ދިވެހިރާއްޖެ،އެކުވެރި ދައުލަތްތައް ނުވަތަ އދ. ގައި ބައިވެރިވީ 1965 ވަނަ އަހަރުއެވެ. ފުރަތަމަ ދިވެހި ވަފުދުގައި ހިމެނި ވަޑައިގަތީ، އޮނަރަބްލް އަޙްމަދު ޙިލްމީ ދީދީ އާއި އޮނަރަބްލް ޢަބްދުއްސައްތާރު މޫސާ ދީދީ އާއި އޮނަރަބްލް ކަނޑި އަޙްމަދު އިސްމާޢީލް މަނިކެވެ

ތާރީޚުގެ ތެރެއިން ސެޕްޓެމްބަރު މަސް

1  ސެޕްޓެމްބަރު

  • 1980 – ޞިއްޙަތު ތަރައްގީ ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލި ޗާޓަރުގައި ރާއްޖެއިން ސޮއިކުރުން
  • 1980 – ހެލްތު ފޯރ އޯލް މެޑަލް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އަށް ލިބިވަޑައިގަތުން

4  ސެޕްޓެމްބަރު

  • 1948 – މާލޭގެ ހަތަރު އަވަށުގެ ކުޅިވަރު ކްލަބްތައް އުވާލުން

5  ސެޕްޓެމްބަރު

  • 1948 – ނޫޓް ހިންގުމުގެ ގާނޫނު ފާސްވެ ފުރަތަމަ ފަހަރަށް ނޫޓްހިންގަން ފެށުން

7  ސެޕްޓެމްބަރު

  • 1957 –  ފެތުމުގެ މުބާރާތެއް ފުރަތަމަ ފަހަރަށް ބޭއްވުން

8  ސެޕްޓެމްބަރު

  • 1981 –  ލިޔަންކިޔަން ދަތުމާ ބެހޭ ބައިނަލް އަގްވާމީ ދުވަސް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުން

9  ސެޕްޓެމްބަރު

  • 1945 –  އަތްތެރި މަސައްކަތުގެ ފުރަތަމަ މައުރަޒު ބޭއްވުން

20  ސެޕްޓެމްބަރު

  • 1944 –  ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާބޯތަކެތީގެ މައުރަޒެއް ބޭއްވުން

21  ސެޕްޓެމްބަރު

  • 1965 –  ދިވެހިރާއްޖެ، އެކުވެރި ދައުލަތްތައް ނުވަތަ އދ. ގައި ބައިވެރިވުން

28  ސެޕްޓެމްބަރު

  • 2015 –  ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ ރަސްމީ ޔޮޓްގައި އެއްޗެއް ގޮއްވާލުން

 

* މަޢުލޫމާތު: ދިވެހި ތާރީޚް، ދިވެހި ތާރީޚްގެ މައްޗަށް އައު އަލިކަމެއް

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *