އެކިވައްތަރުގެ މާ ގެންގުޅެން އާދަކުރާށެވެ.

އެކިކަހަލަ މާތަކުން އުފެއްދުންތެރިކަން އިތުރު ކުރެއެވެ. މުޅި ދުވަހު އޮފީހެއްގައި އިށީނދެ ތިބުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް އޮފީހުގައި މާ ވަށިގަނޑެއް ބަހައްޓައިގެން ފޫހިފިލާ އާ އުފެއްދުންތަކަށް ޖާގަދޭނެއެވެ.

އޮފީސްމާހައުލުގައި މަލުގެ ފައިދާގެ ދިރާސާއާއި ގުޅޭގޮތުން ކުރެވުނު ދިރާސާއެއްގައި ފިނިފެންމާ ބޮނޑިއަކުން އޮފީހުގެ މަސައްކަތްތެރިންނަށް ކުރާ އަސަރުތައް ވަނީ ތަހުގީގުކޮށްފަ އެވެ. އެއް ގްރޫޕެއްގެ މަސައްކަތްތެރިންނަށް ފިޔާތޮށި ފިނިފެންމާ ހަދިޔާކޮށްފައިވާއިރު އަނެއް ގްރޫޕަށް އެއްވެސް މަލެއް ނުދީ ދިރާސާ ކުރެވުނެވެ. އެއަށްފަހު ދިރާސާވެރިން ވަނީ ދެ ގްރޫޕްގެ ވެސް އެކި މޫޑް ސްޓޭޓްތައް މިންކޮށްފަ އެވެ.

އެގޮތުން މާތައް ބަލާ މަސައްކަތްތެރިންގެ ތެރޭގައި އޮޅުންބޮޅުންވުމާއި، ވަރުބަލިވުމާއި، ޓެންޝަން-އެންޒައިޓީގެ މިންވަރު ދަށްވެފައިވެއެވެ. އަދި އެމީހުންގެ ކިބައިގައި ވެސް ވަރުގަދަ މިންވަރެއް ހުއްޓެވެ.

މި ދިރާސާއިން ސީދާ އުފެއްދުންތެރިކަން ވަޒަން ނުކުރެވުނު ނަމަވެސް، ފޯކަސް ކުރުމާއި ސިކުނޑިއަށް އަރާމް އިހުސާސް ކުރެވުމުގެ ޤާބިލުކަން ލިބި އުފެއްދުންތެރިކަމަށް އެހީތެރިވެދެއެވެ.

މިޒަމާނުގެ ގިނަ ވަޒީފާތަކުގައި ގިނައިރުތަކެއް ވާންދޭން ސަމާލުކަން ދޭން ޖެހެއެވެ. މި ސަމާލުކަމަކީ ރަނގަޅަށް ކުރެވޭ މަސައްކަތަކަށް މުހިންމު ކަމެއް ނަމަވެސް، ބައެއްފަހަރު ފޫހިވާގޮތްވެއެވެ. އެއީ ދުވަސް ފާއިތުވަމުންދާ ވަރަކަށް ފޯކަސް ދަށްވަމުންދާތީއެވެ. ނަމަވެސް ފޯކަސް ކުރުމުގެ ޤާބިލުކަމަށްޓަކައި ފަސޭހަ ގޮތެއް އެބައޮތެވެ. މާ ފަދަ ގުދުރަތީ މާއްދާތަކާއެކު ވަގުތު ހޭދަކުރުމަކީ ސަމާލުކަން ދިނުމާއި އަދި ވަޒީފާގެ ވަގުތުގައި ވަރުބަލިވާ ވަރުބަލިވުންވެސް ރަނގަޅުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކޮންސެންޓްރޭޓް ކުރަން އުނދަގޫވާ ފަހަރު ބަގީޗާގައި ހިނގާލާ ނުވަތަ މާބޮނޑިއަށް ބެލުމަށް މަދު މިނިޓެއްހާއިރު ހޭދަކޮށްލާށެވެ. އެނބުރި މަސައްކަތަށް ދާއިރު ފޯކަސް ކުރުމުގެ ޤާބިލުކަން ރަނގަޅުވެފައިވާކަން ވިސްނޭނެ ކަމަށް ބެލެވެއެވެ.

ލެވަންޑަރ އެސެންޝިއަލް އޮއިލްގެ ސަބަބުން ނިދި ރަނގަޅުކޮށްދީ އަދި ޤާބިލުކަން އިތުރުކުރުމަށްޓަކައި ގިނަ ފަހަރަށް މީހުން ތަރުހީބުދެއެވެ. މި ޒަރޫރީ ތެޔޮ ނޭވާލާއިރު ނިދުމަށް އެހީތެރިވެދޭ ކަމަށް ގިނަ ދިރާސާތަކުން ދައްކާފައިވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *