ވިޓަމިންއެކެވެ.
ވިޓަމިން ބީ 12 ލިއްބައިދޭ:
ވިޓަމިން ބީ12 އަކީ ހަކަތަ އުފެއްދުމާއި ޑީއެންއޭ އާއި ލޭގެ ރަތް ސެލް އުފެއްދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަރަށް މުހިންމު ނިއުޓްރިއެންޓެކެވެ. މީގެ އިތުރުން ވިޓަމިން ބީ12 މަދުވުމުން ލޭމަދުވުން ހުއްޓުވައެވެ. އެހެންކަމުން އެކަށީގެންވާ ވަރަށް ބީ12 ކެއުން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ރާއްޖޭގައި ރެހި ކައިއުޅޭގޮތަކީ ތެލުލައިގެންނެވެ. ނަމަވެސް ގަރުދިޔަ ކައްކާފައި ހިއްކައިގެންވެސް ބޭނުންކުރެއެވެ. މިގޮތަށް ކެއުމުން މާ ބޮޑު ފައިދާއެއް ނުލިބެއެވެ.
ކޮށާފައި ހުންނަ ޓޮމާޓޯއާއި، ތަފާތު ތަރުކާރީއާއި، އެއްކޮށްގެން ރެހި ކެވޭތޯ ބަލާށެވެ. އޭގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބޭނީ އޭރުންނެވެ. އަދި ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ރެހި ހިމެނޭތޯ ބަލާށެވެ.
