ބޭނުންވާތަކެތި
2 ޖޯޑު މުގު ( ރީނދޫމުގު)
2 ފިޔާ ( ކޮށާފައި)
1 މޭޒުމަތީ ސަމުސާ އިނގުރު ( ގާނާފައި)
4 ލޮނުމެދު ( ގާނާފައި)
1 ގިތެޔޮމިރުސް ( ކޮށާފައި)
1 ޖޯޑު ކާށިކިރު
ރާނބާފަތްކޮޅެއް
ހިކަނދިފަތްކޮޅެއް
1 ޖޯޑު ވަޅޯމަސް ( ކޮށާފައި)
2 ހުތް އަނބު ކޮށާފައި ނުވަތަ 1 ލުނބޯގެހުތް
1 އިންޗި ފޮނިތޮށި ( ބުރިބުރިކޮށްފައި)
5 ކާފޫރުތޮޅި ( ދެކޮޅުބުރިކޮށްފައ)
ރީނދޫކޮޅެއް ( ކުލަހިފާވަރަށް)
ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
މުގުތައް ރަނގަޅަށް ސާފުވާނެހެން ފެނުން ދޮވެލާށެވެ. ދެން މުގުމަތިން 2-3 އިންޗިއަށް ފެން ހުންނަވަރަށް ފެން އަޅާފައި ކައްކާ މަޑުކުރާށެވެ. ކައްކާއިރު މުގުން އަރާފޮނު ނަގަންވާނެއެވެ. މުގު މަޑުވުމުން ކިރުފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާފައި ރަހަ ނިކުންނަ ވަރަށް ކައްކާށެވެ. އެއަށްފަހު ކިރުކޮޅު އަޅާފައި ކުޑަކޮށް ކައްކާލާފައި އުނދުންމަތިން ބާލާށެވެ.
ލުނބޯހުތް ނުވަތަ އަނބު އަޅާނަމައަޅާނީ އުނދުންމަތިން ބާލަން ވީމައެެވެ.
