ބޭނުންވާ ތަކެތި
1 ކުކުޅު
100 ގްރާމް ދަޅު ގްރީން ބީންސް
2 ކެރޮޓް
1/2 ކެބެޖް
1 ނޫޑުލްސް ސޫޕް ޕެކެޓް
ކުޑަ ރީނދޫ ކޮޅެއް
ގިތެޔޮ މިރުސް (ކުޅި ރަހަ ލާ ވަރަށް)
3 މޭޒުމަތީ ސަމްސާ ޕްލޭން ޔޯގަޓް
2 މޭޒުމަތީ ސަމްސާ ކުކުޅު ހަވާދު
3 މޭޒުމަތީ ސަމްސާ މުގުރި ހިކި މިރުސް
ކައްކާފައި ހުރި ބަތް
ކުކުޅު ކޮޅު ތައްޔާރު ކޮށްލާނެ ގޮތް
ކޮށާފަ ހުރި ކުކުޅު ކޮޅުގެ ތެރެއަށް ލޮނު، ޕްލޭން ޔޯގަޓް، ކުކުޅު ހަވާދު، މުގުރި މިރުސް ކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު 30 މިނެޓް ވަންދެން ބަހައްޓާލާށެވެ.
ބަތް ގަނޑު ތައްޔާރު ކޮށްލާނެ ގޮތް
ފުރަތަމަ ތެއްޔަކަށް ކުޑަ ތެޔޮ ފޮދެއް އަޅާފާއި ހޫނު ކޮށްލާށެވެ. ދެން ކުރިން ތައްޔާރު ކުރި ކުކުޅު ކޮޅު އަޅާލާ ރަނގަޅަށް ރޯ ފިލުވާލާށެވެ. ކުކުޅު ކޮޅު ރޯ ފިލުމުން ކުކުޅު ކޮޅު ތެރެޔަށް ކޮށާފައި ހުރި ތަރުކާރި ކޮޅު އަޅާލާ ރަނގަޅަށް ވަޅޯ ވަންދެން މަޑުގިނީގައި ކައްކާށެވެ ދެން އެއަށް ފަހު ނޫޑުލްސް ސޫޕް ޕެކެޓް، ރީނދޫ ކޮޅު، އަޅާލާ، ރަނގަޅަށް ހާކާލުމަށްފަހު ކުޑަ އިރުކޮޅަކު މަތި ޖަހާލާފައި މަޑުގިނީގައި ބަހައްޓާށެވެ. ދެން ކައްކާފައި ހުރި ބަތް ކޮޅު އަޅާ ރަނގަޅަށް ހާކާލާށެވެ.
