ކުރަކި އިސްތަށިގަނޑަށް އެންމެ ރަނގަޅު ތެޔޮ

އެންމެންވެސް ބޭނުން ވާނީ އޮފުކަން ގަދަ ރީތި އިސްތަށިގަނޑެކެވެ. އެހެނަސް އިސްތަށިގަނޑު ކުރަކިވުމަކީ ވަރަށް އާއްމު ކަމެކެވެ. އަދި ކުރަކި އިސްތަށިގަނޑަށް ފަރުވާ ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ދިގު މުއްދަތަކަށް އިސްތަށިގަނޑަށް ފަރުވާ ދިނުމުގެ ރޫޓިންއެއް އަދި އެތައް ކަމެއް ބޭނުންވާނެއެވެ. މާބޮޑަށް ކުރަކިވެފައިވާ އިސްތަށިގަނޑަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއަކީ ހޫނު ތެލުގެ މަސާޖެއް ދިނުމެވެ.  އިސްތަށިގަނޑު ދެފަޅިވުމާއި، މާ ބޮޑަށް ކުރަކިވުމާއި އަދި އިސްތަށިގަނޑުގެ ކޮޅުތައް ފަޅައިގެން ދިއުމުން ދެވިދާނެ ތެލުގެ ފަރުވާތައް މިވަނީއެވެ.

ފިޔާ ތެޔޮ

ފިޔާ އަކީ އިސްތަށިގަނޑާއި ބޮލުގެ އިސްތަށިގަނޑަށް ކިހާ އަޖައިބު ކުރުވަނިވި އެއްޗެއްކަން ތިބާއަށް އަޑުއިވިފައި ނުވެދާނެއެވެ. އިސްތަށިގަނޑަށް ފިޔާ ތެޔޮ ބޭނުންކުރުމަކީ އިސްތަށިގަނޑަށް ފަރުވާ ދިނުމަށް އެންމެ ރަނގަޅު އެއް ހޮވުމެވެ. އެއީ ގުދުރަތީ ކޮންޑިޝަނަރެއްގެ ގޮތުގައި މަސައްކަތްކުރާ ހަގީގަތުގައި ވެސް އިސްތަށިގަނޑު ރަނގަޅުކޮށްދޭ އެއްޗެކެވެ. ފިޔާ ތެލުގައި ހިމެނޭ ނިއުޓްރިއެންޓްސް އިން އިސްތަށިގަނޑު ދެކަފިވުމާއި، އިސްތަށިފޭބުން ހުއްޓުވާ އަދި ފުދޭވަރަށް ގިނައިން އިސްތަށިގަނޑަށް ކާނާ ލިއްބައިދެއެވެ.  އަދި ފިޔާ ތެލަކީ ބޮލުގެ އިސްތަށިގަނޑުގެ ޕީއެޗް ލެވެލް ވެސް ދަމަހައްޓައިދޭ ތެލެކެވެ.  މިކަމުގެ ސަބަބުން އިސްތަށިގަނޑު ރަނގަޅުވެ ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވެއެވެ.

ބޭނުންކުރާނެ ގޮތް

އަތްތިލައަށް ފިޔާ ތެޔޮ ދެތިން ތިކި އަޅާފައި އެއްކޮށް އުނގުޅައިގެން ހޫނުކޮށްލާށެވެ. 15 އާއި 20 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ބޮލުގެ އިސްތަށިގަނޑަށް މަސާޖު ކުރާށެވެ. ގާތްގަނޑަކަށް 3 ގަޑިއިރާއި 5 ގަޑިއިރާއި ދެމެދުގެ ވަގުތުކޮޅަކަށް ބޮލުގެ އިސްތަށިގަނޑުގައި ހާކާފައި ބަހައްޓާށެވެ. ދެން ތާފަނާ ފެނާއި ރަނގަޅު ޝޭމްޕޫއަކުން އިސްތަށިގަނޑު ދޮވެލާށެވެ.

ކާށިތެޔޮ

ކާށިތެލުގައި އިސްތަށިގަނޑަށް އިންތިހާއަށް ފައިދާހުރި ނިއުޓްރިއެންޓްސް ގިނައެވެ. ހިކިފައިވާ އިސްތަށިގަނޑަށް ކާށިތެލަކީ އިސްތަށިގަނޑު އޮމާންކޮށް، މަޑުކޮށް، ކޮންޑިޝަން ކުރުމަށް ޒަމާނުއްސުރެ ބޭނުންކޮށްފައިވާ ހައްލެކެވެ.  މިއީ އިސްތަށިގަނޑު ދެކަފިވުމުން ރައްކާތެރިކޮށްދޭ އަދި އިސްތަށި ގިނަވުމާއި، އިސްތަށި ފޭބުންވެސް ހުއްޓުވުމަށް އެހީތެރިވެދޭ ތެލެކެވެ. މީގެ އިތުރުން ބޮލުގެ އިސްތަށިގަނޑުގައި ބެކްޓީރިއާ އާއި އިންފެކްޝަންތައް އުފެދުންވެސް ކާށިތެލުން ރައްކާތެރި ކޮށްދެއެވެ.

ބޭނުންކުރާނެ ގޮތް

އިސްތަށިގަނޑު ޝޭމްޕޫ ކުރުމުގެ ކުރިން، ޕްރީ ވޮޝް ކޮންޑިޝަނަރެއްގެ ގޮތުގައި ކާށިތެޔޮ ބޭނުން ކުރާށެވެ. އިސްތަށިގަނޑު ދޮވުމުގެ ކުރިން ގާތްގަނޑަކަށް 10 އާއި 30 މިނެޓް ވަންދެން ކާށިތެޔޮ އުނގުޅާށެވެ. މިއީ އިސްތަށިގަނޑުގެ ފަށަލަތައް މޮއިސްޗަރައިޒްކޮށް ކާނާ ދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އޭރުން އިސްތަށިގަނޑު ފަޅައިގެން ދިއުން ނުވަތަ ކުރަކި ވުމުން ރައްކާތެރި ކޮށްދޭނެއެވެ.

ޖޯޖޯބާ އޮއިލް

ޖޯޖޯބާ ތެލަކީ އިންތިހާއަށް ފައިދާހުރި އަދި އިސްތަށިގަނޑު ރަނގަޅުކޮށްދޭ ތެލެކެވެ. އެއީ ބޮލުގެ ހަންފޮޅުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ހިކި އިސްތަށިގަނޑަށް ޖޮޖޯބާ ތެލުން ފަރުވާ ކުރާއިރު، އިސްތަށިފޭބުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދީ، އިސްތަށިގަނޑަށް ލިބޭ ގެއްލުންތަކަށް ފަރުވާ ދެއެވެ. މީގެ އިތުރުން މިއީ ބޮލުގައި އުފެދޭ އިންފެކްޝަންތަކުން ރައްކާތެރިކޮށްދީ، ދުޅަހެޔޮ އިސްތަށިގަނޑެއް ހުރުމަށް ބާރުއަޅާ ތެލެކެވެ.

ބޭނުންކުރާނެ ގޮތް

ބޮލުގެ އިސްތަށިގަނޑުގައި ޖޮޖޯބާ ތެޔޮ އުނގުޅާށެވެ. ދެން ތެޔޮ ހިމެނޭގޮތުން މަޑުމަޑުން މަސާޖުކުރާށެވެ. އޭގެފަހުން 20 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ޝޭމްޕޫއަކުން ދޮވެލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *