ށ. އަތޮޅު ކަނޑިތީމުގެ "އުޅިއަށި ބޯޓު" އަޑިއަށް ހިނގައްޖެއެވެ. ށ. އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްތަކަށް މާލެއިން މުދާ ހިފައިގެން ދަތުރުކުރާ ކަނޑިތީމު އުޅިއަށި ބޯޓު މުދަލާ އެކު އަޑިއަށް ދިއައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ބޯޓު އަޑިއަށް ދިޔައީ މުދާ ހުސްކުރުމަށް ބިލެއްފަހީގެ ފަޅަށް ވަންނަނިކޮށް ނެރުގައި ޖެހި ލިބުނު ގެއްލުމުގެ ސަބަބުންނެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެއްފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އޭގައި ހުރި މުދާތައް ބޭލުމަށްޓަކައި ބިލެއްފަހި ރައްޔިތުން ހަރަކާތްތެރި ވަމުން އެބަދެއެވެ.
ބޯޓު އަޑިއަށް ދިޔައިރު އޭގައި ގިނަ އަދަދެއްގެ މުދާ ހުރިއިރު އޭގެ ތެރޭގައި ވިޔަފާރިވެރިންގެ މުދަލާއި އާންމުންގެ ގިނަ އަދަދެއްގެ މުދާ ހިމެނެއެވެ.
