ކޮންމެވެސް ސަމާލުކަންދޭތި! ހިތްފަސާދަވާ ބައެއް ކަންކަން.

އިންސާނާއަށް އެންމެ މުހިންކަން ބޮޑުވެގެންވަނީ އޭނާގެ ހިތުގެ ޠާހިރުކަމެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބިގެންވާނީ ޠާހިރު ހިތަކާއިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވުނު މީހަކަށެވެ. އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ދޭން މަސައްކަތްކުރަންވީ ހިތް ޠާހިރުކުރުމަށެވެ. ފަސާދައިން ހިތް ސަލާމަތްކުރުމަށެވެ.

ވީމާ ތިމާގެ ހިތަކީ ފަސާދައިން ސަލާމަތްވެފައިވާ ޠާހިރު ހިތަކަށް ހަދަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

ހިތް ފަސާދަވާ ބައެއް ސަބަބުތައް ކަމުގައި އިމާމް ޙަސން އަލް ބަސްރީ ބަޔާންކުރައްވަވާފައިވާ 6 ކަމެއް ފާހަގަކޮށްލާނަމެވެ.

 1 ފާފަކުރެވުމުން ތައުބާނުވުމާ،

 2 ޢިލްމު ލިބި ޢަމަލުނުކުރުމާ،

 3 އަޅުކަންކުރާއިރު ތަޤްވާވެރިނުވުމާ،

 4 ﷲ ދެއްވެވި ރިޒްޤް ކަމުން ޝުކުރުވެރިނުވުމާ،

 5 ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިނުވުމާ،

 6 ޖަނާޒާތަކުން ޢިބްރަތް ޙާޞިލުނުކުރެވުން ހިމެނެއެވެ

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *