ޔޯގަޓަކީ އޭޝިއާ، ޔޫރަޕް އަދި މެދުއިރުމަތީގައި ޒަމާންތަކެއް ކުރިން އުފެދިފައިވާ އެއްޗެކެވެ. ޔޯގަޓް އެންމެ ފުރަތަމަ ފެނިގެންދިޔައީ މެސޮޕޮޓޭމިއާގައި ނިއޯލިތިކް ދުވަސްވަރެވެ. އެއީ މީލާދީން 5000 ވަރަކަށް އަހަރު ކުރިންނެވެ. ވީމާ ޔޯގަޓަކީ 7،000 އަހަރަށް ވުރެ މާ ދުވަސްވީ ކާނާއެއް ކަމަށް ބެލެވިދާނެއެވެ. ބަޓަރު ފަދައިން ޔޯގަޓްވެސް އުފެދުނީ ކިރުގެ ތެރެއަށް ބެކްޓީރިއާ ހުށަހެޅިގެން ނުވަތަ ވަކި ފިނިހޫނުމިނެއްގައި ފޮނިކޮށްލުމަށް ކުރެވުނު މަސައްކަތެއްގައި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
11 ވަނަ ގަރުނުން ފެށިގެން ތުރުކީގެ ލިޔުންތަކުގައި ދަތުރުވެރި ތުރުކީން ޔޯގަޓް ބޭނުންކުރިކަން ފާހަގަކޮށްފައިވެއެވެ. ޤަދީމީ ލިޔުންތަކުން ލިބޭ ހެކިތަކުން ދައްކާ ގޮތުގައި ނިއޯލިތިކް ޒަމާނުގެ މީހުން ކާނާ ފަހުން ބޭނުން ކުރުމަށް ޔޯގަޓް އަޅައެވެ. ސަބަބަކީ އޭގެ ގުދުރަތީ އެސިޑިޓީގެ ސަބަބުން ގެއްލުން ހުރި ބެކްޓީރިއާތައް އުފެދުން ލަސްވާތީ އެވެ. ޔޯގަޓަކީ ވެސް ޤަދީމީ ގްރީސްގައި މަޝްހޫރު އުފެއްދުމެކެވެ.
މިއަދު އަޅުގަނޑުމެންނަށް ޔޯގަޓްގެ މުއްސަނދި އަދި ތަފާތު ވައްތަރުތައް ލިބެން އެބަހުއްޓެވެ. ކެނެޑާގެ ރައްޔިތުން އަހަރަކު އެވްރެޖްކޮށް ކޮންމެ މީހަކަށް 11.01 ލީޓަރުގެ ޔޯގަޓް ބޭނުންކުރެއެވެ.
ގިނަ ފަހަރަށް ޔޯގަޓަކީ ރަނގަޅު އެއްޗެއްގެ ގޮތުގައި ބެލެވެނީ އޭގައި ހިމެނޭ ބެކްޓީރިއާ އިންސާނާގެ ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދޭތީ އެވެ. ޔޯގަޓަކީ ކެލްސިއަމް ގިނަ ކާނާއެކެވެ. 3⁄4 ތަށި ސާދާ ޔޯގަޓްގައި ގާތްގަނޑަކަށް 300 މިލިގްރާމް ކެލްސިއަމް ހުންނައިރު، ހަމަ އެ މިންވަރަށް އެކިކަހަލަ ފުރުޓް ފްލޭވާ ހުންނަ ޔޯގަޓްގައި ގާތްގަނޑަކަށް 200 މިލިގްރާމް ހިމެނެއެވެ.
ކެލްސިއަމް ފޯރުކޮށްދެއެވެ.
ކިރަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށްވާއިރު ޔޯގަޓަކީ ކެލްސިއަމްގެ ބޮޑު މަސްދަރެކެވެ. އެކަމަކު ހުރިހާ ކުދިންނަށް ކިރު ފަސޭހައިން ބަލައިނުގަންނަ ކަމަށާއި އެހެން ގިނަ ކާބޯތަކެތީގެ ބާވަތްތަކުގައި ކެލްސިއަމް ފަސޭހައިން ނުލިބޭ ކަމަށް ވެއެވެ. ޔޯގަޓްގައި ކެލްސިއަމްގެ މިންވަރު ވަރަށް ބޮޑަށް މަތިވާކަން އެނގޭއިރު، އެއީ ކިރަށްވުރެ ވެސް ގިނަ އަދަދެކެވެ. އާދައިގެ ކުޑަ ތަށްޓެއްގެ ޔޯގަޓަކުން ކުޑަކުއްޖަކަށް ގާތްގަނޑަކަށް 450އެމްޖީ ކެލްސިއަމް ލިބި، ސީދާ ކަށިތަކުގެ ތަރައްގީއަށް އަސަރުކޮށް، ކަށިތައް ވަރުގަދަކޮށްދެ އެވެ.
ހަޖަމުކުރުމަށް އެހީވެދެއެވެ.
ކިރު ޔޯގަޓަށް ބަދަލުވަނީ ބެކްޓީރިއާގެ ހަރަކާތްތަކުގެ ތެރެއިން ކަމަށާއި، މިކަމުގެ ސަބަބުން ކިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރޮބަޔޮޓިކް ބެކްޓީރިއާ ރައްކާކުރުމަށް މަގުފަހިވެއެވެ. ގަވާއިދުން ޔޯގަޓް ބޯ ކުދިންގެ ގޮހޮރުގައި ރަނގަޅު ބެކްޓީރިއާތައް ފުރިހަމަވެ، ސިއްހަތު ވަރުގަދަވެ ހަޖަމުކުރުމުގެ ޕްރޮސެސްތައް ސްޓްރީމްލައިން ވެގެން ދެއެވެ.
ހަކަތަ ލިއްބައިދެއެވެ.
ޔޯގަޓަކީ ޕްރޮޓީންގެ މުއްސަނދި މަސްދަރެކެވެ. އެއީ ދަރިފުޅަށް އެދުވަހަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމެވެ. ސްކޫލް ދައުރުގައި ކުޑަ މިންވަރަކަށް ޔޯގަޓް ކެއުމަކީ ކުއްޖާގެ މުޅި ދުވަހަށް ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.
ބަރުދަން ބެލެހެއްޓުމުގައި އެހީތެރިވެދެއެވެ.
ދަރިފުޅު ފަލަވެ، ފަހުން އުމުރުގައި ސިއްހީ އެކިއެކި މައްސަލަތައް ތަހައްމަލު ކުރުން ހުއްޓުވުމަށްޓަކައި، ދަރިފުޅުގެ ކެއުމުގައި ޔޯގަޓް ހިމަނާލެވިދާނެ އެވެ. ރަނގަޅު މިންވަރަކަށް ޔޯގަޓް ބޭނުންކުރުމަކީ ކުޑަކުދިންނަށް އާންމު ގޮތަކަށް ވުރެ އަވަހަށް ފުރިހަމަ ކަމުގެ އިހުސާސް ކުރެވޭ ކަމެކެވެ. މިއީ ދުވަސް ހޭދަކުރުމަށް ބޭނުންވާ ހަކަތަ ލިބޭއިރު މާގިނައިން ކާނާ ބޭނުންކުރުން ހަނިކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
