ބޭނުންވާ ތަކެތި
½ ޖޯޑު ހަކުރު
2 މޭޒުމަތީ ސަމުސާ އެސްޕްރެސޯ ނުވަތަ ބޭނުން ކޮފީ (ކުޑަފެންފޮދެއްގައި ގިރާލާފައި)
1 ދަޅު ގެރިކިރު
1 ތަށި ފުލްކުރީމް
3 ބިސް
½ ސައިސަމުސާ ލޮނު
ތައްޔާރުކުރާނެ ގޮތް
ހަކުރު އަދި ކޮފީ ކުޑަ ތަވައެއްގައި މަޑުގިނީގައި ކައްކާށެވެ. ހަކުރު ވިރެންދެން ރަނގަޅަށް ހާކަމުން ކައްކާށެވެ. ހަކުރުކޮޅު މުށިކުލައަށް އަރަންދެން ކައްކާށެވެ. ދެން ތަބަކަކަށް އަޅާ ހިހޫކުރަން ބަހައްޓާށެވެ.
ތައްޓެއްގައި ގެރިކިރު، ފުލްކުރީމް ކިރު، ބިސް އަދި ލޮނު އެއްކޮށްލާށެވެ. ދެން އެއްކުރިބައި ކުރިންހެދި ކެރަމަލް ކޮޅުތެރެއަށް އަޅާށެވެ. އަވަނަށް ތަވާ ލުމަށްފަހު ތަވައަށް ފުދޭވަރަކަށް ފެން އަޅާފައި ތައްޔާރުކުރި އެއްޗިހި އެޅި ޓްރޭއަށް ލާށެވެ. 25-30 މިނެޓް ނުވަތަ ހަމަ ސެޓް ވާންދެން ފިހެލާށެވެ. އަވަނުން ޓްރޭ ނަގައި 15 މިނެޓް ވަންދެން ފެނުގައި ފިނިވާން ބަހައްޓާށެވެ. ފްރިޖްގައި 4 ގަޑިއިރު ނުވަތަ އެއްރޭ ވަންދެން ސެޓްވާން ބަހައްޓާށެވެ.
