ވާހަކަ: ގެއްލުނު ދުނިޔެ (37) ފަހުބައި

(18 ޖުލައި 2024 ގެ ނޫހާއި ގުޅޭ)

ތީޖު ސިންގު ސާބިތުކޮށްދިނީ އަސްލުގައި ކުށްވެރިއަކީ އޭނާއެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ ކުށްވެރީ މިފަދަ ގޮތްތައް އެ ގައުމެއްގައި އުފެއްދުމަށް އެހީވާ ގަވައިދުތަކާއި ގާނޫނުތައް ކަމެވެ. އިންސާނާ އޭނާ އަމިއްލައަށް އެއްގޮތަކަށް ވެސް ކުށްވެރިއަކަށް ނުވާނެއެވެ. އިންސާނުން ފަހަރެއްގައި ވެސް ކުށްވެރީން ކަމުގައެއް ނުވެއެވެ.

ދެން ސަރިއަތް އަނެއްކާ ވެސް އެތައް ދުވަހަކަށް ރޫޅާލެވިއްޖެއެވެ. ތީޖު ސިންގު ގެ ސަރިއަތުގެ ނިޔާ ކަނޑައެޅުން އެއްދުވަހުން ނިންމާލެވޭހައި ފަސޭހައެއް ނުތްވެވެ.

އަދި ތީޖު ސިންގު ގެ މައްޗަކަށް އޭނާގެ އެންމެ ގަތުލެއް ވެސް ސާބިތެއް ނުވިއެވެ. ގަތުލު ކުރުމާއި، މެރުމުގެ ލޫޓުވުމާއި ފޭރުމުގެ އެންމެ ހެއްކެއް ވެސް އޭނާގެ މައްޗަކަށް ސާބިތެއް ނުވިއެވެ. ފުރިހަމަ ދަލީލެއް ވެސް ނެތެވެ.

ޚުދް ފުލުހުންގެ ރިޕޯޓަކުން ވެސް މީން ކަމެއްގެ ސާބިތެއް ނެތެވެ. އަދި ތީޖު ސިންގު އޭނާ އަތުން އެންމެ މީހެއްގެ ލެއި އޮހޮރުވިކަން ވެސް އެނގޭކަށް ނުމެ ނެތްމެއެވެ.

ހައިކޯޓުގައި އަދު އެހެން ހުރިހާ ދުވަހަކަށް ވުރެ މީހުން ގިނައެވެ. އަދަކީ ތީޖު ސިންގ އާ މެދު ނިޔާ ކަނޑައަޅާ ދުވަހެވެ. ސަރިއަތް ކުރާ ގޭގެ ބޭރުގައި އެތައް ހާސް ބައެއް ތީޖު ސިންގު ދޫކޮށްލަން އެދެނީއެވެ. މިބައިމީހުން މިތަނަށް އަންނަނީ ވަރަށް ދުރުއްސުރެ ހިނގާފައެވެ. އެންމެ މަދުވެގެން ވެސް ފަންސަވީސް ތިރީސް ހާހެއްހާ މީހުން ހަޅޭއްލަވަލަވާ ތިއްބެވެ.

“ތީޖު ސިންގު ދޫކޮށްލާ- ތީޖު ސިންގުގެ ކުށެއް ނެތް- ތީޖު ސިންގު ދޫކޮށްލާ- ތީޖު ސިންގަކީ އަނިޔާ ލިބިފައިވާ މީހެއް. އެއްގޮތަކަށް ވެސް ކުށްވެރިއެއް ނޫން–“

ގީތާގެ ލޯ ކަރުނުން ފުރިއްޖެއެވެ. ޝަޝީ ރޮނީއެވެ. ދީޕު ހިތް އޭގެ މަރުކަޒުގައި އޮވެގެން ނުހަނު ބާރަށް ތެޅެނީއެވެ. މިހާރު ޖަޖް އެއޮތް ނިޔާ ކަނޑައަޅަނީއެވެ. މީސްތަކުންގެ ހިތްތަކުގެ ތެޅުންވަނީ އިންތިހާއަށް އަވަސްވެފައެވެ. ޖަޖް އޭނާގެ ނިޔާ އިއްވަވައިފިއެވެ. ވަރަށް ގިނައިރު ވާހަކަދެއްކެވުމަށްފަހު، ޖަޖް ބުނުއްވިއެވެ.

“ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ވެސް ފުލުހުން ހުށަހެޅި އެންމެ ގަތުލެއް ވެސް ތީޖު ސިންގ މައްޗަކަށް

ސާބިތެއް ނުވިއެވެ. ތީޖު ސިންގު ސަރިއަތުގެ ކުރިމަތީގައި އޭނަގެ ދެތިން ހަތަރު ދުވަހުގެ ބަހުސް އާއި ވާހަކައިގެ ސިލްސިލާއިން ބަޔާން ކުރި ވާހަކަތަކުން އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފުދޭހައި ހެކި ދައްކައިފިއެވެ. އޭނާ ގާނޫނާ މެދު އެކުރި ބަދުނާމުތައް އެއީ މުޅިން ގޯހެއް ވެސް ނޫނެވެ. އޭނާ، އެބަޔާން ކޮށްފައިވާ އަނިޔާވެރިކަމުގެ

ހެކިތައް ސަރިއަތުގެ މަޖުލިހަށް ވެސް ވަނީ ލިބިފައެވެ.

އެހެންނަމަވެސް އޭނާ އެއްގޮތަކަށް ވެސް ގާނޫނު އަތަކުން ދޫކޮށެއް ނުލިއެވެ. މިކަމަށް ޓަކައި ސަރިއަތާއި ނިޔާ ކަނޑައަޅާ ކޮމެޓީގެ މެންބަރުން އިއްތިފާގުން ނިޔާ ކަނޑައަޅައިފައި ވަނީ، އޭނާއަށް އަދަބު ހައްގު ކަމުގައެވެ. މިކަމަށް ޓަކައި ގާނޫނު އޭނާއަށް ފަސް އަހަރު ދުވަހުގެ މަސައްކަތާ އެކު ޖަލަށް ލުމަށް ހުކުން ކުރެވިއްޖެއެވެ.”

ގާނޫނުގެ މި ނިޔާ އަޑުއަހައިފައި، ތީޖު ސިންގ ސަރިއަތުގެ ކުރިމަތީގައި ބޯލަނބައިލިއެވެ.

“އަޅުގަނޑު ހިތުގެ އަޑިން، ގާނޫނުގެ ތިޔަ ނިޔާއަށް މަރުހަބާ ކިޔަން. އަޅުގަނޑު ދެއްކި ކުޑަ ވާހަކަކޮޅަށް ކަންފަތްދީ އެއްސެވީތީ ސަރީއަތާއި ޖޫރީންގެ އިއްޒަތްތެރި މެންބަރުންނާއި މެދު ވަރަށް ބޮޑަށް އުފާކުރަން. އެކަމަށް ޓަކައި އަޅުގަނޑު ސަރިއަތުގެ މަޖުލިހަށާއި ގާނޫނާއި އިންސާފާއި ޖޫރީންގެ އިއްޒަތްތެރި މެންބަރުންނަށް ހިތުގެ އަޑިން ޝުކުރިއްޔާ އަދާކުރަން.”

ދެން ސަރިއަތުގެ މަޖުލިސް މި ނިޔާ ކަނޑައެޅުމަށް ފަހު، ރޫޅާލެވިއްޖެއެވެ. މިހިސާބުގަނޑުގެ ހަތަރު ފަރާތުން ހަޅޭކެއްގެ އަޑު އުފުލިގެން އަތުވެއްޖެއެވެ. އާދެ! ތީޖު ސިންގާ ދޭތެރޭގައި ސަރިއަތުން އެކަށައެޅި ނިޔާއަށް ރުހިގެން އުފަލުން ތިބި ކަމުގެ ހަޅޭކުގެ އަޑެވެ.

ގީތާގެ ދެލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ. ދީޕުގެ މިލައިފައިވާ މޫނުވެސް ކުއްލިއަކަށް ފޮޅިއްޖެއެވެ. ޝަޝީ ދުވެފައި ގޮސް ތީޖު ސިންގާއި އޮޅުލައިގަތެވެ. ތީޖު ސިންގު ޝަޝީގެ ބޮލުގައި ލޯބިން އަތް ފިރުމައިލިއެވެ.

ދީޕު އޭނާގެ ބައްޕަގެ ދެފައިގައި އޮޅުލައިގެންފައި އުފާވެރިކަމުގެ ކަރުނަތައް އޮހޮރައިގަތެވެ. ސޮއި ކުރުމަށް ޓަކައި ތީޖު ސިންގ އާ ދިމާއަށް އޮޓޮގްރާފް ފޮތްތައް ދިއްކުރެވިފައިވާ މީސްތަކުންގެ ހުޖޫމެއް އޮތެވެ. ގީތާ، އޭނާގެ ފިރިމީހާގެ ކައިރީގައި ހީނލަހީނލާ ހުއްޓެވެ.

އައިޖީ ސާހަބުގެ އޮފީހުގައި މިއަދު ވަރަށް ބޮޑު ޖަލްސާއެއް އޮތެވެ. ފުލުހުންގެ މަހުކަމާގެ ފަރާތުން ދީޕުގެ ޝަރަފުގައި ޕާޓީއެއް ބޭއްވެނީއެވެ. މިޖަލްސާގައި، އޭނާގެ މަތިވެރި ކާމިޔާބީގެ މުނާސަބަތުގައި، އިނާމު ދެނީއެވެ. އޭނާގެ ތަރައްގީގެ އެންމެ އުފާޚަބަރުތައް އޭނާއަށް އިއްވޭނީ ވެސް މި ޖަލްސާގައެވެ.

ފުލުހުންގެ ބޮޑެތިބޮޑެތި އޮފިސަރުންނާއި ދަރަޖަވެރިން މި ޖަލްސާގައި ބައިވެރިވިއެވެ. ޕޮލިސް ކޮމިޝަނަރ، އައި.ޖީ. ޑީ.އައި.ޖީ މި އެންމެން ހާޒިރުވެ އެބަތިއްބެވެ. ހަމައެކަނި މިހާރު އިންތިޒާރު ކުރެވެނީ ހޯމް މިނިސްޓަރަށެވެ. ކުޑައިރުކޮޅަކުން އޭނާ ވެސް ވަޑައިގެންފިއެވެ.

ދީޕުގެ މޭމަތީގައި، މެޑެލި ޖައްސަވައިދެއްވީ، ޚުދު ހޯމް މިނިސްޓަރުގެ އަތްޕުޅުންނެވެ. ދެން އެއަށްފަހު އޭނާ، ދީޕަށާއި ޖަލްސާގެ އެންމެންނަށް މި އުފާވެރި ޚަބަރު ދެއްވިއެވެ. ސަރުކާރުގެ މި މަތިވެރި ކާމިޔާބުގެ ސިލްސިލާގައި ދީޕަށް ސްޕުރިންޓެންޑެންޓް އޮފް ޕޮލިސްގެ ދަރަޖަ ދެއްވައިފިއެވެ.

ދީޕު، ހައިކޯޓުގެ މި ނިޔާ އާއި ޚިލާފަށް، ސްޕްރީމް ކޯޓުގައި އޭނާގެ ބައްޕަގެ ފަރާތުން ދައުވާ ކުރަން ގަސްދު ކުރިއެވެ. ނަމަވެސް ނޯތޭޖު އެ ކަމާ ހެދީ މުޅިން ދެކޮޅެވެ. އޭނާ ބުންޏެވެ. ހައިކޯޓުން އޭނާއަށް އެކަނޑައެޅި ނިޔާ މުޅިން ރަނގަޅެވެ. އެވަރަށް އަހަންނަށް އަދަބު ލިބުން ހައްގެވެ. އެއްގޮތަކަށް ވެސް އެ ދައުވާ ކުރުމަށް އޭނާ ގަބޫލެއް ނުވިއެވެ. އެންމެފަހުން ކުރާނެ ކަމެއް ނެތިގެން ދީޕަށް މަޖުބޫރުވީ އެ ޚިޔާލު ދޫކޮށްލުމަށެވެ.

ދެން އޭނާގެ ފަސް އަހަރު ދުވަހުގެ އަދަބު ލިބިގަތުމަށް ޓަކައި، ތީޖު ސިންގު ނާސިކް ޖަލަށް ފޮނުވާލެވިއްޖެއެވެ.

ދީޕު ހަމަހިމޭނުން އަދި ފިކުރު ބޮޑުވެފައި، ދުންކިބަލުގެ ކުރިމަތީގައި އަލަތު ފިރިއަކަށް ވެގެން އިނެވެ. ކުއްލިއަކަށް ޕަންޑިތު ބުންޏެވެ.

“ކައިވެނީގެ ވަގުތު އަތުވެއްޖެއެވެ. އަލަތު އަނބިމީހާ މިތަނަށް އަވަހަށް ހާޒިރު ކުރާށެވެ.”

ދެން ލާލާހަރްބިންސް ލާލް، ލަތާ ގެނައުމަށް އަމުރު ކުރިއެވެ. ދެން ކުޑައިރުކޮޅެއްގެ ތެރޭގައި ނިވާވެގެން ހުރެ އަލަތު އަނބިމީހާ އައިސް ދުންކިބަލުގެ ކުރިމަތީގައި، އަލަތު ފިރިމީހާ އާއި ހަމަހަމައިގައި އިށީނދެއްޖެއެވެ.

މަންތަރު ކިޔަވަން ފެށުނުތަނާހެން ލާލާ ހަރްބިންސް ލާލް އިންތަނުން ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ.

“ބަލަމިޔޯ….!”

އެންމެން ހައިރާންވެ އަންތަރީސް ވެގެން އެކަކު އަނެކަކަށް ބަލަން ފަށައިފިއެވެ. ކުއްލިއަކަށް ހަރްބިންސް ލާލް ގުގުރައިގަތެވެ.

“މިއީ ކޮންފަދަ ވިޔާނުދާ ކަމެއް.”

އޭނާ އަލަތު އަނބިމީހާ އަޅައިގެން އިން ދޮޅި ކުއްލިއަކަށް ދަމައިގެންފައި އެއްލާލިއެވެ. މީސްތަކުން ބަލައިލިއިރު ލަތާގެ ބަދަލުގައި އަލަތު އަނތްބަކަށް ވެގެން އިންދާ ފެނުނީ ޝަޝީއެވެ.

މީސްތަކުންގެ މެދުގައި ޒާތްޒާތުގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ. ދީޕުގެ މިލައިފައިވާ މޫނު ތާޒާ ފިނިފެން މަލެއް ހެން ފޮޅިއްޖެއެވެ.

“ތިޔަހެންނެއް ނުވާނެ.”

ލާލާ ހަރްބިންސް ލާލް އިންތަނުން ކުއްލިއަކަށް ތެދުވެ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އޭނާ ވަރަށް ބޮޑަށް ކެއްސައިގެންފިއެވެ.

އެވަގުތު ލަތާ އަތުވެއްޖެއެވެ. އޭނާ ބައްޕަ އަތުލަފި ކުރަމުން ނުހަނު އޯގާވެރި ކަމާއެކު ބުންޏެވެ.

“މިއީ މިކަން ހަމަޖެހެންވީ ގޮތް ބައްޕާ…”

“އެކަމަކު…”

“އެއްވެސް ކަމެއް ނޫން ބައްޕާ…” އޭނާ ބުނެލިއެވެ.

“އަޅުގަނޑު ކުރި ކަމެއް މިކުރަނީ ވިސްނާ ފިކުރު ކޮށްފައި. އަދި އަޅުގަނޑުގެ ހިތްހަމަޖެހޭ ގޮތަށް.”

ދެން ދީޕު އާއި ޝަޝީގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ ރެއަށް ތައްޔާރު ކުރި ލަތާގެ ހުރިހާ ރަނެއް ޝަޝީއަށް ލިބިއްޖެއެވެ. ޝަޝީ ފޮނުވީ ލާލާ ހަރްބިންސް ލާލް އޭނާގެ އަތުންނެވެ. އޭނާ ޑޯލާއަށް އެރުވީ ލަތާ އުނގަށްލާ ފިއްތާލުމަށް ފަހުގައެވެ.

“ކޮއްކޯ…!” އޭނާ ކަރުތެރެ ބެދިފައިވާ އަޑަކުން ބުނެލިއެވެ.

“މިއަދުއްސުރެ ކޮއްކޮ ތިޔައީ އަހަރެންގެ ހަގީގީ އުޚުތެއް.” އޭނާ ބުންޏެވެ.” އެންމެ ކުރިއްސުރެ އަބަދުވެސް އަހަރެންގެ އެދުމަކީ އަހަންނާ އެއްޖިންސުގެ އުޚުތެއް ލިބުން. ކޮއްކޮ ކަހަލަ އުޚުތަކު ލިބިފައި އަހަރެން މިއަދު އުފަލުން ފުރިއްޖެ.”

ދީޕު އެއްޗެއް ބުނަން އުޅެނިކޮށް ލަތާ ބުނެލިއެވެ.

“ބުނަން. ކަލޭ ވަރަށް ގޯސް. މަގޭ މި ކޮއްކޮ އަށް ފަހަރެއްގައި ވެސް ޝަކުވާއެއް ކުރަން ޖައްސައިގެން ނުވާނެ. އެހެން ނޫނިއްޔާ….”

ދީޕު ހަމަހިމޭން ވެއްޖެއެވެ. ގީތާ އުފާ އުފަލުން އޭނާގެ ޅީދަރިފުޅު ގޮވައިގެން ގެއަށް ހިނގައްޖެއެވެ.

***

ނޯތޭޖު މާގަސްތަކަށް ފެންދޭން ހުއްޓެވެ. ކުއްލިއަކަށް ޖޭލަރ އައިސް އޭނާ ގާތުގައި ބުންޏެވެ.

“އުފާވެރިކަން ހުރި ބޭބޭ.”

“ކޮންކަމަކާ އުފާވެރިކަން ހުރީ، ޖޭލަރ….!”

“ދަރިފުޅާ ޅީދަރިފުޅާ ހުރިހާ އުފާވެރިކަން. އެހެން ކޮން ބަޔަކާ ބެހޭ ގޮތުން.”

“އަހަންނަކަށް ނޭނގުނު– ޖޭލަރު…” އޭނާ ފެންދޭ އެތިގަނޑު އެއްފަރާތެއްގައި ބަހައްޓަމުން ބުންޏެވެ.”ބަލަ ކަލެއާ ބައްދަލުވާން ކަލޭގެ އަންހެނުންނާ، ކަލޭގެ ޅީ ދަރިފުޅާ ކަލޭގެ ފިރިހެންދަރިފުޅު އައިސް އެބަ ތިބި.” ޖޭލަރ ހީނިލިއެވެ. “އެހުރިހާ އެންމެން ޖަލުގެ ބޮޑު ހޯލުގައި ކަލެއަށް އިންތިޒާރު ކޮށްކޮށް އެބަތިބި…”

މިއަޑު އަހައިފައި ތީޖު ސިންގުގެ މޫނު ފޮޅިގެން ދިޔައެވެ.

“ހިނގާ އަހަންނާއެކީ…”

އޭނާ ޖޭލަރާ އެކުގައި ޖަލުގެ ބޮޑު ހޯލާ ހަމައަށް ދިޔައެވެ. އޭނާ އެތެރެއަށް ވަނުމާއެކުހެން އޭނާގެ ޅީދަރިފުޅު(އާދެ! އޭނާ ހުރީ ވަރަށް ދިގު ހުދު ހެދުމެއްގެ ތެރޭގައި ނިވާވެގެން.) ކުއްލިއަކަށް އޭނާގެ ފައިތިލަ މައްޗަށް ތިރިވެއްޖެއެވެ.

އެއާހަމަ އެކުއެކުގައި ހެން ދީޕު ވެސް އޭނާގެ ބައްޕަގެ ފައިތިލަ މައްޗަށް ތިރިވެއްޖެއެވެ. ގީތާ، ކައިރީގައި ހުރެ ހިނިތުންވެއެވެ.

“ނޯތޭޖު ނުހަނު ލޯތްބާއެކުގައި، އެ ދެކުދިން ނަގާ އޭނާގެ މޭގައި ލައްކޮށްލިއެވެ.

“ހެޔޮ ހާލުގައި ތިބޭ – އިރާދަކުރެއްވިއްޔާ….”

ވީ އުފަލުން، އޭނާގެ ދެލޮލުން ކަރުނަ އަތުވެއްޖެއެވެ.

‘ފަރިވޭ…ފޮޅޭ… މަގޭ ދަރިންނޭ.”

އޭނަގެ އަޑު އޭނާގެ ޚަލްޤައިގެ ތެރޭގައި ދަތި ވެއްޖެއެވެ.

“އެކޮއްކޮގެ މޫނެއް ވެސް ދެކިއެއް ނުލައްވާނަންތަ؟ ކަލާ…!” ގީތާ ބުނެލިއެވެ. މިހެން ބުނެފައި އޭނާ އަރޫޝާގެ ބުރުގާ އުފުއްލައިލިއެވެ. އޭނާގެ މޫނު ފެނިފައި ނޯތޭޖު ކުއްލިއަކަށް ހަޅޭލަވައިގަތެވެ.

“ޝަޝީ….!”

އޭނާ ޝަޝީ އާ ވަރަށް ބާރަށް އޮޅުލައިގަތެވެ.

“މަގޭ ދަރިފުޅާ! ޝަޝީ!” އޭނާގެ ދެލޯ އުޖާލާ ވެގެން ހިނގައްޖެއެވެ. އޭނާ ލޯބިވެރިކަމުގެ ކަރުނަތައް އޮހޮރަމުން ބުންޏެވެ.

“ދަރިފުޅާ ދޭތެރޭ އަހަރެން މި ހުންނަނީ ވަރަށް ފިކުރުބޮޑުވެފައި ދަރިފުޅާ! މިހާރު އެކޮއި ތިޔަ ސިފައިގައި ފެނިފައި

އަހަރެންގެ މޭގެ ވަރަށް ބޮޑު ބަރެއް ލުއިވެގެން ހިނގައްޖެ!”

ދެން އޭނާ ގީތާ އަށް ބުންޏެވެ.

“ކަލޭ އަހަންނަށް އަހަރެންގެ ޅީދަރިފުޅުގެ މޫނު ތިޔަ ދެއްކީ ވަރަށް ވެސް ނާޒުކު ދަނޑިވަޅެއްގައި…”

“ދަރިފުޅުގެ މޫނު ފެނުމުން އަހަންނަށް ކީއްކޮށްދެވެން އޮތީ ދަރިފުޅާ.” އޭނާ ނުހަނު ހައިރާންކަމާއި ފިކުރުބޮޑުވުމުގެ ދުނިޔެއެއްގައި ހުރެ ޝަޝީ އާ ދިމާއަށް ބުންޏެވެ. ދެން އޭނާ ފަސްބައިގައި ހިފާ އޭނާގެ ދެލޮލުގައި ޖައްސާލިއެވެ.

“މިއީ އަހަރެންގެ ލޯތްބާ އުފާވެރިކަމުގެ ކަރުނަ ދަރިފުޅާ… މިހާރު މި ގަބޫލުކޮށްލާ.”

އޭނާ ވަރަށް ދެރަވެލައިފައި ބުންޏެވެ.

“ކަލޭގެ މޫނު ފެނުމުން އަހަރެން ވަރަށް ބޮޑަށް ދަރައިފި.”

“މިއަށް ވުރެން ވަކިން އަގުހުރި މޫނެއް ދައްކައިގެން ވެސް ކުރެވެން އޮތީ ކީއްތޯ؟ ބައްޕާ..” ޝަޝީ ބުނެލިއެވެ.

ދެން ހަމަ އަނެއް ހިނދުކޮޅުގެ ތެރޭގައި އޭނާ ނޯތޭޖުގެ ފައިތިލަ މައްޗަށް ތިރިވެއްޖެއެވެ. ނޯތޭޖު އޭނާ ނުހަނު ލޯތްބާއެކު ނަގައިފައި “މަގޭ ދަރިފުޅާއޭ” ބުނެފައި އަނެއްކާ ވެސް އޮޅުލައިގަތެވެ.

(ނިމުނީ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *