ކާމިޔާބު ވިޔަފާރިއަކަށްވުމަށްޓަކައި މިކަންކަން ކުރެވިދާނެ

ގިނަ ވިޔަފާރިވެރިންނަކީ މައްސަލަތައް ދެނެގަތުމަށް މޮޅު ބައެއް ނަމަވެސް، އެމީހުންގެ މައްސަލަތައް ހައްލުކުރުމަށް އުނދަގޫވެއެވެ. މީގެ ސަބަބުން ބައެއްފަހަރު މުޅި ވިޔަފާރި ބަނގުރޫޓުވާ ފަހަރުވެސް އާދެއެވެ. މައްސަލަތައް ފާހަގަވީކަމުގައިވިޔަސް އެ ހުނަރަށް ހައްލު ހޯދޭނެގޮތް އެނގެނީ ވަރަށް މަދު ވިޔަފާރިވެރިންނެވެ. ވިޔަފާރީގައި ދިމާވާ މައްސަލަތަކަށް ވިސްނުމުގެ ބަދަލުގައި އެކަންކަން ހައްލުކޮށް ރައްކާތެރިވެ ކުރިމަތިވާ ނުރައްކާތަކާއި މައްސަލަތަކާއި ހުރަސްތަކަށް މެދުނުކެނޑި ފާރަވެރިވާންޖެހެއެވެ.

ގިނަ ފަހަރަށް އަޅުގަނޑުމެންނަށް މައްސަލައެއް ދިމާވާއިރު، އަޅުގަނޑުމެން އެކަމާ މާ ގާތުގައި ތިބެގެން، އެއީ ހަގީގަތުގައި ކޮން ކަމެއްކަން ހޯދާ ބޯހާސްކުރުވައެވެ. އެއްވެސް ކަމެއް ހައްލު ކުރަން މަސައްކަތް ކުރުމުގެ ކުރިން އެ ހުރަހަކީ އެއީ ކޮން އެއްޗެއްކަން ވަޒަން ކުރުމަށް ވަގުތާއި ޖާގަ ދެއްވާށެވެ. މިކަން ކުރާނީ ދިމާވާ ހުރަސްތަކަށް ވަކިވަކިން ވިސްނާ ޖަޒުބާތުގައި ޖެހުމަށް ފުރުސަތު ނުދީއެވެ. މިއީ ބައެއް މީހުންނަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ހައްލެއް އުފެއްދުމަށް ވިސްނުމުގެ ކުރީން ހަގީގީ މައްސަލައަކީ ކޮބައިކަން ސާފުކޮށް ޔަގީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.  ގިނަ ވިޔަފާރިވެރިން އެމީހުންގެ މައްސަލަތަކާ ކުރިމަތިލާނީ ޖަޒުބާތާއި ޒާތީ ކަންކަމުގެ އަސަރުތަކާއި އެކުގައެވެ. ވީމާ ބައެއްފަހަރު އެމީހުން ފްރީޒްވެ އެއްގޮތަކަށްވެސް ކަމެއް ނުކޮށް ނުވަތަ ފުލް ސްޕީޑްގައި ކުރިއަށް ދުއްވައިގަތުމަށް ދަތިވެއެވެ. އެހެންކަމުން އެމީހުން ނާކާމިޔާބު ހައްލުތަކާއި އެއްގޮތް ނުވާ ޚިޔާލުތަކަކާއެކު އެންމެފަހުން ނާކާމިޔާބީއަށް ދީލާލައެވެ.

ވިޔަފާރީގައި މައްސަލައެއް ދިމާވުމުން އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ. މިތަނުގައި އަސްލު މައްސަލައަކީ ކޮބައިތޯއެވެ؟ މައްސަލައިގެ އަސްލު ސީރިއަސްކަމަކީ ކޮބައިތޯއެވެ؟ މިއީ މިވަގުތު ހަގީގަތުގައި ހައްލުކުރެވޭނެ ކަމެއްތޯއެވެ. ނުވަތަ މިކަން ވަޒަންކޮށް ހައްލުތައް ހޯދުމަށް އިތުރު ވަގުތާއި ޖާގައެއް ކަނޑައަޅަން ޖެހޭތޯއެވެ.

  1. މައްސަލަތަކުގެ ސަބަބުން ކުރިއަށް ނުދެވޭނަމަ އާގޮތަކަށް ވިސްނުން ބަދަލުކުރާށެވެ.

މިއީ ކިތަންމެ ސާދާ ނުވަތަ ފަސޭހަ ކަމެއްހެން ހީވިޔަސް ހަގީގަތުގައި މިއީ އެހާ ސާދާ ކަމެއް ނޫނެވެ. އާދައިގެމަތީން ކަންކަން ހިނގުމަށް ގަބޫލުކުރެވޭ މުޖުތަމަޢެއްގައި ތަފާތުކޮށް ކަމެއް ކުރަން ފެށުމަކީ އުނދަގޫކަމެކެވެ. ވީމާ މޮޅު އެއްޗެއް އުފެއްދުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅަކީ އެކަން ތަފާތު ގޮތަކަށް ދެކި އެ ވިސްނުން އިޚްތިޔާރު ކުރުމެވެ. މައްސަލައެއްގައި ވިސްނާ، މައްސަލައެއް އޮތް ކަމުގެ ހަގީގަތަށް ހުރިހާ ހަކަތައެއް ފޯކަސް ކުރުމުގެ ބަދަލުގައި، އާ ދިމާއަކުން ބަލާލުމަށް އަމިއްލައަށް ގޮންޖެހުންތަކާއި ކުރިމަތިލާ މަސައްކަތް ފަށާށެވެ.

ކުރިމަތިވާ ހުރަސްތައް އެއީ ފުރުސަތަކަށް ބަދަލުކުރުން އެއީ އެންމެ ފައިދާހުރިގޮތެވެ. އެކަން ފެށެނީ އެ ހުރަސްތައް ދެކޭ ގޮތާ މެދު ވިސްނާގޮތް ބަދަލުކުރުމުންނެވެ. އަދި ނައްސި ޚިޔާލުތަކަށް އަމިއްލައަށް ފުރުސަތުދިނުމުންނެވެ. އަބަދުވެސް މައްސަލަތަކަށް ފޯކަސް ކޮށްފިނަމަ ސިކުނޑިއަށް ވިސްނޭނީ އަބަދުވެސް މައްސަލަތަކާއި މެދުގައެވެ. ވީމާ ހައްލުގެ ތަޅުދަނޑިއަކީ ސިކުނޑިއަށް ހެޔޮގޮތުގައި ވިސްނައި ހައްލު ހޯދުމަށް ސިކުނޑި ތަމްރީނު ކުރުމެވެ.

  1. އަބަދުވެސް އަޅުގަނޑުމެން ގެންގުޅޭ ބަސްކޮށާރުން "ނާކާމިޔާބުވުން" ނައްތާލާށެވެ.

ނާކާމިޔާބީއަކީވެސް ކުރިމަތިވާނެ ކަމެއް ކަމަށް ގަބޫލު ނުކުރާނަމަ ކުރާނީ ކީއްހެއްޔެވެ؟ އަޅުގަނޑުމެން އެންމެ ގަޔާވާ އެއް ޤަބޫލުކުރުންކަމުގައި ނާކާމިޔާބަކީ ފިލާވަޅެއްކަމަށް ވިސްނާށެވެ. އޭރުން މައްސަލަތަކާމެދު ދެކޭ ތަޞައްވުރު ވަގުތުން ބަދަލުވެގެންދާނެއެވެ. ހަގީގަތުގައި ނާކާމިޔާބީއެއް ނެތެވެ. ކޮންމެ މަސައްކަތެއް ކުރާ ވަގުތެއްގައި ވެސް ފިލާވަޅުތަކެއް ލިބެން ހުރި ފިލާވަޅެއް ލިބޭނެކަން ވިސްނާށެވެ.

ނާކާމިޔާބުވުމަކީ ހަގީގަތުގައި ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިސްނައިގެން ދިރިއުޅުމުގެ ތެރެއިން ކުރިއަށް ދާއިރު، ކުއްލިއަކަށް ތިބާގެ މައްސަލަތައް ދިމާވެ ދެންކުރިއަށް ދިއުމަކީ މުސްތަޙީލު ކަމެއްކަމަށް ނުދެކޭށެވެ.  "ނާކާމިޔާބު" ވުމުގެ ބަދަލުގައި، މިއީ ދިރިއުޅުން ބަދަލުކޮށްދޭ ފިލާވަޅުތަކެއްކަން ވިސްނާ އަދިވެސް ކަންކަން ދަސްކުރަމުންދާކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދޭށެވެ. އުނދަގޫކަމާއިއެކުގައިވެސް މަޑުމަޑުން ކުރިއަށް ދެވޭނެ އެވެ.

  1. ކުރެވޭނެ ކަންތައްތަކަށް ފޯކަސް ކުރާށެވެ.

ފުރަތަމަ ފިޔަވަހީގައި އެންމެބޮޑަށް ގަބޫލުކުރަން ޖެހެނީ ސިކުނޑި ވަކިގޮތަކަށް ވިސްނުމަށް ތަމްރީންކުރުމަށެވެ. މިއީ ސިކުނޑިއަށް ކެތްތެރިކަމާއި ހައްލު ހޯދުމަށް ތަމްރީނު ކުރުމަށް އަޅާ އަސާސީ ފިޔަވަޅެވެ. ދުނިޔޭގައި އެންމެ ކާމިޔާބު ވިޔަފާރިވެރިންނަށް މައްސަލައެއް ދިމާވުމުން އެކަން އަވަހަށް ހައްލުކުރުމުގެ ގާބިލްކަން ލިބިފައިވުމަކީ އެކަންކުރުމަށް އެމީހުން ބޭނުންވި ކަންކަމެއް ނޫނެވެ. ނަމަވެސް އެމީހުން ވިސްނުންތެރިކަމާއި ކެތްތެރިކަމުގައިވެސް ވަގުތުހޭދަކުރީއެވެ.

ތިމާގެ ކޮންޓްރޯލުން ބޭރުގައިވާ ކަންކަމަށް ސިކުނޑި ފޯކަސް ކުރުމަށް ދޫކޮށްލުމުގެ ބަދަލުގައި ފުރަތަމަ ތިމާގެ ކޮންޓްރޯލްގެ ތެރޭގައި ހުރި ހުރިހާ ކަމެއް ކުރެވޭތޯ ބަލާށެވެ. މިވަގުތު ކޮންޓްރޯލް ކުރެވޭނެ ހުރިހާ އެއްޗެއްގެ ލިސްޓެއް ހަދާށެވެ. އަޅުގަނޑުމެން ވިސްނިވަރަކަށް ލިބެންހުރި ފުރުސަތުތައް ފެންނަން ފަށާނެއެވެ. އަދި އެ ހުރަސްތަކުން އަރައިގަތުމުގެ ގާބިލްކަން ހުރިކަން ޔަގީންކަންވެސް އިހުސާސް ކުރެވޭނެއެވެ.

  1. ތިމާގެ ބާރު އަނބުރާ ނަގާށެވެ

އަޅުގަނޑުމެންގެ ހަޔާތުގައި މައްސަލައެއްގެ ޖަވާބަކަށް ޚުދް އަޅުގަނޑު ވީ ދުވަސްވަރަކަށް ވިސްނާލާށެވެ. ހަގީގަތަކީ، އަޅުގަނޑުމެން ގިނަ ފަހަރަށް އެއްވެސް ފިކުރަކާއި ނުލާ ކޮންމެ ވަގުތެއްގައިވެސް އާ ވިޔަފާރި ފެށުމަށް މަސައްކަތްކުރުމުގެ ޚިޔާލު ގެންގުޅެވެއެވެ. ނުވަތަ އެހެން ފެންވަރަކަށް ވިޔަފާރި ކުރިއެރުމަށް ވިސްނެއެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ބާރެއް އަޅުގަނޑުމެން ހިފަހައްޓާފައި އޮތްކަން ހަނދާން ނައްތާލެވެއެވެ. ވީމާ އަމިއްލަފައިމައްޗަށް ތެދުވުމަށްޓަކައި ބާރުވެރިވާންޖެހޭނެކަން އެނގިހުރެ، ތިމާއަކީ ކިހާ ޤާބިލުކަމެއްކަން ހަނދާންކޮށް، ތިމާއަށް ކުރިމަތިވާ ހުރަސްތަކުން އަރައިގަނެ، އެއިން ގަބޫލުކުރެވޭފަދަ ކަމެއް އުފެއްދުމަށް ދެން އަޅަންޖެހޭ ފިޔަވަޅު އަޅާށެވެ.

ހަގީގަތަކީ ވިޔަފާރިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާން އެދޭނަމަ މައްސަލަތަކާ ކުރިމަތިލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ކާމިޔާބީއަށް ވާސިލްވުމަކީ ތިމާގެ މައްސަލަތައް ކުރިމަތިނުވާނެކަމަށް ބެލުން ނޫން ކަމަށާއި، އެ މައްސަލަތަކާ އާ ނަޒަރަކުން ގާތްވުމެވެ. އަޅުގަނޑުމެން އެންމެންނަށްވެސް ކޮންމެކަމެއްގައިވެސް ކޮންމެވެސް ކަހަލަ ހުރަސްތަކެއް އެބަހުއްޓެވެ. އެ އަގުކުރާނީ ތިމާގެ ކަންކަމާ ތިމާ ކުރާ ކަންތައްތަކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *