ޗޮކްލެޓް ބިސްކަޓް ފަޖް

ޗޮކްލެޓް ބިސްކަޓް ފަޖްއަކީ ދިވެހިންގެ ކޮންމެ އިރެއްގެ ކެއުމަކާ އެކުގައިވެސް ބޭނުންކުރެވިދާނެ ވަރަށް ގިނަމީހުންނަށް މީރު ފޮނިއެއްޗެކެވެ. ޗޮކްލެޓް ބިސްކަޓް ފަޖްއަކީ ތައްޔާރުކޮށްލަން 20 މިނިޓްވެސް ނުނަގާނެ ފަސޭހަ އަދި މާބޮޑު ޚަރަދެއްވެސް ނުހިނގާނެ ފޮނިއެއްޗެކެވެ.

ބޭނުންވާ ތަކެތި:

1 ޕެކެޓް މާރީ ބިސްކޯދު

40 ގްރާމް ޑާކް ޗޮކްލެޓް

3/1 ޖޯޑު ބަޓަރު

½ ޖޯޑު ކޮކޯ ޕައުޑަރ (ބޭނުންނަމަ ކުކިން ޗޮކްލެޓް)

1 ގެރިކިރު ދަޅު

1 ސައިސަމުސާ ވެނީލާ އެސެންސް

2/1 ލާހި ކަނަމަދު (ކުދިކޮށް ކޮށާފައި)

 

ތައްޔާރު ކުރާނެ ގޮތް:

ކުޑަަކޮށް ހަފާލެވޭ ވަރަށް މާރީ ބިސްކޯދުތައް ފުނޑުވާށެވެ. ފަޖް ތައްޔާރުކުރަން ބޭނުން ކުރާނެ ތަބަކުގައި ބަޓަރު އުނގުޅާށެވެ. އެންމެ ރަނގަޅުގޮތަކީ އަރިމަތި ތަކުގައާއި ފުލުގައި ރަނގަޅަށް ބަޓަރ ހޭކުމެވެ. ތަވަޔަކަށް ބަޓަރުކޮޅު އަޅައި މަޑު ގިނީގައި ކައްކާށެވެ. ބަޓަރު ކޮޅު ދިޔާވީމާ ގެރިކިރާއި، ކޮކޯ ޕައުޑަރާއި އަދި ވެނީލާ އެސެންސް ތެއްޔަށް އަޅައި ހުއްޓާ ނުލާ ގިރަމުން މަޑު ގިނީގައި ހުރިހާ އެއްޗެއް ރަނގަޅަށް އޮމާންވަންދެން ކައްކާށެވެ. މިގޮތަށް ކައްކާއިރު ފަސް މިނިޓަށްވުރެ ގިނައިރު ނުކުރާށެވެ. ޑާކް ޗޮކްލެޓްކޮޅު ނުވަތަ ކުކިން ޗޮކްލެޓް ތެއްޔަށް އަޅާލާފައި އެ ރަނގަޅަށް ގިރެންދެން ކައްކާށެވެ. ދެން ފުނޑުވި ބިސްކޯދުކޮޅު ތެއްޔަށް އަޅައި އެއްކޮށްލާށެވެ. ތެލީގައި ހުރި ސާމާނު ފަޖް އަޅަންބޭނުންކުރާ ތަބަކުގެ ތެރެއަށް އޮއްސާލާށެވެ.  ތަބަކަށް އެޅުމަށްފަހު ސަމުސަލެއްގެ އަނެއް ފުށް ބޭނުން ކޮށްގެން މަތި އޮމާން ކޮށްލާށެވެ. އެއަށްފަހު ކޮށާފައިވާ ކަނަމަދު ކޮޅު އަޅާށެވެ. ދެން ފުޑްރެޕަރ އެއް ބޭނުންކޮށްގެން މަތި ނިވާ ކުރުމަށްފަހު ފްރިޖަށް ލާފައި ގާތްގަނޑަކަށް ދޮޅު ގަޑިއިރު ބަހައްޓާށެވެ. ކާންތައްޔާރު ކުރުމުގެ ކުރިން ވަޅިއަކުން ގޮޅިގޮޅިއަށް ވާގޮތަށް ކޮށާށެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *