މުޑިކާއްޓަކީ ރާއްޖޭއިން ލިބެންހުންނަ މީރު ކާނާއެކެވެ. ކާށީގެ އެތެރޭގައި ނުހަނު ރައްކާތެރިކަމާއިއެކު އުފެދޭ މުޑިކާއްޓަކީ އޭގެ ފައިދާ ވަރަށްބޮޑު އެއްޗެކެވެ. ތިރީގައި މިވަނީ މުޑިކާށީގެ ފައިދާތަކެވެ.
- އަވަސް ހަކަތައެއް ލިއްބައިދޭ އަދި ގިނައަދަދަކަށް ހަކަތަ އިތުރުކޮށްދެއެވެ.
- ނިއުޓްރިއެންޓްސް، ވިޓަމިންސް، އަދި މިނަރަލްސް ފޯރުކޮށްދިނުމުގެ އިތުރުން ހަޖަމުކުރުން ރަނގަޅު ކޮށްދެއެވެ.
- ހަށިގަނޑަށް ބޭނުންވާ ހަކުރުގެ ބައިތައް ރަނގަޅުކޮށްދީ ހަކުރުބައްޔާއި ގުޅުންހުރި އަލާމާތްތައް ރަނގަޅުކޮށްދެއެވެ.
- އިންސިއުލިން މަދުވުމާއި، ހަށިގަނޑުގައި ހުންނަ ކެންސަރުތަކުން ހަށިގަނޑު ރައްކާތެރިކުރުމަށް އެހީތެރިވެދެއެވެ.
- ހިތުގެ ދުޅަހެޔޮކަން ކުޑަކޮށްދީ ރަނގަޅު ކޮލެސްޓްރޯލް (އެޗްޑީއެލް) ރަނގަޅުކޮށްދެއެވެ.
- ތައިރޮއިޑްގެ މަސައްކަތް އަލުން އާލާކޮށް ސަޕޯޓްކޮށްދެއެވެ.
- ކިޑްނީގެ ބަލިތަކާއި ބްލެޑަރ އިންފެކްޝަން އިން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.
- ބަރުދަން ލުއިކުރުމަށް މަގުފަހިކޮށްދެއެވެ.
- އިސްތަށިގަނޑާއި ހަންގަނޑު ދުޅަހެޔޮކޮށް ޒުވާން ގޮތަކަށް ބެހެއްޓުމަށް އެހީތެރިވެދީ، ގައިގާ ރިއްސުން، ހަންގަނޑު ފަޅައިގެން ދިއުން، ހަންގަނޑު ތާޒާކޮށްދެއެވެ.
- ދިފާއީ ނިޒާމުގެ ސިއްހަތަށް އެހީތެރިވެދެއެވެ. އެގޮތުން މިއީ އެންޓި ވައިރަލް، އެންޓި ބެކްޓީރިއަލް، އެންޓި ފަންގަލް، އަދި އެންޓި ޕެރަސައިޓް އެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ.
