ކައްޓަލަ ސުޕް

ކައްޓަލައަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ފަލަމަޑީގެ ބާވަތެކެވެ. ފައިބަރ، ވިޓަމިން އަދި މިނަރަލް ގިނަ ޢަދަދަކަށް ހިމެނޭ ކައްޓަލައަކީ ބަނޑުގެ ބަލިތަކަށާއި ދިފާއީ ނިޒާމު ބަރުގަދަކޮށްދޭ ކާނާއެކެވެ. އޭގެ އިތުރުން ކެންސަރު ޖެހުން ދުރުކޮށްދީ، ސިކުނޑީގެ ދުޅަހެޔޮކަމަށާއި ލޮލުގެ ފެނުން ރަނގަޅުކުރުމަށްވެސް އެހީތެރިވެދޭ ކައްޓަލައަކީ އަގުވެސް ހެޔޮ ފަސޭހައިން ހެއްދޭ ބާވަތެކެވެ.

ބޭނުންވާނެ ތަކެތި

1 ސަމްސާ ޒައިތޫނި ތެޔޮ

1 ފިޔާ ހިމުންކޮށް މުގުރާފައި

1 ކެރެޓް ތޮށިމަށައި، ރަނގަޅަށް ހިމުން ކޮށްފައި

1 އިންޗި އިނގުރު، ހިމުން ކޮށްފައި

1 ލޮނުމެދު ،ހިމުން ކޮށްފައި

1 ސަމްސާ ހިކިމިރުސް މުގުރާފައި

700 ގުރާމްގެ ކައްޓަލަ ހިމުންކޮށް މުގުރާފައި

1 ލީޓަރު ފެނަށް ތަރުކާރީ ސްޓޮކް ގިރުވާފައި

ރަހަލާވަރަށް ލޮނު

ރަހަލާވަރަށް އަސޭމިރުސް

ތައްޔާރު ކުރާނެގޮތް

ތަވާއެއްގައި ތެޔޮކޮޅު ހޫނުކުރާށެވެ. ފިޔާ، އިނގުރު، ލޮނުމެދު ރަތްކުރުމަށްފަހު ކެރެޓް އަޅާ މަޑުވަންދެން ކައްކާށެވެ. މުގުރާފައިވާ މިރުސްކޮޅު އަޅާ 3 މިނިޓެއްހާއިރު ވަންދެން ކައްކާށެވެ. ކައްޓަލައާއި ތަރުކާރީ ސްޓޮކް އަޅާ މަޑުގިނީގައި 15 ވަރަކަށް މިނިޓް ނުވަތަ މަޑުވަންދެން ކައްކާށެވެ. ރަހަ ހެޔޮވަރުކުރުމަށްޓަކައި އަސޭމިރުހާއި ލޮނުއަޅާށެވެ. ތައްޔާރުކޮށްފައިވާ ސުޕް ރާޅުހެން ހީވާނަމަ އިތުރަށް ހިމުންވަންދެން މުގުރާށެވެ. މިކްސަރ ނުވަތަ ބްލެންޑަރ ބޭނުން ކުރެވިދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *