މި ސީޒަން ގައި ބާސެލޯނާ އިން އެލް-ކްލެސިކޯ ހަތަރު މެޗު ކާމިޔާބުކޮށް ރިއާލް މެޑްރިޑް ލަދު ގަންނަވާލައިފިއެވެ. ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު ލީގު މެޗުގައި ބާސެލޯނާ މޮޅުވީ 4-3 ލަނޑުންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ރިއާލުން ދެ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށް ބާސެލޯނާ އިން ވަނީ ހާފް ނިމުމުގެ ކުރިން 4 ގޯލް ޖަހާ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. ފަހު ހާފުގައި އެމްބާޕޭ ގެ އިތުރު ގޯލަކުން ހެޓްރިކް ހަދާ ނަތީޖާ ގެ ފަރަގު ކުޑަ ކުރި ނަމަވެސް އެއްވަރު ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން މި ސީޒަންގައި ބާސެލޯނާ މިވަނީ ރިއާލް ގެ މައްޗަށް 4 ފަހަރު ކުރި ހޯދާ ފައެވެ. މި މޮޅާއި އެކު ބާސެލޯނަ އަށް ލީގު ހޯދުމުގެ ފުރުސަތު މިވާނީ ވަރަށް ބޮޑަށް ފަހިވެފައެވެ.
