މުސްކުޅިވުމަކީ ގުދުރަތީ ނިޒާމުގެ ހަގީގަތެކެވެ. އަދި އެއީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެ ކަމެކެވެ. ސިއްހަތާ މެދު ކަންބޮޑުވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ މީހުން ލަސްލަހުން މުސްކުޅިވާއިރު، މިކަންކަމަށް ސަމާލުކަން ނުދޭ މީހުން، އަވަހަށް މުސްކުޅިވާން ފަށައެވެ. މަޝްހޫރު ލައިފްސްޓައިލް ކޯޗެއް ކަމަށްވާ ލޫކް ކުޓީނިއޯ ވަނީ މުސްކުޅިވުމާއި އަދި އެކަން މަޑުޖައްސާލާނެ ގޮތާ ބެހޭ ގޮތުން އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައިންސްވެރިން މުސްކުޅިވުމުގެ ޕްރޮސެސް ދިރާސާ ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެމީހުންނަށް ހޯދުނު އެއްޗަކީ އެއީ ޖެނެޓިކް އަދި ނޮން ޖެނެޓިކް ކަންތައްތަކުގެ މައްޗަށް (ޖީންތަކަށް އަސަރުކުރާ ކަންތައްތަކެއް) ބަރޯސާވާ ކަމެއް ކަމެވެ. "ނޮން ޖެނެޓިކް ފެކްޓަރސް މެޖޯރިޓީ" މާނައަކީ ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ތިމާގެ ވަށައިގެންވާ މާހައުލަށް ކުރާ އަސަރު. މާނައަކީ އެއީ އަހަރެމެންގެ ޖީންތައް އަވަހަށް މުސްކުޅިވުމުގެ ޒިންމާ އުފުލުން ހުއްޓާލަންވީ ވަގުތު. އަހަރެމެން އެންމެންގެ ވެސް ރަނގަޅު ނުރަނގަޅު ޖީންތަކެއް ހުރޭ، އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި މާހައުލުން ރަނގަޅަށްވެސް ނުވަތަ ރަނގަޅު ނޫން ގޮތްގޮތަށްވެސް އަސަރު އޭނާ ވިދާޅުވި އެވެ.
މުސްކުޅިވުން ފެށެނީ އަހަރެމެން އުފަންވާ ހިސާބުންނެވެ. އެއީ ކޮންމެ އިންސާކަށްވެސް ކުރިމަތިވާނެ ކަމެއް ކަމަށާއި، އެކަމުގެ މައްޗަށް އެއްވެސް އިންސާނަކަށް ކޮންޓްރޯލެއް ނެތެވެ. އެކަމަކު މުސްކުޅިވުމުގެ ސްޕީޑާއި އަހަރެމެން މުސްކުޅިވާ ގޮތުގެ މައްޗަށް އަހަރެމެންގެ ކޮންމެވެސް ކޮންޓްރޯލެއް ގެނެވިދާނެއެވެ.
އުމުރުން 70 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލްތަކަށް ވަދެ ނުކުމެ، ހަރަކާތްތެރިކަމެއް ނެތި، ހިތްހަމަ ނުޖެހި އަދި ބޭސް ކޮތަޅެއް ހިފައިގެން ހުރެދާނެއެވެ. ނުވަތަ ހަމަ އެ އުމުރުގެ މީހަކު ފިޓް، އުފާވެރި، އަދި ހަގީގަތުގައި ކާމިޔަބު ދިރިއުޅުމެއް ހާސިލްކޮށްފައިވާ މީހަކުވެސް ހުރެދާނެއެވެ. ވީމާ ދިރިއުޅުމުގެ އާދަތައް ރަނގަޅުކުރުމުން އުމުރުން ދުވަސްވުން ކޮންޓުރޯލު ކުރެވިދާނެއެވެ. އެގޮތުން:
- ކަސްރަތުކުރުން
- ރަނގަޅުކާނާ ކެއުން
- އުފާވެރި މާހައުލެއްގައި ދިރިއުޅުން
- ކަންބޮޑުވުމާއި ހާސްކަމުން ދުރުހެލިވުން
- ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
- އުފާވެރި ދަތުރުތަކުގައި ބައިވެރިވުން
- ހެޔޮލަފާ ރައްޓެހިން ހިޔާރުކުރުން
- ދީނީ ކަންކަމަށް ފަރުވާބެހެއްޓުން، ހިމެނެއެވެ.
