70 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ދުނިޔޭގެ މިސް ޔުނިވާސް މުބާރާތް ހޮވުމުގެ މަރުހަލާއަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަންނަ އަހަރުން ފެށިގެން މި މުބާރާތުގައި ކައިވެނިކޮށްގެން އުޅޭ އަންހެނުންނާއި މައިންނަށްވެސް ވާދަކުރެވޭނެ އެވެ.
"އަހަރެމެން އެންމެން ގަބޫލުކުރާ ގޮތުގައި އަންހެނުންގެ ދިރިއުޅުމުގެ މައްޗަށް އިޖުތިމާއީ ބާރު އޮންނަން ޖެހޭނެ. އަދި އިންސާނެއްގެ އަމިއްލަ ނިންމުންތަކަކީ އެމީހުންގެ ކާމިޔާބީއަށް ހުރަހަކަށް ވެގެން ނުވާނެ." މުބާރާތުގެ ބަޔާނުގައިވެ އެވެ.
މި އާ ގަވާއިދަށް އަމަލުކުރަން ފަށާނީ 2023 ވަނަ އަހަރު ބާއްވާ 72 ވަނަ މިސް ޔުނިވާސް މުބާރާތަށެވެ. މި ގަވާއިދު ބަދަލު ކުރުމުގެ ކުރިން މިސް ޔުނިވާސް އަށް ވާދަކުރެވެނީ، ދުވަހަކުވެސް ކައިވެނި ނުކޮށް، ދަރިން ނުލިބި، އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ އަންހެނުންނަށް އެކަންޏެވެ.
