އަހަރެމެން އެންމެ ގިނައިން ކުރާ ސުވާލަކީ، "ކޮންޓްރޯލުން ބޭރުގައި ސިކުނޑީގައި ޚިޔާލުތައް އެނބުރެމުންދާއިރު އެ ޚިޔާލުތައް ސިކުނޑީގައި ހުއްޓުވޭނީ ކިހިނެއް ހެއްޔެވެ؟" އަހަރެމެންގެ ސިކުނޑީގައި ހިނގާ މި އުނދަގޫ މަސައްކަތްތެރެއަށް އަހަރެމެން ދަމައިގަންނަނީ، ގިނަ ފަހަރަށް އިޚްތިޔާރުން ބޭރުގައި ނުހަނު ވަރުގަދަ ގޮތަކަށެވެ. އަހަރެމެންނަށް އެނގުމުގެ ކުރިން އަހަރެމެން ގިނަ އަދަދެއްގެ އުނދަގޫ ފިކުރުތަކާއި އިހުސާސްތަކަކަށް އަހަރެމެން ހުށައެޅިގެން ދެއެވެ. މީގެ ސަބަބުން އަހަރެމެންނަށް ހާސްކަމާއި، ކަންބޮޑުވުމާއި، ފޫހިވުމާއި، ރުޅިވެރިކަން އިހުސާސް ކުރެވެއެވެ.
ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. މިކަމަށް ހަމައެކަނި ބޭނުންވަނީ ރަނގަޅު އިހުސާސެއް ކުރެވި އެއީ އެކަމުން ފައިދާހުރި ކަމަކަށް ވާތީއެވެ. އެއީ އެ އުނދަގޫ އިހުސާސްތައް ނިމުމަކަށް ގެނެސް ނުތަނަވަސްކަމުން ދުރުހެލިވުމަށް މަސައްކަތް ކުރުމެވެ. ތިމާގެ ސިކުނޑީގައި ހިނގާ ނުތަނަވަސްކަމުން އެއްވެސް ފައިދާއެއް ނުވެ، އެ ޚިޔާލުތަކާއި އިޙްސާސްތައް މާބޮޑަށް އުފެދި އަދި އޭގެ ސަބަބުން ނުތަނަވަސްކަމާއި، މާޔޫސްކަމެއް ލިބިގެންދާތީއެވެ.
މިފަދަ ޚިޔާލުތަކާއި އިޙްސާސްތައް ލިބުމުން، އަދި ހާސްކަމާއި ކަންބޮޑުވުން ގެނެސްދޭ މި ޚިޔާލުތަކާއި އިޙްސާސްތަކާމެދު އެމީހުންގެ އަމިއްލަ ނަފްސާއި މެދު އުފެދޭ މާޔޫސްކަމުން ދުރުހެލި ވުމަކީ ކުރަންޖެހޭ ކަމެކެވެ. އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމަށް ހީކުރާ މިފަދަ އެންމެހާ ކަންކަމުން ސަލާމަތްވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަން ޖެހެއެވެ. މިއީ ގަސްތުގައި ކުރާ ފިކުރުތަކާއި އިޙްސާސްތަކެއް ނޫންކަން ދެނެގަނެ އެކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރަންވާނެއެވެ.
ކޮންމެ މީހަކުވެސް އޭނާގެ ސިކުނޑީގައި ހިނގާ މިފަދަ ފަހިނޫން ފިކުރުތަކާއި އިހުސާސްތައް ބަލައިގަންނަން އެނގެން ޖެހެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ނެގެޓިވް އިޙްސާސްތައް ބަލައިގަތުމުގެ ގާބިލުކަމުން ގިނަ ފައިދާތަކެއް ލިބިދާނެއެވެ. ފެންނަ ހުރިހާއެއްޗަކާއި އަދި ދިމާވާ ކަންކަމާއި ކުރިމަތިލާ އުޅެން ދަސްކުރުމަކީ ސިކުނޑިން ވިސްނައިގެން ކުރަން ޖެހޭ ކަމެކެވެ.
އަހަރެމެންގެ ސިކުނޑި ދާއިމީ ގޮތެއްގައި އިޚްތިޔާރުން ބޭރުގައި މާގިނަ ޚިޔާލުތަކަކަށް ދެވެނީ ސިކުނޑީގައި އުފެދޭ ނުތަނަވަސްކަމުން ސަލާމަތްވުމަށްޓަކައެވެ. އެއީ އެވަގުތު ވަރަށް ބޮޑަށް ސިކުނޑި ބޭނުންވަނީ އަހަރެމެން އަނބުރާ އަރާމު ހާލަތަކަށް ގެނައުމަށެވެ.
ތިމާގެ ޚިޔާލުތަކާއި، ޖަޒުބާތުތަކާއި އަދި އިޙްސާސްތައް ޤަބޫލުކުރަން ދަސްކުރުމުގެ ތެރެއިން އަމިއްލަ ނަފްސަށް އޯގާތެރިވާން ޖެހެއެވެ. ތިމާގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި އަދި އަމިއްލަ ނަފުސު ބާރުވެރި ކުރުމަށްޓަކައި ތިމާގެ ސިކުނޑީގައި ހިނގާ ނުބައި ނުވަތަ ނައްސި ޚިޔާލުތަކަށް ދޭ ފުރުޞަތު ކުޑަކުރަން ޖެހެއެވެ.
