ޗެލްސީ ސަޕޯޓަރުން ރޯމަން އަބްރޮމަވިޗް ދެކެ ވާ ލޯބި!

(ރިޕޯޓް ): މާރޗް 8 ، 2022 ) ދުނިޔޭގެ ކުޅިވަރު މީޑިއާ ތަކުން ވަރަށް ގާތުން ބަލަމުންދާ އެއް ޚަބަރަކީ ޗެލްސީ ވިއްކާލަން ޖަހާފައިވާ ޚަބަރެވެ. ތިން ބިލިއަން ޕައުންޑަށް ވިއްކަން ޗެލްސީ ވެރިޔާ ނިންމުމުން ދުނިޔޭގެ އެކި މުއްސަދިން ދަނީ ލަންޑަން ގެ އެންމެ ކާމިޔާބު ފުޓުބޯޅަ ޓީމު ގަތުމަށް ހުޅައަޅަމުންނެވެ. މި ޚަބަރާއި އެކު ޗެލްސީ ސަޕޯޓަރުން މިހާރު ވަނީ ފުން ހިތާމައެއްގައެވެ. ލޯބިވާ ކްލަބަށް ވެދާނެ ގޮތަކާއި، ދެން ހަވާލުވާ ވެރިޔަކު ކިހާވަރަކަށް ޓީމަށް ޚަރަދު ކުރާނެތޯ ސުވާލު އުފައްދަމުންނެވެ. ޗެލްސީ މިއަދު މިދެކޭ ކާމިޔާބު ކްލަބަކަށް ހޯދައިދިން މޭސްތިރި، ރޯމަން އަބްރޮމަވިޗް ޓީމު ދޫކޮށް ދާން ޖެހުމަކީ ކްލަބާއި ސަޕޯޓަރުން ނުހަނު މާޔޫސް ކުރުވާ ކަމަކަށް މިވަނީ ވެފައެވެ.

ރާއްޖޭގައި ވެސް ޗެލްސީގެ ގިނަ ސަޕޯޓަރުން ތަކެއް ތިބިއިރު ސަޕޯޓަރުންގެ ޝުޢޫރުތައް ވެސް ދަނީ އެކި މަންސަ ތަކުގައި ފާޅު ކުރަމުންނެވެ. ރާއްޖޭގެ ޗެލްސީ އޮފިޝަލް ފޭން ކްލަބު މެމްބަރުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ސަޕޯޓަރުން ފިކުރު ބޮޑުވެ ދެރަވެ މާޔޫސް ވެފައިވާ މިންވަރު ހާމަވެއެވެ. މަދު މިނެޓް ކޮޅެއްގެ ތެރޭގައި ވަނީ އިންތިހާ އަށް ދެރަވާ ކަމަށް ބުނެ ހާމަ ކޮށްފައެވެ. ސަބަބުތައް ވެސް ބައިވަރެވެ.

ރޯމަން 2003 ވަނަ އަހަރު 140 މިލިއަން ޕައުންޑަށް ޗެލްސީ ގަތް އިރު އެއީ ދުނިޔޭގެ ކުލަބް ފުޓުބޯޅައިގާ މިއަދު މިދެކޭ ފަދަ ވަރުގަދަ ވިދުން ގަދަ ބްރޭންޑް އެއް ނޫނެވެ. ނަމަވެސް ފާއިތުވީ 19 އަހަރު ތެރޭގައި ރޯމަން ގެ ވެރިކަމުގެ ދަށުން ހޯދި ކާމިޔާބުތަކަކީ މި މުއްދަތުގެ ތެރޭގައި އިނގިރޭސި އެއްވެސް ކުލަބަކަށް ހޯދިފައި ނުވާފަދަ ފުރިހަމަ ކާމިޔާބެކެވެ. މިއަދު ޗެލްސީގެ އަގު 3 ބިލިއަން ޕައުންޑަށް ގެނެސްދީ ޔޫރަޕްގެ ބޮޑު ބާރަކަށް ވެފައި މިވަނީ ރޯމަން ޗެލްސީ ދެކެވާ ލޯބީގެ ރަމްޒެއް ގޮތުންނެވެ. ރޯމަންގެ ވީ ޤުރުބާނީ އާއި ޝައުގުވެރިކަމާއި ހިންގުމުގެ ފުރިހަމަ ކަމުގެ ނަތީޖާއެވެ. ރޯމަންގެ ދައުރު ނިމިގެން ދާއިރު ދުނިޔޭގެ ކުލަބް ފުޓުބޯޅައިން ޗެލްސީއަށް ނުލިބޭ އެއް ވެސް ކާމިޔާބީއެއް ނެތެވެ. އެންމެ ފަހުން ހޯދި ކްލަބް ވޯލްޑްކަޕް ޓޮރޮފީ އާއި އެކު ޗެލްސީ ވަނީ ޓްރޮފީ ކެބިނެޓް ކުޅުނު ހުރިހާ މުބާރާތެއްގެ ތަށިތައް ކާމިޔާބުކޮށް އެންމެ ފަހު "ޕީސް" ވެސް ހަމަ ކޮށްފައެވެ.

ޗެލްސީގެ ކާމިޔާބީތައް:

ޕްރެމިއަރ ލީގް 6 ފަހަރު

އެފް އޭ ކަޕް  8 ފަހަރު

ލީގުކަޕް     5 ފަހަރު

ކޮމުނިޓީ ޝީލްޑް 4 ފަހަރު

ޗެމްޕިއަންސް ލީގު 2 ފަހަރު

ޔުރޮޕާ ލީގު     2 ފަހަރު

ޔޫއެފާ ކަޕްވިނާސް ކަޕް 2 ފަހަރު

ޔޫއެފާ ސުޕަކަޕް 2 ފަހަރު

ފީފާ ކްލަބް ވޯލްޑްކަޕް 1 ފަހަރު

މިހާރު ޗެލްސީ އަކީ އޯލްރައުންޑް ޓީމެކެވެ. ލަންޑަންގެ ވާދަވެރި އެހެން ކްލަބުތަކުން ޖެލަސް ވާވަރުގެ ކާމިޔާބު ޓީމެކެވެ. ކުލަބުގެ ސަޕޯޓަރުން ފަޚުރުވެރިކަމާއިއެކު "ލަންޑަން އިޒް ބްލޫ" ޖަހާލާ ފެންވަރަށް އައިސްފައިވާ ޓީމެކެވެ. މިވަގުތު ޔޫރަޕް ކުލަބު އެކްޓިވް ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމަކީ ޗެލްސީއެވެ. މީގެ އިތުރުން ޓޮރޮފީގެ ގޮތުން އިންގްލެންޑް ގައި ހަތަރުވަނައަށް އެންމެ ގިނަ ޓްރޮފީ ހޯދާފައިވާ ޓީމެވެ. މިހުރިހާ ކަމަކުން ރޯމަން އަކީ ޗެލްސީގެ ލެޖެންޑް އެކެވެ. އެންމެ ކާމިޔާބު ފުޓުބޯޅަ އޯނަރ އެވެ. ޗެލްސީ ސަޕޯޓަރުން ރޯމަން އަބްރޮމަވިޗް ދެކެ ވާ ލޯބި! އެއީ ޙައްގު ލޯތްބެކެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަބްރޮމަވިޗް ޓީމު ދޫކޮށް ދިއުމަކީ، ޗެލްސީއަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *