ސާފުތާހިރު މީހުންގެ ގޭތެރޭގެ ބައެއް އާދަތައް

ސާފުތާހިރު މީހުން ގޭތެރޭގައި ކޮންމެ ކަމަކަށް ޖާގައެއް އޮވެއެވެ. އެމީހުން ތަޅުދަނޑިތައް ބެހެއްޓުމަށާއި، ފައިވާންތައް ބެހެއްޓުމަށާއި ކުޑަޖެހުމަށް ވަކި ޚާއްސަ ތަންތަން ކަނޑައަޅައެވެ.

ނިދާ ކޮޓަރީގެ ރީތިކަމަށްޓަކައި ކޮންމެ ދުވަހަކު ހެނދުނު ބާލީހާއި ބެޑްޝީޓް އަލުން ތަރުތީބުކޮށް ފަތްޖަހައެވެ. ކުދިން ކުޅޭ އެއްޗެހި އަނބުރާ ކުޅޭ އެއްޗެހި ހުންނަ ފޮށްޓަށް އަޅައި ކޮންމެ ދުވަހެއް ނިމުމުން ހެދުން އަޅުވައި، ދޮންނަ އެއްޗެހި އަވަހަށް  ރަނގަޅަށް ފަތްޖަހައެވެ.

ސާފު ގެތަކެއް ހުންނަ މީހުން ތަރުތީބު އިންތިޒާމަކުން ގެ ތަރުތީބު ކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން މިފަދަ މީހުން ސްމާޓް ވިސްނުމުގެ ތެރެއިން ގޭތެރެ ރީތިކޮށް ބެހެއްޓުމުގައި ތަފާތު އޯގަނައިޒައި ނުވަތަ އަލަމާރި ބޭނުން ކުރެ އެވެ. އޯގަނައިޒާއެއްގައި ގަހަނާއާއި މޭކަޕް ސާމާނު ރައްކާކުރެވޭނެ ތަފާތު ސާފު ވަތްގަނޑުތައް އަލަމާރީގެ އެތެރޭގައި ބަހައްޓައެވެ. ގަލަން، ލިޕްސްޓިކް، ބުރުސް، ފަދަ ތަކެތި ތަރުތީބުކޮށްފައި ބަހައްޓައެވެ. ހުރިހާ އެއްޗެއް ތަރުތީބުކޮށް ބެހެއްޓިފައި އޮތުމުން ފަސޭހައިން އެތަކެތި ލިބޭނެގޮތްވުމާއި އެތަކެތި މާ ސާފުކޮށް ފެންނަން ހުންނާނެއެވެ.

ގޭތެރެ ސާފުކުރުމުގައި މީހުންގެ އެހީތެރިކަން ހޯދާނެއެވެ. އެހެންމީހުންނަށްވެސް ސާފުކުރުމުގެ މަސައްކަތްތައް ހަވާލުކުރަންވާނެ ކަމަށް ގަބޫލުކުރާނެއެވެ. އެހެންކަމުން ސާފުކުރުމަކީ ވެސް ގްރޫޕް މަސައްކަތަކަށް ވާންޖެހޭ ކަމަށް އެމީހުން ގަބޫލުކުރާނެއެވެ. މިއީ ކުޑަކުދިންގެ ތެރެއިން އެކުދިން ޒިންމާދާރު ބޮޑެތި މީހުން ބިނާކުރުމުގެ އިތުރުން ގޭ ސާފުކޮށް ބެހެއްޓުމަށް ފަސޭހަކޮށްދޭ ކަމެކެވެ.

ކުޑަކުދިން އެކުދިންގެ ގޭތެރެ ސާފުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ޝައުގުވެރިކަން އަށަގެންނެވުމުގެ އާދަ ހަރުލެއްވުމަށް އެކަން ކުރެވޭނެ ގޮތްތަކެއް އެބަހުއްޓެވެ. ކަމުދާ މިއުޒިކެއް އަޑުއަހައިގެން ސާފުކުރުމަކީ އުފާވެރި ކަމެއް ކަމުގައި ހެދިދާނެއެވެ. މިފަދަ ފަސޭހަގޮތްތައް އެމީހުންގެ ގޭތެރެއިން ފެންނާނެއެވެ.

ހަޑި ތަށިތަކުން ފުރިފައިވާ ސިންކެއް ހެނދުނުހޭލާގޮތަށް ފެންނަނަމަ ތިބާ ޢަމަލީ ގޮތުން ނާކާމިޔާބީއަށް މަގުފައި ކުރެއެވެ. މީގެ އިތުރުން އެއީ ބިޒީ ހެނދުނެއްގައި މުހިންމު ފަސް މިނެޓާއި ދިހަ މިނެޓާ ދެމެދުގެ މުއްދަތަކަށް ތިމާގެ މަސައްކަތް ލަސްކޮށްލާކަމެކެވެ. އަދި އެއަށްވުރެ ގޯސްކޮށް، އެ ހުރިހާ ކާނާއަކާއި ގްރީސްއެއް ކޭކްކޮށްފައި އެތަކެތި ސާފުކޮށްލަން އިތުރަށް ވަގުތު ނަގާނެއެވެ. ވީމާ ސާފުތާހިރު މީހުން ނިދުމުގެ ކުރިން ތަށިތަކާއި ތެލިތައް ދޮވެލާނެއެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *