ބޭނުންވާ ތަކެތި:
2 ޖޯޑު ހަނޑޫ
½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
1 ޖޯޑު ކާށި ހުނި
2 ޖޯޑު ހަރު ފަޅޯ (ކޮށާފައި)
4 ޖޯޑު ފެންކިރު
ތައްޔާރުކުރާނެ ގޮތް:
ހަނޑޫ ދޮވުމަށްފަހު ފެންކިރު އަދި ލޮނު ތެއްޔަކަށް އަޅާފައި ކައްކާށެވެ. ބަތްތެލި ހިނދެން ކައިރިވުމުން ފަޅޮލާއި ހުނިކޮޅު ތެއްޔަށް އަޅާ އެއްކޮށްލާށެވެ. ދެން ބަތްތެލި އެއްކޮށް ހިނދެންދެން މަތި ޖަހާފައި މަޑުގިނީގައި ބަހައްޓާށެވެ. ބަތްތެލި ރަނގަޅަށް ހިނދުމުން އުނދުން ނިވާލާ ހާކާލާފައި އިރުކޮޅަކު މަތި ނުޖަހާ ބަހައްޓާށެވެ.
