ފުރަތަމަ ހަފްތާ ތެރޭގައި އިންޑިޔާ ސިފައިން ފައިބަންޖެހޭނެ. – ޑރ. މުޢިއްޒު

މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭ ފައިބަންޖެހޭނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭނުގައި ވަރަށް ބާރަށް އިންޑިޔާ މިލިޓަރީ އައުޓް ހަރަކާތަށް ފޯކަސްކޮށްގެން މަސައްކަތްކުރައްވާފައިވާތީ އެކަމާ ގުޅޭގޮތުން ޖަޒީރާ ނޫހުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިއްމު ކަމެއް ދެއްވާ އަސާސްކަމުގައެވެ. އިންޑިޔާ ނޫނަސް އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެދެވިގެން ވާނެކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އިންޑިޔާ ސިފައިން ރާއްޖޭން ބޭރުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވަމުން އިތުރަށް ވިދާޅުވީ މިހާރުވެސް އެމަސައްކަތް ކުރައްވާކަމަށާއި އެމަނިކުފާނުވާނީ އިންޑިޔާ އެމްބެސަޑަރާއި ބައްދަލުކުރައްވާ މި މައްސަލަ ހުށައަޅުއްވާފައިކަމަށެވެ. ވީމާ ދެޤައުމު ގުޅިގެން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރެއްވޭނެކަމަށް ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރި ނަމަވެސް، އިންޑިއާ އެކު ޒަމާންވީ ގާތް ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމާއި އެ ގުޅުން އެގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން ދޭ އެހީތެރިކަން ބަލައިގަންނާނެ ކަމަށާއި ރާއްޖޭގައި އިތުރަށް އިންވެސްޓްކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ވެސް ޝައުގުވެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ

މިއީ ޑރ. މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވުނުފަހުން ބައިނަލްއަގުވާމީ މީޑިޔާއަށް ދެއްވި ފުރަތަމަ އިންޓަވިއުއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *