ކިޑްނީ ބަލިދެނެގަންނާނީ ކިހިނެއް؟

ކިޑްނީއަކީ ރެއާއި ދުވާލު ހަށިގަނޑުން ވިހަ މާއްދާތަކާއި ކުނި ނައްތާލުމަށް މަސައްކަތްކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގެ ތެރޭގައި ހުންނަ ފެނުގެ މިންވަރު ހިފެހެއްޓުމާއި، ސިއްހަތަށް މުހިންމު އިންޓަރނަލް ހޯމޯސްޓޭސިސް ބެލެންސްކުރުމާއި އަދި  ކުޑަކަމުދާތަކެތި އުފެއްދުން ހިމެނެއެވެ.

ކިޑްނީއަށް ދިމާވާ ހާލަތްތަކުގެ ސަބަބުން ކިޑްނީގެ އެކި ސަރަހައްދުތަކަށް އަސަރުކުރެއެވެ. ގިނަ ހާލަތްތަކުގައި މުޅި ކިޑްނީ އާއި އޭގެ އޮނިގަނޑަށް އަސަރެއް ނުކުރެއެވެ. ކިޑްނީއަށް މައްސަލަ ދިމާވެފައިވާކަން ދެނެގަންނާނެ ގޮތްތައް ތިރީގައި މިވަނީއެވެ.

  1. ކުޑަކަމުދާތަކެތީގެ ވަސް އާދަޔާ ޚިލާފުވުން

ކުޑަކަމުދާތަކެތީގެ ވަސް ކޮންމެ މީހެއްގެވެސް ތަފާތުވެދާނެއެވެ. މިކަމުގެ ބޮޑު ބައެއް ގުޅިފައިވަނީ މީހެއްގެ ކެއުމާއި، ފެންބޭނުންކުރާ މިންވަރާއި،ޖިސްމާނީގޮތުން ހަރަކާތްތެރިވާ މިންވަރާއި، ނުވަތަ އެމީހެއްގެ މާހައުލުގެ ފިނިހޫނުމިނާއެވެ. ގިނަ މީހުންގެ ކުޑަކަމުދާތަކެތީގައި ހުންނަ ޔޫރިއާގެ ކުޑަ މިންވަރެއްގެ ސަބަބުން އެމޯނިޔާވަސް އުފެދެއެވެ. (ޔޫރިއާ އަކީ ކުޑަކަމުދާތަކެތީގެ ޕްރޮސެސްއަށް ކޮންމެހެން ބޭނުންވާ ޖަރާސީމީ މާއްދާއެކެވެ.) ކިޑްނީގެ މައްސަލައެއް ދިމާވެއްޖެނަމަ ކުޑަކަމުދާ ތަކެތިން މަސްވަސް ނުވަތަ ފޮނި ވަހެއް ދުވުމަކީ އާންމު ކަމެކެވެ. ހަކުރުބައްޔާއި، ފުރަމޭގެ ބަލިތަކާއި، އަދި ވަކި ސަޕްލިމެންޓްތަކުން ވެސް ކުޑަކަމުދާތަކެތީގެ ވަހަށް ބަދަލެއް އަތުވެދާނެއެވެ.

  1. ކުޑަކަމުދާތަކެތީގެ ކުލައަށް ބަދަލުއައުން

ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްގެ ކުޑަކަމުދާތަކެތީގައި ފަނޑު ރީނދޫ ކުލައެއް ހުންނާނެ އެވެ. ގިނައިން ފެން ބޯ މީހުންގެ ކުޑަކަމުދާތަކެތި ފަނޑު ކުލައެއް ނުވަތަ ސާފު ވެދާނެއެވެ.  މި ދެ ކަމަކީ ވެސް އާދައިގެ ކަމެކެވެ. ހަށިގަނޑުން ފެންމަދުވުމުން ގަދަ ރީނދޫ ކުލައެއް ހުރެދާނެއެވެ. މިއީ ނުރައްކާތެރި ކަމެއް ނޫން ނަމަވެސް އިތުރު ފެން ބޯން މަސައްކަތް ކުރަންވާނެއެވެ. މުށިކުލައިގެ، ކަޅު، އޮރެންޖް، ފިޔާތޮށިކުލަ ނުވަތަ ރަތްކުލައިގެ ކުޑަކަމުދާތަކެތި އެއީ ބަލީގެ އިޝާރާތެއް ކަމުގައި ބެލިދާނެއެވެ. މިފަދަ ހާލަތުގައި ޑޮކްޓަރަށް ދެއްކުމަށް ބާރުއަޅަން ޖެހެއެވެ.

3. ކުޑަކަމުދާތަކެތިއަށް ފެންނަ ބަދަލުތައް

ކުޑަކަމުދާތަކެތި އެކުލެވިގެންވަނީ ގާތްގަނޑަކަށް 95 ޕަސެންޓް ފެނުންނެވެ. އަނެއް 5 އިންސައްތައަކީ މިނަރަލްސް، މެޓަބޮލައިޒްޑް ޑްރަގްސް، އަދި އެހެނިހެން މާއްދާތައް ހިމެނޭ އެއްޗެކެވެ. ކުޑަކަމުދާތަކެތީގައި ފުސްކަމެއް ނުވަތަ އާދަޔާޚިލާފު ނުސާފުކަމެއް ފެންނަނަމަ ޑޮކްޓަރަށް ދައްކަންޖެހެ އެވެ. ކުޑަކަމުދާތަކެތީގައި މާގިނައިން ޕްރޮޓީން ހުރުމަކީ ވެސް މައްސަލައެކެވެ. ނަމަވެސް އެއީ އަބަދު ފެންނަ ކަމެއް ނޫނެވެ.

  1. ބަނޑުގެ ސަރަހައްދުގައި ރިހުން

ކިޑްނީ ހުންނަނީ އެހެން ގިނަ ގުނަވަންތައް އެކުލެވިގެންވާ ބަނޑުގެ ސަރަހައްދުގައެވެ. ވީމާ ޑޮކްޓަރުގެ އެހީތެރިކަމެއް ނެތި ތަދުވާ އަސްލު މައްސަލަ ފާހަގަކުރުމަކީ ގޮންޖެހުމަކަށް ވެދާނެ އެވެ. ނަމަވެސް ކިޑްނީގައި ރިހުން ހުންނަނީ ދަށްބަނޑާއި ބުރަކަށީގެ ވަށައިގެންނެވެ. ކުޑަކަމުދާއިރު ދިލަނެގުމަކީ ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، އާންމުކޮށް ކިޑްނީގެ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން ނުވަތަ ޔޫޓީއައި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

  1. ކުޑަކަމުދާތަކެތި ގިނަވުން

ކިޑްނީގެ މައްސަލަތަކުގެ ސަބަބުން ކުޑަކަމުދާތަކެތި ބޭރުކުރާ މިންވަރު އިތުރުވުން ނުވަތަ މަދުވުން އުފެދިދާނެ އެވެ. ފެންބޯމިންވަރަށް ބަދަލެއް ނުގެނެސް ކުއްލިއަކަށް ކުޑަކަމުދާތަކެތި ބޭރުކުރާ މިންވަރަށް ބަދަލު އައުމުން ކަންބޮޑުވާންޖެހެއެވެ.

  1. ދުޅަވުމާއި، މޭނުބައިކުރުމާއި، ނޭވާ ކުރުވުން

ޚާއްޞަކޮށް ފައި ދުޅަވުމަކީ ކިޑްނީން އެވްރެޖްކޮށް ކުޑަކަމުދާތަކެތި ބޭރު ނުކުރެވޭތީ ފެންމަތިވެދާނެ ކަމެކެވެ. މި ޙާލަތު މާ ފުޅާކޮށް ސިފަކުރެވެނީ “ފެން ހިފެހެއްޓުން” ގެ ގޮތުގައެވެ. ލޭގެ ޕީއެޗް ލެވެލް ގޯސްވުމުން ނޭވާ ކުރުވުން ކުރިމަތިވެދާނެއެވެ. މިކަމުގެ ސަބަބުން ނޭވާލާ ނިޒާމަށް އިތުރު ބުރައެއް ކުރިމަތިވެއެވެ. ލޭހޮޅިތަކަށް ބައިޕްރޮޑަކްޓްތައް ޖަމާވުމުން މޭނުބައިކުރުން (ފުރިހަމަ އަލާމާތެއް) ކުރިމަތިވެދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *